ކުލީގެ 34 މިލިއަން ދޫކޮށް، އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމައިފި

ރައީސް ސޯލިހު, ފިނޭންސް މިނިސްޓަރު އަމީރާއެކު: އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައި

ރައީސް ސޯލިހު, ފިނޭންސް މިނިސްޓަރު އަމީރާއެކު: އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައި

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ވަންނަ ގޮތަށް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަތޮޅު ފިހާރަތަކީ، އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގާއިމުކޮށްފައިވާ އިންވެސްޓްމަންޓުތަކެކެވެ. އެ ފިހާރަތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި އަތޮޅު ކައުންސިލުތަކަށް ލިބެމުންދަނީ އެ ތަންތަނުން ލިބޭ އާމްދަނީގެ ދެ ބައި ކުޅަ އެއްބަ އެވެ.

ނަމަވެސް, 2014 ވަނަ އަހަރުން ފެށިގެން މި ވެރިކަން އައުމާ ހަމައަށް ކައުންސިލްތަކަށް އެ ތަނުގެ ކުލި ލިބިފައެއް ނުވެ އެވެ. މި ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށްވާ ކުލި, މީގެކުރިން ކައުންސިލްތަކަށް ޖަމާކޮށްފައިވެ އެވެ.

ރައީސް ސޯލިހު މިއަދު އިއުލާން ކުރެއްވި ގޮތުގައި އަންނަ ހަފުތާ ތެރޭގައި 2017-2019 ވަނަ އަހަރަށްވާ ކުލި ކައުންސިލްތަކަށް ދޫކުރައްވާނެ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަ ކުރެއްވި ގޮތުގައި އެއީ 34 މިލިއަން ރުފިޔާ އެވެ.

އަތޮޅު ފިހާރަތައް ކައުންސިލްތަކަށް ދޫކޮށްލުމަކީ, ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވާނެ ކަމެއްގެ ގޮތުގައި މިއަދު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބައިވެރިވާ އަތޮޅު ކައުންސިލްތަކުގެ ގިނަ ރައީސުން ފާހަގަ ކުރެއްވި އެވެ.

އެ ފިހާރަތަކަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު, އެތަންތަން އެކީގައި ކައުންސިލުތަކަށް ދޫކޮށްލައިފި ނަމަ، ކައުންސިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލަރުން ވިދާޅުވެ އެވެ.

އެކަން އެ ކައުންސިލަރުން ފާހަގަ ކުރެއްވުމާ އެކު, ރައީސް ސޯލިހު ވިދާޅުވީ އަތޮޅު ފިހާރަތަކުން ނަގާ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަން ވެސް ފާހަގަ ކުރެއްވި އެވެ.

އަތޮޅު ރައްޔިތުން އިސްވެ، ބާޒާރު މަތީގައި އަތޮޅު ފިހާރަތައް ގާއިމުކުރީ 1960 ވަނަ އަހަރުގެ ތެރޭގައި ކަން ތާރީހީ ބައެއް ލިޔުންތަކުން ފެނެ އެވެ. ނަމަވެސް، އޭގެ ފަހުން އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލުތަކަށް ޖަމާކޮށްދޭން ފެށި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox