ސަދާގެ މަރު: މަދަނީ ބަދަލު ހޯދަން އާއިލާއިން ދައުވާ ކުރަނީ

ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ-

ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ-

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމަށް އާއިލާއިން ނިންމައިފި އެވެ.

ސަދާގެ ކޭސް ތަހުގީގުކޮށް ނިންމައި އޭގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނިންމައި، ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވެފައި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ވަނީ އާއިލާއަށް އަންގާފަ އެވެ.

"މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ކޮށް، ބޭނުންވާ ލިޔެ ކިޔުންތައް ހަމަ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ، " އާއިލާގެ ފަރާތުން އެ މައްސަލައިގެ ގާނޫނީ ކަންކަން ކުރަމުން ގެންދާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.

Advertisement

ޝުނާނާ ވިދާޅުވީ މައްސަލައިގައި މެޑިކަލް ކައުންސިލުން ތަހުގީގުކޮށް ނިންމި ކޭސް ރިޕޯޓު ހޯދުމަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

މެޑިކަލް ނެގްލިޖެންސް މައްސަލަތަކުގައި ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ

ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިހުމާލުންވާ ކަންކަމުގައި ހައްގު ހޯދައިދިނުމުގައި ގިނަ ގޮންޖެހުންތަަކެއް ކުރިމަތިވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި މެޑިކަލް ކައުންސިލުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިފަދަ މައްސަލަތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، ހާއްސަ ގޮތެއްގައި އެކްސްޕާޓް އެވިޑެންސާ މިކަހަލަ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

ޝުނާނާ އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުވެފައިވާ މެޑިކަލް ކައުންސިލަށް މީގެ ދެ އަހަރެއްހާ ކުރިން ހުށަހެޅުނު ބައެއް މައްސަލަތަކަށް ވެސް މިހާތަނަށް ޖަވާބު ލިބިފައި ނުވެ އެވެ.

"އެއް އަހަރު ފަހުން ޖަވާބެއް ނުލިބެގެން ސިޓީ ފޮނުވުމުން ވެސް ބުނީ ބަލަމުންނޭ މިދަނީ،" އޭނާ ވިދާޅުވި އެވެ.

ތަހުގީގުކުރުމަށްފަހު ފިޔަވަޅު އެޅި ބައެއް މައްސަލަތަކަށް ވެސް މިހާތަނަށް ކައުންސިލުން ޖަވާބެއް ނުލިބޭ ކަން ފާހަގަކުރައްވާ ޝުނާނާ އިތުރަށް ވިދާޅުވީ ސަދާގެ މަރުގެ މައްސަލައިގެ ކޭސް ރިޕޯޓު ހޯދުމަށް ހުށަހަޅާފައިވަނީ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

އަދި އެ ރިޕޯޓް ނުލިބުނު ނަމަވެސް މި މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމުގައި މެޑިކަލް ކައުންސިލުގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

މައްސަލައިގެ ހުލާސާ

މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުން އައި ސަދާ މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

އެޗްއާރުސީއެމްއަށް މައްސަލަ ތަހުގީގު ކުރަން ހުށަހެޅީ އާއިލާގެ ފަރާތުންނެވެ. ސަދާގެ ބައްޕަ ސައުދުﷲ ހަސަނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ވެސް ވަނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ޑޮކްޓަރުން ރަނގަޅަށް ބަލާފައި ނެތް ކަން ފާހަގަ ކޮށްފަ އެވެ. ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭން ޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ ސިއްހީ ކަންކަން ރަނގަޅުކުރުމަށް މިފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބަލާ ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް އަބަދުވެސް ކުރާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox