ޗެލްސީގެ ރުޑިގާ ރެއާލަށް ބަދަލުވާން ނިންމައިފި: ރިޕޯޓް

Apr 25, 2022, 8:50 AM
ޗެލްސީގެ ރުޑިގާ ރެއާލަށް ބަދަލުވާން ނިންމައިފި: ރިޕޯޓް

ލަންޑަން (އޭޕްރީލް 25) - މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ހިލޭ ޓްރާންސްފާއެއްގައި ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ޗެލްސީން ވަނީ އުމުރުން 29 އަހަރުގެ ރުޑިގާ އަށް އާ ކޮންޓްރެކްޓެއް ދޭން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު، އޭރު ރުޑިގާ ބޭނުންވާ މުސާރަ ދޭން ޗެލްސީން ދެކޮޅު ހަދަމުންދާތީ، ކޮންޓްރެކްޓްގެ ކަންކަން ދިގުލައިދިޔައީ އެވެ. އަދި ދާދި ފަހުން ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލައިގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޗެލްސީ ހިންގުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އުސޫލުތަކުގެ ތެރެއިން ރުޑިގާ ބޭނުންވާ ކޮންޓްރެކްްޓް ދީގެން އެއްބަސްވުން އާ ކުރެވެން ނެތީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ އޭނާ ގާތުގައި ރުޑިގާ، ޗެލްސީ ދޫކޮށްލަން ނިންމާފައިވާކަން ހިއްސާކޮށްފައިވާ ކަމަށް ބުނެފަ އެވެ.

"އަހަރެމެންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ތިބީ އަތްބަދެވިފައި. އެހެންވީމަ، ރުޑިގާ ބޭނުންވާ ގޮތަށް ކޮންޓްރެކްޓް އާ ކުރެވެން ނެތީމަ، ދެން އިތުރު ގޮތެއްނެތި، ރުޑިގާ އަށް ޖެހެނީ ކްލަބުން ދާން،" ޓުޗެލް ބުންޏެވެ.

އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ރުޑިގާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އަދި ޕީއެސްޖީން ވެސް މަސައްކަތްކުރި އެވެ. ފަސް އަހަރު ޗެލްސީ އަށް ކުޅެދިން ރުޑިގާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، އެފްއޭ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

އެކަމަކު، ރުޑިގާ ބޭނުންވާ މުސާރަ ދޭން އެއްބަސްވީ ރެއާލް މެޑްރިޑުންނެވެ. ރުޑިގާ ބޭނުންވަނީ ހަފްތާ އަކު 400،000 ޑޮލަރުގެ މުސާރަ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox