މަޖިލިސް އޮތީ ސަރުކާރުން ހިސޯރުކޮށްފައި، ނަޝީދު ހުންނެވީ "މަރުތަޅު" އަޅުވާފައި: އިދިކޮޅު

އިދިކޮޅު ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- ފޮޓޯ: މަޖިލިސް

އިދިކޮޅު ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތުމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ދެ ވަނަ ދައުރު މިހާތަނަށް ބޭއްވި ތިން ޖަލްސާގައި ވެސް މިނިސްޓަރުންނާ ސުވާލު ކުރުމަށްފަހު ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ޖަލްސާތައް ވަނީ ކުރުކޮށްލާފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ޕީޖީ ގުރޫޕުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

"ސަރުކާރުން މިކަން މިގޮތަށް ކުރަމުން ދިޔަ ކަމުގައިވިޔަސް އޮޕޮޒިޝަންގެ ޕީޖީ ގުރޫޕުގެ އަޑު ރައްޔިތުންނަށް އިއްވަމުން ގެންދާނަން، މަޖިލިސްގެ ފްލޯގައި ވެސް އަޅުގަނޑުމެން ފުރުސަތު ފަހި ކުރަމުން ގެންދާނަން، އަޅުގަނޑުމެން މިތިބީކީ ރައްޔިތުންގެ އަޑުތައް އިއްވުން ހުއްޓުވަން ސަރުކާރުން ކޮންމެ ރޭވުމެއް ރޭވި ކަމުގައި ވިޔަސް ވެސް އަޅުގަނޑުމެން ފުރުސަތު ދޭ ގޮތަކަށް ނޫން،" ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

މަޖިލިސް މި ދައުރު ފެށިގެން ދިޔައިރު، މަޖިލިސް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ބޭނުންވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެއްކޮށްލައިގެން މަޖިލީހުގެ އަޑު ކަނޑުވާލަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އޭގެ ފަހުން މަޖިލީހަށް އެކިއެކި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރުވަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މަޖިލިސްގެ ބާރު މިއަދު މި ވަނީ ކަނޑުވާލާފައި، މަޖިލިސް މިއޮތީ [ސަރުކާރުން] ހިސޯރު ކޮށްފައި، އެހެންވީމާ ހަގީގަތުގައި މި މަޖިލިސްގެ އެންމެ ފުރިހަމައަށް ނަތީޖާއެއް ނުނެރެވޭ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ސަރުކާރުން ހުއްޓުވަނީ އެންމެ ފަހުން އެމްޑީޕީއިން ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން ކުރިމަތިވި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"މަޖިލިސް ރައީސް މިހާރު އެ ވަނީ މަސައްކަތްޕުޅުގައި ޑެޑްލޮކަކަށް އައިސް ނުވަތަ މަރުތަޅު އެޅުވިފައި. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އިންތިހާބަށް ފަހުގައި ރައީސަށް ޖެހިލުންވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ބޭރުކޮށްފާނެ ކަމަށް. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ހުރިހާ ކަމަކަށް ރިއާޔަތް ކޮށްގެން ކަމަށް މަސައްކަތް ކުރިއަށް ގެންދާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އެމްޑީޕީގެ "ސަރުކާރު ފެކްޝަނުން" ވައްދައިފިނަމަ އިދިކޮޅުން އެ ކަމުގައި އަމަލު ކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox