ވިލިމާލެ އަންހެނުން ގޮނޑީގެ ބައި އިލެކްޝަންގައި މައްސަލަ ޖެހުނު ދެ ވޯޓު ގުނުމުން ވެސް ނަތީޖާ ބަދަލެއް ނުވި

ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއާއި ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިލިމާލޭގައި - ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއާއި ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިލިމާލޭގައި - ފޮޓޯ: ޕީޕީއެމް

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަންގައި ރަނގަޅު ނޫން ގޮތަކަށް ގުނި ކަމަށް އެމްއެންޕީން ބުނާ ދެ ވޯޓު ކަރުދާސް އަލުން ބެލުމަށް ފަހު، ކުރިން އޮތް ނަތީޖާ އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ބައި އިލެކްޝަން އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ ބަލިކޮށް ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބު ކުރީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ޝީޒާއަށް 358 ވޯޓު ލިބުނު އިރު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި މުހްޔިއްދީން ސްކޫލްގައި ބަހައްޓާފައިވާ އެއް ނަމްބަރު ވޯޓު ފޮށިން ޝަކުވާ ހުށަހެޅި ދެ ވޯޓު ކަރުދާސް ދެ ވަނަ ފަހަރަށް މިރޭ ގުނުމުން ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

Advertisement

ފުއާދު ތައުފީގް މި ނޫހަށް އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ ސައްހަ ވޯޓެއް ބާތިލް ވޯޓެއް ގޮތުގައި ކަނޑައެޅި ވޯޓު ކަރުދާހަކާއި ބާތިލް ވޯޓެއް ސައްހަ ވޯޓެއް ކަމުގައި ކަނޑައެޅި ވޯޓު ކަރުދާހެއް ހިމެނޭ ކަމަށް ބުނެ އެމްއެންޕީން ހުށަހެޅި މައްސަލައަށް ނިންމާފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ އެ ދެ ވޯޓު ކަރުދާސް އަލުން ޗެކް ކުރަން، އަލުން ވޯޓު ގުނަން އެދުނު ނަމަވެސް ކޮމިޝަނުން ނިންމާފައި ވަނީ އަލުން ހުރިހާ ވޯޓުތަކެއް ނުގުނާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

މި އިންތިހާބު ބޭއްވީ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވެ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު، އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ޖުމްލަ 17 މެމްބަރުން ތިބޭއިރު، އޭގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންނެވެ. ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox