ކޮވިޑާ ގުޅިގެން އާސަންދައިން ބޭސް ފަރުވާ ކުރަން ދިން ލުއިތައް އުވާލައިފި

އާސަންދަ ހިދުމަތްދޭ ތަނެއް،-- ފޮޓޯ: އަދަދު

އާސަންދަ ހިދުމަތްދޭ ތަނެއް،-- ފޮޓޯ: އަދަދު

ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރަން ދިން ލުއިތައް އެ ކުންފުނިން މިއަދު އުވާލައިފި އެވެ.

ކޮވިޑާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި ބޭސް ނެގުމުގައި ލުއި ގޮތްތަކެއް އާސަންދައިން ހަމަޖައްސައިދިނެވެ. ނަމަވެސް މިއަދު ވަނީ އެ ލުއިތައް އުވާލާފަ އެވެ. އޭގެ ތެރޭގައި ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ މީހުންނަށް ގަނޑުކޮށް ބޭސް ދޫކުރުން ހިމެނެ އެވެ.

އާސަންދައިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އެހާލަތުގައި ދީފައިވާ ލުއިތައް އުވާލާ ކުރީން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން ގެންދިޔަގޮތަށް ހިދުމަތްތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

Advertisement

އޭގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ކުރިއެކޭ އެއްފަދައިން، ކޮންމެ ބޭސްސިޓީ އަކަށް ވެސް ބޭސް ދޫކުރާނީ އެއް ފަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އަލުން ބޭސް ނަގަން ޖެހޭނަމަ އާ ބޭސް ސިޓީއެއް ހޯދަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދެން އެ ކުންފުނިން އޮންލައިން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ފޯރުކޮށް ދޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުރު އެއްވެސް ހިދުމަތެއް ނަގަން "ވިނަވި" ޕޯޓަލް މެދުވެރިކޯށް ރިކުއެސްޓް ކުރުމަށާއި އެ ޕޯޓަލްއިން ރިކްއެސްޓް ނުކުރާނަމަ ހިދުމަތް ނުދޭނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

"އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާނީ މައެކަނި އީ-ޕްރިސްކްރިޕްޝަނަށް. އަތުން ލިޔެފައިވާ ބޭސް ސިޓީތަކަށް ދެން ބޭސް ދޫނުކުރާނެ،" އާސަންދައިން ބުންޏެވެ.

އާސަންދައިން ގެނައި ބަދަލާ އެކު އާސަންދަ ސްކީމުގެ ކަވަރޭޖް ދެވޭނީ އައިޑީކާޑު/ ޕާސްޕޯޓްގެ އަސްލު ނުވަތަ ސޮފްޓް ކޮޕީއެއް ހުށަހަޅައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox