އަތޮޅުތެރޭގައި ސީޓީ ސްކޭން ހެދެނީ ފަސް ހޮސްޕިޓަލުން، އެމްއާރްއައި ދެ ހޮސްޕިޓަލުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ ސްކޭން ހަދާ ކޮޓަރި: ރާއްޖެއިން ސީޓީ ސްކޭން ހެދެނީ ފަސް ހޮސްޕިޓަލަކުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ ސްކޭން ހަދާ ކޮޓަރި: ރާއްޖެއިން ސީޓީ ސްކޭން ހެދެނީ ފަސް ހޮސްޕިޓަލަކުން

ދިވެހިރާއްޖޭގައި މާލެ ފިޔަވައި، ސީޓީ ސްކޭން ހެދެނީ ފަސް ހޮސްޕިޓަލަކުން ކަމަށާއި އެމްއާރްއައި ހެއްދެނީ ދެ ހޮސްޕިޓަލަކުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، މާލެ ފިޔަވައި ރާއްޖޭގައި އެމްއާރްއައި ހެއްދެނީ ގައުމުގެ އެންމެ އުތުރުގައި ހުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެންމެ ދެކުނުގައި ހުރި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓާލުން އެކަންޏެވެ.

އެއާ ހިލާފަށް އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލަކުން ސީޓީ ސްކޭންގެ ހިދުމަތް ދެމުން ގެންދާކަން ހެލްތު މިނިސްޓްރީން ބުންޏެވެ. ސީޓީ ސްކޭންގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގަން ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

Advertisement

ހަމައެއާއެކު، ޔޫއެސްޖީ ސްކޭން ނުވަތަ އަލްޓަރާސައުންޑް ސްކޭން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކުގެ އިތުރުން ށ. މިލަންދޫގައި ގާއިމްކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް އެކްސްރޭގެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކެއް ގާއިމްކޮށް، މިފަދަ ހިދުމަތްތަކެއް އެ ހޮސްޕިޓަލްތަކުން ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ކުރިން ގާއިމްވެފައި ނެތް މި ހިދުމަތްތައް ރީޖަނަލް ހޮސްޕިޓަލްތަކުން ދޭން ފެށުމުން ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަވެފައި އޮތް މަރުކަޒީކަން ފަނޑުވެ، ލާމަރުކަޒު ވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox