ރައީސް ސޯލިހް ވެސް އަޅުގަނޑަށް އިތުބާރު ކުރައްވާ: އިންތި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ - ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހްމީ - ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަށް ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުޗވެސް ކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބެލެވެނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ދެމެދު އޮތް ގަދަހިފުމެއްގެ ގޮތުގަ އެވެ. އިންތިއަކީ ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެން ވާދަކުރައްވަނީ ރައީސްގެ ތާއީދު އޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

"ސަންގުޓީވީ" އިން ކުރިއަށް ގެންދިޔަ ބަހުސްގައި އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރުމަށް އެއްވެސް އިރަކު ރައީސް ނަޝީދު ވިދާޅުވިތޯ ކުރި ސުވާލުތަކުގެ ޖަވާބުގައި އިންތި ވިދާޅުވީ އޭނާ އަކީ އެއްވެސް ކަމެއްގައި އެއްވެސް މީހެއްގެ ދަށުވެފައިވާ މީހެއް ނޫން ކަމަށެވެ.

Advertisement

ހުރިހާ ކަމެއްވެސް ކުރައްވަނީ އަމިއްްލަ އިހުތިޔާރުގައި ކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވަން ނިންމެވީވެސް ރައީސް ނަޝީދުގެ އެދުމަކަށް ނޫން ކަމަށް އިންތި ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަކީ އެއްވެސް މީހެއްގެ ދަށުވެފައިވާ މީހެއް ނޫން. އެއްވެސް ޕްރޮޖެކްޓެއްގެ ދަށުވެފައިވާ މީހެއް ނޫން. އެއްވެސް ވަޒީފާއެއްގައި ދަށުވެފައިވާ މީހެއް ނޫން. އެއްވެސް މަންފާއެއް ރިސޯޓެއް ފަޅުރަށެއް ހޯދުމަށް ދަށުވެފައިވާ މީހެއް ނޫން. ވަރަށް މިނިވަން މީހެއް. ވަރަށް މިނިވަންކަމާ އެކުގަ،" އޭނާ ވިދާޅުވި އެވެ.

"ޗެއާޕާސަން ކަމަށް ވާދަ ކުރައްވަން ނިންމެވީ އެމްޑީޕީގެ ވަރަށް ގިން މެމްބަރުންގެ ނިންމެވުމަށް. މާޔޫސްވެ ފެޔަށްޖެހި ޕާޓީއަށް ގުރުބާންވި ވަރަށްގިނަ ލޭ އޮހޮރުވުންތައް އޮހޮރުވާފައިވާ މީހުން އަޅުގަނޑު ގާތު ވިދާޅުވަމުން ގެންދެވީ މި ފުރުސަތު ނަގާ ނުލާށޭ. މިއީއޭ ޕާޓީ ސަލާމަތް ކުރަން ލިބޭނެ ފަހު ފުރުސަތަށް ވެދާނޭ."

މީގެ ކުރިންވެސް އޭނަގެ ތެރުވެރިކަން ސާބިތުވެފައިވާނެ ކަމަށާއި މައްސޫލިޔަތުތައް އަދާ ކުރުމުގައި އަބަދުވެސް "ނަމްބާ ވަން" އަށް ވާނެ ކަމަށް އިންތި ޔަގީންކޮށްދެއްވި އެވެ.

އިންތި ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތި ލެއްވުމަކީ އަމިއްލަ އިސް ނަސްނަގައިގެން ކުރި ކަމެއް ނަމަވެސް ރައީސް ނަޝީދު ތާއީދު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"ވަރަށް އުފާވޭ ރައީސް ނަޝީދު އަޅުގަނޑަށް ތާއީދު ކުރާތީ. އަޅުގަނޑު ޔަގީން ކުރަން ރައީސް ސޯލިހުވެސް އަޅުގަނޑަށް އިތުބާރު ކުރައްވާނެ ކަން. ރައީސް ސޯލިހް އެންމެ ފަހުންވެސް ވިދާޅުވެފައި ވަނީ ނަޒާހަތްތެރި ބަޔަކު މަޖިލީހުގައި ތިބޭނަމަ ލިސްޓުގެ އެންމެ ކުރީގަ އޮންނާނެ ނަމަކަށް ވާނީ އިންތިގެ ނަމޭ،" އިންތި ވިދާޅުވި އެވެ.

އިންތުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ޕާޓީގެ ކަންކަމާއި އެހެން ހަރަކަތްތަކުގައި އެކަނި ހުރެ މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެކަން ކުރާނީ އޭނާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެ ބޭފުޅުން އިތުބާރު ކުރައްވާނެ. އަޅުގަނޑަށް ހަމަ 100 ޕަސެންޓު ޔަގީން، ދެ ބޭފުޅުންވެސް އިތުބާރު ކުރައްވާނެ. ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް އިތުބާރު ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

ނަޒާހަތްތެރިއެއް ކަމަށް ވިދާޅުވެ އިންތި ހައްދަވަނީ ދޮގު ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ. ވަޒީފާގެ ބޭނުމަށް އިންތި ވެސް އޭނާއަށް ގުޅުއްވާފައިވާ ކަމަށް ފައްޔާޒު މިރޭ ވިދާޅުވި އެވެ. މި ކަންކަން އިންތި ދޮގު ކުރައްވައި އޭނާ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައި ވެސް ވެ އެވެ.

ފޯރިގަދަ ބަހުސެއް މިރޭ ފެނިގެން ދިޔައިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރާ ޗެއާޕާސަން އެމްޑީޕީގެ ދެން އޮންނަ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނެ އެވެ. "ދެވަނަ އުކުޅަސް ކޮންގްރެސް" އަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ގިނަ ހުށަހެޅުއްވުންތަކެއް ހުރިއިރު، މި އިންތިހާބުގެ ފޯރިގަދަ ވެފައި ވަނީ މި ސަބަބުތަކާ ހުރެ އެވެ.

އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ރައްޔިތުންގެ ރައީސް ނަޝީދުގެ ފެކްޝަނެއް ވެސް އުފެދި، މި އިންތިހާބުގައި ވެސް މި ފެންނަނީ މި ދެ ފެކްޝަންގެ ވާދަވެރިކަމެވެ. ރައީސްގެ ތާއީދު އޮތީ ފައްޔާޒަށެވެ. އަދި ނަޝީދު ތާއީދު އޮތީ އިންތިއަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox