މިއީ ރައީސެއްގެ ބެއްލެވުމުގެ ދަށުން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރި އެއް ގައުމު: ނަސީމް

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން  މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖެއަކީ ރައީސެއްގެ ބެއްލެވުމުގެ ދަށުން ކޮވިޑް މެނޭޖްކޮށް ބަލިމަޑުކަމުން އަރައިގައިގެން އެއް ގައުމު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަސީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އިރުވެސް ސިއްހީ ދާއިރާއަކީ، ގޮންޖެހުންތައް ގިނަ، ތަފާތު މައްސަލަތައް ފުނިޖެހިފައިވާ، ވަރަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެނެސްގެން ނޫނީ، ހިދުމަތްތައް ރަނގަޅު ނުކުރެވޭނެ ހާލަތުގައި އޮތް ދާއިރާއެއް ކަމަށެވެ.

މި ހާލަތުގައި އޮއްވާ، ގައުމު ކުރިމަތިލާންޖެހުނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ބުރަ މަސައްކަތާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަތީޖާ އަކަށްވީ ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ ސިއްހީ ހިދުމަތްތެރިން އެމީހުންގެ ގައުމުތަކަށް އެނބުރި ދާން ފެށުމާ ބޭރުން އިތުރަށް މީހުން ލިބުން ދަތިވެ އަދި ހިދުމަތުގައި ދެމި ތިބި މީހުންވެސް ކޮވިޑް ބައްޔަށް ހުށަހެޅެމުންދިޔުން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ކޭސްލޯޑް މައްޗައް ދިޔުން. ޓެސްޓް ކުރުމާ ސއްިހީ ފަރުވާއާއި، ރައްކާތެރިކަމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އިމްޕޯޓް ކުރާ ގައުމަކަށް ރާއްޖެ ވީއިރު، އެތަކެތި ލިބުން އިންތިހާ އަށް ދަތިވެ ރާއްޖެ ގެނެވޭނެގޮތް ނެތުމުން ދިމާވާނެ ގޮންޖެހުން ތަކަކީވެސް ފަސޭހައިން އިހުސާސް ކުރެވެން އޮތް ހަގީގަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އިގްތިސޯދެއްގައި، ފަތުރުވެރިކަން އެއްކޮށް ހުއްޓުމުން ކުރިމަތިވާނޭ މާލީ ދަތިތަކާ އިޖްތިމާއީ ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެ ހާލަތުގައި ވެސް ރާއްޖެ ވަނީ، ދުނިޔެއަށް ނަމޫނާ ދައްކައި ދީފައި ކަމަށެވެ.

"ރައީސް ސޯލިހުގެ ސީދާ ބެއްލެވުމުގެ ދަށުން މިއީ ކޮވިޑްގެ ކަންކަން އެންމެ ރަނަގަޅަށް 'މެނޭޖް" ކުރި އެއް ގައުމު. އެންމެ އަވަހަށް ބޯޑަރު ހުޅުވާ އިގްތިސޯދީ އަދި އިޖްތިމާއީ ހަރަކާތްތަކަށް ރުޖޫ ވި ގައުމު. ކޮވިޑް ގެ އެންމެ ނުރައްކާ ހާލަތުން އެންމެ އަވަހަށް އަރައިގަން އެއް ގައުމަކީ ރާއްޖެ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ކުޑަވެ ބަލި ކޮންޓްރޯލް ކުރެވިފައިވާތީ، ކޮވިޑާ ގުޅިގެން އިއުލާންކޮށްފަ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރަށް ފަހު ވަނީ އުވާލާފަ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް މިދިޔަ މަހު ވަނީ ނިމުމަކަށް ގެނެސް އާންމު ހާލަތަށް ރުޖޫއަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox