އިންޓަނޭޝަނަލް ހޭންޑްބޯލް ކޯޗިން ލައިސަންސް ރާއްޖޭގެ 15 ކޯޗަކަށް

އިންޓަނޭޝަނަލް ހޭންޑްބޯލް ކޯޗިން ކޯހުގެ ތެރެއިން.

އިންޓަނޭޝަނަލް ހޭންޑްބޯލް ކޯޗިން ކޯހުގެ ތެރެއިން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ހޭންޑްބޯޅަ ކޯޗިން ކޯސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ އޮލިމްޕިކް ސޮލިޑާރިޓީ ކޯޗިން ކޯހަކީ ރާއްޖޭގައި ތިބި ހޭންޑްބޯޅަ ކޯޗުންގެ ފެންވަރު މަތިކޮށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ގެ ލެވެލް ސީގެ ކޯޗިން ކޯހަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވި ފަރާތްތަކުގެ ސީވީތައް އިވެލުއޭޓް ކުރުމަށް ފަހު ކޯހުގައި ބައިވެރިވާން އައިއެޗްއެފުން ފުރުސަތުދިނީ 29 ބައިވެރިންނަށެވެ.

"މި ކޯހަށް ކުދިން ހޮވީ ސީދާ އައިއެޗްއެފުން، އެސޯސިއޭޝަނުން ހުޅުވާލީމަ ބައިވެރިވި ހުރިހާ ކުދިންގެ ސީވީތައް އަޅުގަނޑުމެން އެމްއޯސީއާ ގުޅިގެން މި ފޮނުވަނީ، ދެން އެބޭފުޅުން އިވެލުއޭޝަންތަކެއް ހެދުމަށް ފަހު ކުދިން ފައިނަލް ކުރީ" ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ މުހައްމަދު މުޖުތަބާ، "އަދަދު" އަށް ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ކުދިންގެ ނަންތައް ހޮވުމުގައި ބޮޑަށް ބެލީ އެ އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ބޭސިކް ކޯޗިން ކޯސްތައް ފުރިހަމަކޮށްފައިވާ ކުދިންގެ ތެރެއިން އެކްޓިވްކޮށް މިދިޔަ ދެތިން އަހަރު މުބާރާތްތަކުގައި ކޯޗުކޮށްދެމުން އަންނަ ކޯޗުންނަށް ކަމަށެވެ. އަދި ކޯހުގައި ބައިވެރިވި ބައިވެރިންގެ ތެރޭގައި އަތޮޅުތެރޭގެ ރަށެއްގެ އެކަޑެމީއެއް ހިމެނޭކަން ވެސް މުޖުތަބާ ފާހަގަކުރެއްވި އެވެ.

އޮލިމްޕިކް ސޮލިޑާރިޓީ ހޭންޑްބޯލް ކޯޗިން ކޯހުގެ ތެރެއިން.

މި ކޯހުގައި ކިޔަވައިދީފައި ވަނީ އައިއެޗްއެފް އެޕްރޫވްޑް ކޯޗިން އިންސްޓްރަކްޓާސް ލައިސަންސް އޮންނަ ހަންގޭރީގެ އިންސްޓްރަކްޓަރެކެވެ. އޭނާއާ އެކު އެހީތެރިންގެ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މަތީ ފާސް ހޯދާފައިވާ ދެ ކޯޗުންކަމަށްވާ އަލީ ސޮފީހު (ސޮފީ) ސާމިރު އާއި ހުސައިން އަޒުހަމް ބައިވެރިވި އެވެ. ސޮފީ އާއި އަޒުހަމް އަކީ އައިއެޗްއެފް ލެވެލް ބީ ކޯޗިން ސެޓްފިކެޓު އޮންނަ ރާއްޖޭގެ ހަމައެކަނި ދެ ކޯޗުންނެވެ.

އޮލިމްޕިކް ސޮލިޑާރިޓީ ފަންޑުން ހަރަދުކުރި މި ކޯހުގައި ބައިވެރިވި 29 ބައިވެރިންގެ ތެރެއިން 23 ބައިވެރިއަކު ކޯސް ފުރިހަމަކުރި އެވެ. ނަމަވެސް ކޯހުން ފާސްވެ ސެޓްފިކެޓް ލިބުނީ 15 ބައިވެރި އަކަށެވެ.

މުޖުތަބާ ވިދާޅުވީ އިންޓަނޭޝަނަލް ލެވެލްގެ ކޯޗިން ސެޓްފިކެޓެއް ހޯދަން ރާއްޖެއިން ބޭރަށް ކޯޗުން ފޮނުވުމަކީ ބޮޑު ހަރަދެއް ހިނގާކަމެއް ކަމަށާއި ގާތްގަނޑަކަށް ބައިލައްކަ ރުފިޔާ މީހަކަށް ހޭދަވާ ކަމަށެވެ. އެހެންކަމުން، މާލޭގައި އެއްވެސް ހަރަދެއް ނުކޮށް މި ގޮތަށް އެއް ފަހަރާ ބައިވަރު ކޯޗުން ތަމްރީން ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ދެކެ އެވެ.

ބައިނަލްއަގުވާމީ ރަނގަޅު ލެވަލެއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ 17 ކޯޗުން މިހާރު ރާއްޖޭގައި ތިބުމަކީ ހޭންޑްބޯޅައިގެ ކުރިއެރުމަށް އެޅުނު ބޯޑު ފިޔަވަޅެއް ކަމަށް މުޖުތަބާ ދެކިލައްވަ އެވެ، މިފަހަރު ފުރުސަތު ނުލިބުނު ކޯޗުން ރާއްޖޭގައި ދެން އޮންނާނެ ކޯހަކަށް ތައްޔާރުވެ ކޯޗިންގެ ތެރޭގައި އުޅޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

"ހަގީގަތަށް ބުނަންޏާ ވަރަށް ބޮޑު ޖަމްޕެއް މިއީ. ވަރަށް ބޮޑު ކުރިއެރުމެއް. ގިނަ ފެންވަރު ރަނގަޅު ކޯޗުން ތިބުމަކީ ހޭންޑްބޯޅައިގެ ލެވެލް ކުރިއަށް ޖެހިލާނެކަމެއް. ކުޅުންތެރިންގެ ފެންވަރު ރަނގަޅުވާނެކަމެއް." މުުޖުތަބާ ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ދެން އެންމެ އަވަހަށް ބާއްވާނެ މުބާރާތަކީ އެސޯސިއޭޝަން ކަޕެވެ. އަންނަ މަހުގެ 15 ގައި ބާއްވާ މުބާރާތުގެ ފޯމެޓަށް މި ފަހަރު ވަނީ ބަދަލެއް ގެނެސްފަ އެވެ. ކުރިން ދެ ޑިވިޝަން ވަކިން ކުރިއަށްގެންދިޔަ މުބާރާތުގައި މިފަހަރު ކުރިއަށްދާނީ އެންމެ ޑިވިޝަނެކެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ޓީމްތަކަށް ފައިނަލް ބުރުން ފުރުސަތުދޭއިރު، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ކުޅުނު ޓީމްތަކާއި އަލަށް ބައިވެރިވާ ޓީމްތަކުން ކުޅޭނީ ކޮލިފައިން ބުރުގަ އެވެ.

މި މުބާރާތުގެ އިތުރުން މިމަހުގެ 20 ގައި އިންޓަ ކޮލެޖް މުބާރާތް ކުރިއަށްދާނެ އެވެ. މި މުބާރާތަކީ އިސްލާމިކް ޔުނިވާސިޓީ އިން ކުރިއަށްގެންދާ މުބާރާތެކެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭ މި މުބާރާތުގައި ގައުމީ ސްކޮޑުގެ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox