ޑްރަގް ކޮންޓްރޯލްކުރުމަށް ނޭޝަނަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރަނީ

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނޭޝަނަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މުޖުތަމައުގައި އިތުރު ބަލިމަޑުކަމެއް އާލާވެ ފެތުރެމުން ދާކަމަށެވެ. އެއީ މަސްތުވާތަކެތީގެ ބަލިމަޑުކަމެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހު ހެލްތު މިނިސްޓްރީން، ޑްރަގުން ރައްކާތެރިވުމާ ގުޅޭ މަސައްކަތާ ހަވާލުވިފަހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑަބްލިޔޫއެޗްއޯ ގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި ގިނަ ދިރާސާތަކެއް ކޮށް، ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރުމަށް ތާވްލްކޮށްފައިވާކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސް ކަމެއް ދެއްވަނީ ތިމާވެއްޓާ އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކަމަށެވެ.

ވަކިން ހާއްސަކޮށް، "ހަށިހެޔޮ ދުޅަހެޔޮ" ރައްޔިތެއް ބިނާ ކުރުމަށާ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާ، ބޭސްފަރުވާގެ ކަންކަން ކަށަވަރުކުރުމަށް، މި ސަރުކާރުން އަލަށްފެށި މަޝްރޫއުތަކުގެ ކާމިޔާބުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ބޮއްސުންލާފައިވާ މިންވަރަކީ އެންމެ އަށް އަހަރުގެ ކުދިން އިން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންވެސް މިކަމުގައި އަންމުކޮށް އުޅޭ ކަމެވެ. އަދި މަސްތުވާ ކެފޭތަކުން ހިދުމަތް ހޯދާކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox