ބެޑްމިންޓަން ޖޫނިއާ ކުޅުންތެރިންނަށް މަގުކޮށައިދޭން އަޖުފާން އެކެޑަމީގެ މުބާރާތެއް

Jun 23, 2022, 3:10 AM
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ: އަޖުފާންގެ އައިބާ އެކެޑަމީން ބާއްވާ މުބާރާތަކީ ޖޫނިއާ ކުޅުންތެރިންނަށް މުހިންމު ފުރުސަތެއް--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ: އަޖުފާންގެ އައިބާ އެކެޑަމީން ބާއްވާ މުބާރާތަކީ ޖޫނިއާ ކުޅުންތެރިންނަށް މުހިންމު ފުރުސަތެއް--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު، "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ)" ގެ ނަމުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބެޑްމިންޓަން އެކެޑަމީއެއް ހިންގަން ފެށީ، ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރާނެ ދިވެހި ކުޅުންތެރިން އެންމެ ހަގު އުމުރުފުރާއިން ފަށައިގެން ޑިވެލޮޕްކުރުމުގެ އަމާޒުގަ އެވެ.

އެ ގޮތުން އެކެޑަމީއެއް ފަށައި، އެންމެ ފުރަތަމަ ވެސް އަޖުފާން ވަނީ އޭނާގެ އެކެޑަމީގައި ބައިވެރިވަމުން އަންނަ ފަރާތްތަކަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު ތެރޭގައި މުބާރާތް ފަށައިފަ އެވެ. އެކެޑަމީގައި ޓްރެއިނިން ފަށައި، މަހެއްހާ ދުވަހަށް ފަހު ވާދަވެރި މެޗުތަކަކަށް ހޭނިފައިވާ މިންވަރު ދެނެގަތެވެ. އޭގެ ފަހުން ދެން އަޖުފާން އަވަސްވެގަތީ ޖޫނިއާ ލެވަލްގެ ރަނގަޅު މުބާރާތެއް ބޭއްވުމަށެވެ.

އެ ވިސްނުމުގައި ކުރިއަށްދިޔައިރު، ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުންތަކާ ހެދި ލަސްވި ނަމަވެސް މިހާރު އަޖުފާން ތައްޔާރުވެފައިވަނީ އެންމެ ފުރަތަމަ ވެސް އަމާޒުހިފި ފަދަ ޖޫނިއާ މުބާރާތެއް ފެށުމަށެވެ. އެ ގޮތުން މިއަދު ހަވީރު ކުޅިވަރު އެކުވެނީގައި ފަށާ ޑެވޮންޑޭލް އައިބާ އޯޕަން ބެޑްމިންޓަން ޖޫނިއާ ޗެމްޕިއަންޝިޕް 2022 އަކީ އަޖުފާން އެކެޑަމީން ބޭނުންވާ މަންޒިލަށް ދިއުމުގެ ފެށުމެކެވެ.

"މި މުބާރާތް އަޅުގަނޑުމެން ބޮޑަށް ޓާގެޓްކޮށްފައި މިވަނީ ޖޫނިއާ ޕްލޭޔަރުންނަށް، އޭޖް ކެޓަގަރީގެ ގޮތުގައި މި މުބާރާތުގައި އެބައޮތް ހަ އަހަރުން ދަށުން ފެށިގެން 18 އަހަރުން ދަށާ ހަމައަށް. އެ ގޮތުން 8، 12، 14، 16 ދެން 18. ޖުމްލަ ގޮތެއްގައި ފާހަގަކޮށްލެވޭ 100 ޕްލަސް އެބައުޅޭ އެންޓްރީސް، ޕްރޮޖެކްޓް ކުރަނީ، 100-150 އާ ދޭތެރޭ ކުދިން ބައިވެރިވާނެ ކަމަށް. އެއީ ސިންގަލްސް އިވެންޓް އަދި ޑަބަލްސް އިވެންޓްގެ ވެސް،" މުބާރާތާ ބެހޭގޮތުން އަޖުފާން ބުންޏެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިބާ އޯޕަން ޖޫނިއާ މުބާރާތުގައި ހަ އަހަރުން ދަށުގެ ފިރިހެން ބައިން ހަތަރު ކުޅުންތެރިން ސިންގަލްސްގައި ބައިވެރިވި އެވެ. އަށް އަހަރުން ދަށުގެ ފިރިހެން ބައިން ހަތަރު ކުދިން ބައިވެރިވިއިރު، އަންހެން ބައިން ވަނީ 11 ކުދިން ވާދަކުރާނެ އެވެ. ދިހަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިގައި 15 ކުދިން ވާދަކުރާއިރު، އެ އުމުރުފުރާގެ އަންހެން ބައިގައި 25 ކުދިން ބައިވެރިވި އެވެ.

މީގެ އިތުރުން 12 އަހަރުން ދަށުގެ ފިރިހެން ބައިގައި 15 ކުދިން ބައިވެރިވިއިރު، އަންހެން ބައިގައި 20 ކުދިން ވާދަކުރާނެ އެވެ. ސާދަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 13 ކުދިން ވާދަކުރާއިރު، އެ އުމުރުފުރާގެ އަންހެން ބައިގައި 12 ކުދިން ވާދަކުރާނެ އެވެ. ސޯޅަ އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި އަށް ކުދިން ވާދަކުރާއިރު، ފިރިހެން ބައިގައި 14 ކުދިން ވާދަކުރާނެ އެވެ. އަދި 18 އަހަރުން ދަށުގެ ބައިގައި ފިިރިހެން ސިންގަލްސްގައި ހަ ކުޅުންތެރިން ވާދަކުރާއިރު، އަންހެން ބައިގައި ހަ ކުޅުންތެރިން ފެންނާނެ އެވެ.

އަޖުފާން ބުނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ބައިވެރިވާ ހުރިހާ ކުދިން މިއީ ވަރަށް ހުނަރުވެރި ކުދިންކަން ދައްކުވައިދީ އެ ކުދިން ކުރިއަރަން ބޭނުންވާ ތަޖުރިބާއެއް ހޯދައިދީ ކުރިއަށްދާން ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

"އެ ކުދިންގެ ޓެލެންޓް މުޅި ދިވެހި ރާއްޖެ އަށް ދައްކާލުމުގެ އުންމީދުގައި، އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް އެބައޮތް. މި ކުދިން އިންޓަނޭޝަނަލް ސްޓޭޖަށް ގެންދިއުން، އެ ގޮތުން މި ކުޅުންތެރިން އިންޓޭޝަނަލް ސްޓޭޖަށް ގެންދަން ފުރަތަމަ ފިޔަވަޅު މިއީ މި ދިވެހި ރާއްޖޭގައި މި ކުރިއަށްގެންދާ ވާދަވެރި މުބާރާތްތަކަކީ އެ ގޮތުން އެ ކުދިން ބައިވެރިވާނެ އަމިއްލަ މުބާރާތްތައް އެސޯސިއޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީން ރާވައި ހިންގާ އިންޓަ ސްކޫލް މުބާރާތާއި މި ހުރިހާ މުބާރާތްތަކުން ވަރަށް ޓެލެންޓެޑް ޔަންގް ކުދިން ފެނިގެންދޭ، އެހެންވީމަ އެ ކުދިންނަށް އެންމެ ބޮޑު ފުރުސަތު ދިނުން އެއީ ޓާގެޓަކީ،" އަޖުފާން ބުންޏެވެ.

ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު 16:00 ގައި ފަށާ މި މުބާރާތް ބާއްވަނީ ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއްބާރުލުމާ އެކުގަ އެވެ. އަދި ޕާޓްނަރުންގެ ގޮތުގައި، އެސްޓީއޯ، މީޑިއާނެޓް، ޕްރިންޓްލެބް، އެލްމޮބައިލް، ވެލިގާ ހާޑްވެއާ އަދި ކެޕްޓަން މޯލްޑިވްސް ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox