ކޯޓު ހުކުމަކާ ހުރެ ޕީޕީއެމަށް ދޭން ޖެހޭ ފައިސާއިން ބައިލައްކަ އުނިކޮށްފި

 ޕީޕީއެމުން ބޭއްވި ސިޔާސީ ހަރަކާތެއް ތެރެއިން. އެ ޕާޓީގެ މައްޗަށް ސާބިތުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ފައިސާ ދައްކާ ގޮތަށް ތަކެތި ހޯދި ބަޔަކަށް ފައިސާ ނުދީ އޮތް މައްސަލައެއް - ފޮޓޯ: އަދަދު

ޕީޕީއެމުން ބޭއްވި ސިޔާސީ ހަރަކާތެއް ތެރެއިން. އެ ޕާޓީގެ މައްޗަށް ސާބިތުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ފައިސާ ދައްކާ ގޮތަށް ތަކެތި ހޯދި ބަޔަކަށް ފައިސާ ނުދީ އޮތް މައްސަލައެއް - ފޮޓޯ: އަދަދު

ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޫކުރަން ޖެހޭ ފައިސާއިން 50،000 ރ. އުނިކުރުމަށް ފަހު މިދިޔަ ހަފުތާ ގައި ދޫކޮށްފި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ 10،000 މެމްބަރުންގެ ޝަރުތު ފުރިހަމަ ވަނީ އިދިކޮޅު ޕީޕީއެމްގެ އިތުރަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީއަށެވެ.

ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް މި މަހުގެ ހަތްވަނަ ދުވަހު ފައިސާ ދޫކުރިއިރު، އެ ޕާޓީއަށް ފައިސާ ދޫކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ޕީޕީއެމަށް ފައިސާ ދޫކުރުން ލަސްވީ ވެސް ސިވިލް ކޯޓުގައި މައްސަލައެއް އޮވެގެންނެވެ. އެކަމަކު އޭގެ ހުކުމް އައުމުން ފައިސާ ދޫކުރީ އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމަށް ދޫކުރަން ޖެހޭ ފައިސާއިން 50،000 ރުފިޔާ އުނިކުރުމަށް ފަހު ފައިސާ ދޫކުރީ ވެސް އެ ކަމުގެ ހުކުމް އައި ގޮތަކުންނެވެ.

ބަޖެޓުން ޕީޕީއެމަށް ދޫކުރަން އޮތީ 9.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ޕީޕީއެމަށް ފިނޭންސުން ދޫކުރީ 8.9 މިލިއަން ރުފިޔާ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ސިވިލް ކޯޓުން ކުރި ހުކުމަކީ 2018 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ފައިސާ ދައްކާ ގޮތަށް ތަކެތި ހޯދި ބަޔަކަށް ފައިސާ ނުދީ އޮތް މައްސަލައެއްގައި ކުރި ހުކުމެކެވެ.

"ފިނޭންސް މިނިސްޓްރީން ފައިސާ އުނިކޮށްފައި ވަނީ އެ ފައިސާއިން،" ހީނާ ވިދާޅުވި އެވެ.

ދޫކުރި ފައިސާގެ އަަދަދު:

1. އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)

2. ޕީޕީއެމް: 8.9 މިލިއަން ރުފިޔާ (34،237 މެންބަރުން)

3. ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެންބަރުން)

4. އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެންބަރުން)

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox