ލަންކާގައި މުޒާހަރާ ކުރާތީ ޕާސްޕޯޓު ހިފައިގެން އުޅެން ދިވެހިންނަށް އަންގައިފި

ލަންކާގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސް ގޮތަބަޔަ ރާޖަޕަކްސްގެ އިސްތިއުފާއަށާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ ބެނާތައް ހިފައިގެން: މެދުކެނޑުމެއްނެތި ލަންކާގައި މުޒާހަރާކުރަމުންދާތާ މިހާރު 11 ދުވަސް ވެއްޖެ. -- ފޮޓޯ: ރޮއިޓާޒް

ލަންކާގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސް ގޮތަބަޔަ ރާޖަޕަކްސްގެ އިސްތިއުފާއަށާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ ބެނާތައް ހިފައިގެން: މެދުކެނޑުމެއްނެތި ލަންކާގައި މުޒާހަރާކުރަމުންދާތާ މިހާރު 11 ދުވަސް ވެއްޖެ. -- ފޮޓޯ: ރޮއިޓާޒް

ލަންކާގެ އިގުތިސޯދީ ތަދުމަޑުކަމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުމެއް ހިނގުމުގެ ފުރުސަތު އޮތުމާއެކު ބޭރަށް ނިކުންނަ ހުރިހާ ވަގުތެއްގައި ޕާސްޕޯޓު ހިފައިގެން އުޅެން ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހިންނަށް އަންގައިފި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހައިކޮމިޝަނުން އަންގާފައި މިވަނީ އެ ގައުމުގެ ރަމްބުއްކަނައިގައި އިއްޔެ ކުރި މުޒާހަރާއެއްގައި އާންމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، މުޒާހަރާ ރޫޅާލަން ފުލުހުން ބަޑި ޖެހުމުގެ ސަބަބުން އެކަކު މަރުވެ، 24 މީހަކަށް އަނިޔާވެފައި ވަނިކޮށެވެ.

މި ހާދިސާ ހިނގީ އާންމުކޮށް ދިވެހިން ދިރިއުޅޭ ކޮލޮމްބޯއާ 45 މޭލު ދުރު ސަރަހައްދެއްގައި ނަމަވެސް ހައިކޮމިޝަނުން ވަނީ ހުރިހާ ދިވެހިން ވެސް ސަމާލުވާން އެދިފަ އެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު އާންމުކުރި މެސެޖެއްގައި ވަނީ މި މުުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންދާ ސަރަހައްދުތަކަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމިޝަނުގެ ހޮޓްލައިން، 0768816666 ނަމްބަރަށް ގުޅުމަށެވެ.

ލަންކާގައި އޭޕްރީލް 9 އިން ފެށިގެން ކުރަމުންދާ މުޒާހަރާތަކަކީ އެ ގައުމުގެ އިގުތިސޯދީ ހާލަތު އިންތިހާއަށް ގައުމު ބަގުރޫޓުވާ ހާލަތަށް ދިޔުމާ ގުޅިގެން އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.

މި މުޒާހަރާގެ ބައިވެރިން ދަނީ އެ ދުވަހުން ފެށިގެން ރައީސްގެ ގެކޮޅު ހުންނަ ގޯލް ފޭސް ގްރީން ސަރަހައްދުގައި ޓެންޓު ޖަހައިގެން މެދުކެނޑުމެއްނެތި މުޒާހަރާކުރަމުންނެވެ. އަދި ކެބިނެޓު ބަދަލުކުރިނަމަވެސް ރާޖަޕަކްސަ އާއިލާ ބޭފުޅުން އިސްތިއުފާދެއްވުމުން މެނުވީ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox