ތައިލެންޑް މުބާރާތުން ރާއްޖޭގެ ދީމާ އަށް ބޮޑު ކާމިޔާބީތަކެއް

Jul 16, 2022, 8:55 AM
ދީމާ މި އަހަރު ރާއްޖޭގައިި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދީމާ މި އަހަރު ރާއްޖޭގައިި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ޑަބަލްސް ބައިން ރާއްޖޭގެ ތަރި، ފާތިމަތު ދީމާ އަލީ ހިމެނުނު ޕެއާ ޗެމްޕިއަންކަން ހާސިލްކުރިއިރު، މުބާރާތުގައި މިހާތަނަށް ވެސް ދީމާ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފި އެވެ.

ދިމާއާ އެއް ޕެއާއެއްގައި ހިމެނިގެން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތައިލެންޑްގެ ކުޅުންތެރިޔާ ފަންގް އެވެ. ފަންގާއި ދީމާ މީގެ ކުރިން ވެސް އެކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ތައިލެންޑްގެ އެންމެ މަތީ ފަންތީގެ ކްލަބްތަކާއި ކުޅުންތެރިން ވާދަކުރާ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރު ކޮށްފަ އެވެ.

ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑްގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ ދީމާ ވަނީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ/ކެޑޭޓް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކައި، ކެޑޭޓް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.

މި މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވާން ތައިލެންޑް މުބާރާތުގެ ބޭނުން ދީމާ އަށް ހިފޭނެ އެވެ. ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުގައި ދީމާ ބަލިވީ ތައިލެންޑްގެ އެއް ވަނަ ރޭންކް ކުޅުންތެރިޔާ އަތުންނެވެ. އެ މެޗުގައި ދީމާ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

ތައިލެންޑް މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި މިއަދު ދީމާގެ މެޗު އޮންނާނެ އެެވެ. މާދަމާ ދީމާ އަށް އޮތް މެޗަކީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިގެ ކުއާޓާ ފައިނަލް އެވެ.

ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވާން ދީމާ، ތައިލެންޑްގައި ޓްރެއިނިން ހަދަމުން އަންނައިރު، ގައުމީ އަންހެން ޓީޓީ ޓީމުން ކްރޮއޭޝިއާގައި ވެސް ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެެވެ. އެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވީ އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒު އެވެ. މީގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ނިމާލް އޮފިޝަލެއްގެ ގޮތުގައި މި ދަތުރުގައި ބައިވެރިވެ އެވެ.

ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. މިއީ ރާއްޖޭގެ ޓީޓީގައި ލިޔެވިގެންދިޔަ އާ ސޮފުހާ އެކެވެ. އޭގެ އިތުރުން ދީމާ ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ކުރިއެރުން ހޯދައި ގިނަ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ވެސް ހޯދައިފަ އެވެ. އެގޮތުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.

ދީމާ އަށް ވަނީ 2024 ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގެ ސްކޮލަޝިޕެއް ވެސް ލިބިފަ އެވެ. އައިއޯސީން ދީމާއަށް ސްކޮލަޝިޕް ދިނީ ފާއިތުވި އަހަރުތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމަށް ބަލައިފަ އެވެ. އަދި ސްކޮލަޝީޕާ އެކު 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ހަދަން ބޭނުންވާ ސެންޓަރެއްގައި އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox