ހުލާސާކޮށް އިއްޔެ: އީސީގެ ދަފްތަަރުގައި ނެތް އެމްޑީޕީގެ މެމްބަރުން ވަކިކުރާތީ ކަންބޮޑުވުން

އެމްޑީޕީން ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭނުގެ ތެރެއިން. އެ ޕާޓީގެ ދަފްތަރުން 30،000 މެމްބަރުން ވަކިވެފައިވާ ކަމަށް އަންދާޒާކުރެވޭ

އެމްޑީޕީން ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭނުގެ ތެރެއިން. އެ ޕާޓީގެ ދަފްތަރުން 30،000 މެމްބަރުން ވަކިވެފައިވާ ކަމަށް އަންދާޒާކުރެވޭ

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގައި، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ދަފުތަރުކޮށްފައި ނުވާ މެމްބަރުން، އެ މަރުހަލާ ފުރިހަމަ ކުރަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް، ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމުގެ ނަތީޖާއަކަށް ވާނީ 100 ދުވަހުގެ ތެރޭގައި އެޕާޓީގެ އެތައް ހާސް މެމްބަރުން ޕާޓީން ވަކިވުން ކަމަށެވެ.

"އެއީކީ ވާނެ ކަމެއް ނޫން، ތިރީސް ނުވަހާސް މެމްބަރުން، 100 ދުވަސް ތެރޭގައި، އިލެކްޝަންސްގައި އެ އޮންނަ ގަވައިދާ އެއްގޮތަށް އަޅުގަނޑުމެނަަށް، ފިންގަޕްރިންޓް ޖަހާފައި އެމީހުން އަނބުރާ ރަޖިސްޓްރީކުރުމަކީ އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ހަލީމް އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ނިންމުން ތަންފީޒުކުރުމުގެ މާނައަކީ އެމްޑީޕީއަށް 39،000 މެމްބަރުން ގެއްލުން ކަމަށެވެ.

"ދާއިރުގައި އެ ދަނީ ޕާޓީ އުފައްދަން އެންމެ ފުރަތަމަ މަސައްކަތްކުރި ،އޭގެ ތެރެއިން އެންމެ މުހިންމުކޮށް މަސައްކަތް ކުރި އަޅުގަނޑުމެންގެ ވަރަށް ރަނގަޅު، މިޕާޓީއަށް އިހުލާސްތެރި މެމްބަރުން،" ހަލީމް ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އޭނާ ވޯޓު ދެއްވީ ޕާޓީން ބަޔަކު ވަކިކުރާ ގޮތަށް ނިންމާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވޯޓު ދެއްވީ އީސީގެ ދަފްތަރުގައި ނެތް މެމްބަރުން އެ ދަފްތަރުގައި ޖެއްސުމުގެ މަސައްކަތް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެެ.

"އެރޭގެ އެ ބައްދަލުވުމުގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ވޯޓު ދެވުނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވަކިވެފައި ތިބި ތިރީސް ނުވަ ހާހަށް ވުރެ ގިނަ މެމްބަރުން، ކުރިއަށް އޮތް ސަތޭކަ ދުވަހުގެ ތެރޭގައި ، އިލެކްޝަންސް ކޮމިޝަނުގެ އެ އޮންނަ ގާނޫނީ ހަމަތަކުގެ މަތިން އެމްޑީޕީއަށް އަލުން އަނބުރާ ރަޖިސްޓާކުރަން،" ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވި ގޮތުގައި އޭނާ ހިމެނިވަޑައިގަންނަވާ ގޮތުން މިލަންދޫ ދާއިރާގެ 600 އަށް ވުރެ ގިނަ މީހުން، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ނެތް ކަމަށެވެ. އެކަމަކު އެ މެމްބަރުން އީސީގެ ދަފްތަރުގައި ޖެއްސުމުގެ ކަންތައް މުހުލަތުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލައަކީ ކޮބާ؟

މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރުން ވެސް ތިބޭ އެ ޕާޓީގެ ގައުމީ މަޖިލީހުން މިދިޔަ މަހު ނިންމާފައިވަނީ ޕާޓީގެ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމަށެވެ.

އެމްޑީޕީން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ އެ ޕާޓީގެ ދަފްތަރުން ވަކިވެފަ އެވެ.

މުހިންމު ނިންމުތަކެއް ނިންމަންޖެހޭ ކޮންގްރެސް އަންނަ އޯގަސްޓުމަހުގެ 19އަށް ތާވަލުކޮށްފައިވާއިރު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ޖެހިފައިނުވާ މީހުން، އެ ދަފްތަރުގައި ޖެހެން ތިން މަސްދުވަސް ދޭން ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ދަފްތަރުގައި ޖެހޭ މީހުންނަށެވެ.

އެ ހުށަހެޅުން މެއި 30 ގައި ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓާއެކު އެވެ.

ދަފްތަރު އެއްގޮތް ކުރާއިރު، އެންމެ ކުރީއްސުރެ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އަލުން ދަފްތަރުގައި ޖެހެން ނުޖެހޭ ގޮތަށް އެ ރޭގެ ބައްދަލުވުމަށް ހުށަހެޅުނެވެ. ނަމަވެސް، އޭގެ ކުރިން ހުށަހެޅުން ފާސްވުމުން، މި ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމުން ސަހުބާން ފަހުމީ ވަކިކުރަން އެ ކައުންސިލްގެ ބައެއް މެމްބަރުން ދެފަހަރެއްގެ މަތިން ކުރިން މަސައްކަތް ނާކާމިޔާބުވި ނަމަވެސް އޭނާ އެންމެ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
  • މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބުމާއެކު އިބްރާހިމް އާގިލް ގަޔަށް ވަޅި ހަރާ މަރާލި މައްސަލާގައި ބައެއް ދިފާއީ ވަކީލުން ތަނާޒުލް ވުމުންނާއި ދައުލަތުން ހުށަހެޅި ބައެއް ހެކިން ހާޒިރުނުވުމުން އަޑުއެހުމަށް ކުރަން ރޭވިފައިވާ މަސައްކަތް ނުކޮށް އަޑުއެހުން ނިންމާލީ އިއްޔެ އެވެ.
  • ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ހޮވުމަށް ބާއްވާ އެ ޖަމިއްޔާ އަހަރީ އާންމު ޖަލްސާ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖެއްސީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ދަފްތަރުން މެމްބަރުންތަކެއް އުނިކުރާ މައްސަލައާ ގުޅޭގޮތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވީ:

ދާއިރުގައި އެ ދަނީ ޕާޓީ އުފައްދަން އެންމެ ފުރަތަމަ މަސައްކަތްކުރި ،އޭގެ ތެރެއިން އެންމެ މުހިންމުކޮށް މަސައްކަތް ކުރި އަޅުގަނޑުމެންގެ ވަރަށް ރަނގަޅު، މިޕާޓީއަށް އިހުލާސްތެރި މެމްބަރުން

ދުވަހުގެ ފޮޓޯ

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ކުރިއަށްދަނީ. މީގެ 40 އަހަރުކުރިން ބިނާކުރި މި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި. އެތަނުގައި ހިންގި ސަރުކާރު އޮފީސްތައް ވަނީ އެހެން އިމާރާތްތަކަށް ބަދަލުކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ކުރިއަށްދަނީ. މީގެ 40 އަހަރުކުރިން ބިނާކުރި މި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި. އެތަނުގައި ހިންގި ސަރުކާރު އޮފީސްތައް ވަނީ އެހެން އިމާރާތްތަކަށް ބަދަލުކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ކުރިއަށްދަނީ. މީގެ 40 އަހަރުކުރިން ބިނާކުރި މި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި. އެތަނުގައި ހިންގި ސަރުކާރު އޮފީސްތައް ވަނީ އެހެން އިމާރާތްތަކަށް ބަދަލުކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox