ކޮފީ ޝްރަބުން މި ދައްކަނީ ތަފާތު ރޯދަ ވީއްލުމެއްގެ ވާހަކަ!

ކޮފީ ޝްރަބުން މި ދައްކަނީ ތަފާތު ރޯދަ ވީއްލުމެއްގެ ވާހަކަ!

އެތައް އަހަރުތަކަކުން އެ ރަހަޔަށް ފުރިހަމަކަމާއި މީރުކަން ގެނުވި ތައި، ޓާކިޝް، އިންޑިއަން، ފްރެންޗް، އަދި މެކްސިކަން ކެއުމުގެ ބާވަތްތައް މި ރޯދަ މަހު ގެނެސްދިނުމަށްޓަކައި "ދަ ކޮފީ ޝްރަބް" އިން ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. އާންމުކޮށް ރޯދަ މަހު ފެންނަ އިސްރާފު ބޮޑު ބުފޭ ސްޓައިލް ދޫކޮށް، ކޮފީ ޝްރަބުން ވިސްނަނީ ގެވެށި ތަޖުރިބާއަކާއި ހާއްސަ މެނޫއެއް ކަސްޓަމަރުންގެ އަތަށް ދިނުމަށެވެ.

ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ވެސް އެ ތަފާތު ފަސް ކުއިޒީންއިން އެއް ކުއިޒީންގެ ޑިޝްތަކެއް، ތިން ކޯޒްގެ މައްޗަށް ބަހާލައިގެން ކަސްޓަމަރުންގެ މޭޒަށް ރޯދަ ވީއްލަން ގެނެސްދޭނެ އެވެ. އާންމު ރެސްޓޯރެންޓްތަކާއި ހިލާފު ބީސްޓްރޯ ސްޓައިލުގެ ޝްރަބުގެ ފަސް ކުއިޒީންގެ ބައެއް ޑިޝްތަކަށް ބަލާލަމާތޯ؟

ދިވެހިން އެއާ އެންމެ ދެކެފަރިތަ ތައި އަދި އިންޑިއަން ކުއިޒީންގެ މެއިން ކޯސްތައް ފުރިހަމަކޮށްދެނީ ތައި ބީފް ޕީނަޓް ކަރީ އާއި ޖޭޒްމިން ރައިސް އަދި ބަޓާ ޗިކަންއާއި ފްލެޓް ބްރެޑްތަކުންނެވެ. ކޮންމެވެސް ވަރަކަށް އާ ނަމަވެސް ދިވެހިންގެ ޝައުގުވެރިކަމާއި ޓްރެންޑް އެއަށް ދަމައިގަނެފައިވާ ޓާކިޝް ކުއިޒީންގެ މެނޫގައި މެއިން ކޯސްތަކަށް އަތުރާލަނީ ޓާކިޝް ސްޓަފްޑް އެގްޕްލާންޓް ޗިކަންއާއި ޕިލާފް ރައިސް އެވެ.

Advertisement

ރާއްޖެއާއި އެތައް ހާސް ކިލޯ މީޓަރެއްގެ ދުރުގައި ތަރައްގީވެ ފޮޅުނު ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުއިޒީންކަމުގައިވާ މެކްސިކަންއަށް ކޮފީ ޝްރަބުން މެއިން ކޯހުގައި ހިމަނަނީ ޗިކަން ބުރީޓޯ ބޯލް އެވެ. އަދި ފްރެންޗް ކުއިޒީން ވެސް އެއޮތީ އެވެ. މީގެން ކޮންމެ ކެއުމަކާއެކު މޭޒަށް ދެން ގެންނަނީ ދެ ބާވަތެއް، ކަރާ އަދި އޮރެންޖްގެ ތާޒާ ފްރެޝް ޖޫހެވެ.

ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫ؛ އެ މެނޫގައި ފްރެންޗު ކުއިޒީންގެ ޑިޝްތަކެއް ވެސް ހުރޭ.
ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫ؛ އެ މެނޫގައި ފްރެންޗު ކުއިޒީންގެ ޑިޝްތަކެއް ވެސް ހުރޭ.

ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫ؛ އެ މެނޫގައި ފްރެންޗު ކުއިޒީންގެ ޑިޝްތަކެއް ވެސް ހުރޭ.

މެނޫއިން އިތުރު ކަމެއް ފާހަގަވޭތޯ؟ ރޯދައާ އެއާ ގުޅިފައިވާ ކަދުރު ސްޓާޓާ ހުރި ސެކްޝަން ބަލާލުމުން ކޮންމެ ދުވަހަކަށް ވަކި ބާވަތެއްގެ ކަދުރެއް އެބަ ހުއްޓެވެ. ޕިސްޓާޝިއޯ، އާމަންޑް، ހެޒަލްނަޓް ކަދުރު މިއީ އޭގެން ދޭ ރަހަ ބަލައިލާން ޝައުގުވެރިވާނެ މީހުން މަދުނުވާނެ ބާވަތްތަކެކެވެ. އަދި އެޕެޓައިޒާޒްއާ ޑެޒާޓް ސެކްޝަންގެ ފޮނި މީރުކަން ބަލާލާށެވެ.

މެނޫއިން އިތުރު ކަމެއް ވެސް ފާހަގަވާނެ އެވެ. ހުރިހާ މެއިން ކޯސް ޑިޝްއަކާއެކުގައި ވެސް ކޮންމެވެސް ކަހަލަ ސެލެޑެއް ހުރެ އެވެ. ފޮރުވިފައިވާ ބޭނުމަކީ "ބެލެންސް" އެއް ގެނައުމެވެ. މީރުކޮށް ކެއުމާއި ސިއްހަތަށް ވެސް ފައިދާ ހުރި ކެއުމެއް އިންސާފުކުރުމެވެ.

ދިވެހިން ދެކެ ފަރިތަ މި ޑިޝްތައް ފްރެޝްކޮށް ދުވަހުން ދުވަހަށް ރާއްޖެއިން ލިބެން ހުންނަ ތަކެތިން ތައްޔާރުކުރަނީ ވެސް ދިވެހިންނެވެ. ކޮފީ ޝްރަބުގެ ބަދިގޭގައި މަސައްކަތްކުރާ ހެޑް ޝެފް ސޭމްއާ ދެން ތިބޭ ދެ ޝެފުންނަކީ ވެސް ދިވެހި ޒުވާނުންނެވެ. ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކުގެ ބަދިގެތަކުން ފަރިތަވެ ފުރިހަމަވެގެން އައިސް ތިބި އެ ޝެފުންނަކީ މި މެނޫ ލޯތްބާއެކު ތައްޔާރުކުރި މީހުންނެވެ.

ކޮފީ ޝްރަބުގެ އަމާޒަކީ އެއް ފަހަރާ ވީހާ ވެސް ގިނަ ބަޔަކަށް ސާވްކުރުމެއް ނޫނެވެ. ތޮއްޖެހިފައިވާ މާލޭގައި ރޯދަ މަހު ގިނަ ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލަން ދިޔުމުން ފެންނަ ހާލަކީ ވެސް ތޮއްޖެހުމެވެ. ނަމަވެސް ޖާގައިގެ ގޮތުން ފުޅާ، އިންޑޯ އަދި އައުޓްޑޯ ވެސް ތަޖުރިބާކޮށްލެވޭ ކޮފީ ޝްރަބުން އެއްފަހަރާ ސާވް ކުރަނީ 60 މީހުންނަށެވެ. އެއީ އިންޑޯގައި 20 އަދި އައުޓްޑޯގައި 40 އެވެ.

މިއީ ޝްރަބަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ސަބަބު ވެސް މެ އެވެ. ހަމަޖެހިލައިގެން އަޑުމަޑު އިންޑޯ, މީހުން މަދު މާހައުލެއްގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު ބޮލަކަށް 250ރ. އަށް ރޯދަ ވީއްލާލުމަކީ މަދު ތަނަކުން ލިބޭނެ ތަޖުރިބާ އެކެވެ. ނުވަތަ ރައްޓެހިންނާއެކު ގޮސް އޯޕަން އެއާ ވައިގައި އެކަކު ދައްކާ ވާހަކަ އަނެކަކަށް ފަސޭހައިން އަޑުއިވޭހާ މީހުން މަދު ތަޖުރިބާއެއް ވެސް ލިބޭނީ މަދުންނެވެ.

ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫގައި ހިމެނޭ ތައި ކުއިޒިން --
ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫގައި ހިމެނޭ ތައި ކުއިޒިން --

ރޯދައަށް ކޮފީ ޝްރަބުން ނެރުނު މެނޫގައި ހިމެނޭ ތައި ކުއިޒިން --

ޝްރަބުން ބުފޭ މޭޒުތައް ދޫކޮށްލަން ވިސްނީ ވެސް އެކަމާ ގުޅިފައިވާ ސަބަބުތަކާ ހެދި އެވެ. ރޯދަ މަހުގައި އިސްރާފު ކުޑަކުރުމުގެ އިތުރުން، ތޮއްނުޖެހި ބުފޭ މޭޒުތައް ދޮށުގައި ދިގު ކިއުގައި ސަތޭކައިން ކަސްޓަމަރުން ބޭތިއްބުމަށްވުރެ، ޝްރަބުން ވިސްނީ ކަސްޓަމަރުން އަތަށް ތަފާތު މެނޫއެއް ދީ ބޭނުން އެއްޗެއް މޭޒާއި ހަމަޔަށް ގެނެސްދޭ ފަސޭހަ އަދި ލުއި ތަޖުރިބާއެއް ދިނުމަށެވެ.

ގިނަ ދިވެހިން ރެސްޓޯރެންޓްތަކަށް ރޯދަ ވީއްލަން ދަނީ އެ ރޯދަ ވީއްލުމެއް ހާއްސަ ކޮށްލާށެވެ. އެކަމަކު އެ ރެސްޓޯރެންޓަކުން ވެސް އަމިއްލަ ގޭގައި ކެވޭ ކަހަލަ ތަޖުރިބާ ލިބެން ހުންނަ ނަމަ ކޮންފަދައޭ ހިތަށް އަރާ މީހުން މަދެއް ނޫނެވެ. ކޮފީ ޝްރަބުން އެކަން ފުރިހަމަކުރެވޭތޯ ބަލަނީ ސޯފާއާއި ބެންޗު އަދި ގަސްގަހުން ޒީނަތްކޮށްފައިވާ ބަގީޗާ ޑިޒައިނާއި ގެވެށި މާހައުލެއް ދީގެންނެވެ.

ކޮންމެ ކަސްޓަމަރަކީ ވެސް ހާއްސަ މެހެމާނެއްކަމަށް ޝްރަބުގެ ވެއިޓަރުންނާއި ޝެފުން ދެކެނީ، ކަސްޓަމަރު ނިމިގެންދާއިރު، އެއީ ތިމަންނަގެ ދެވަނަ ގެޔޭ ހިތަށް އަރާފަދަ ތަޖުރިބާއެއް ދިނުމަށެވެ. އެ ވެއިޓަރުންނާ މުޅި ރެސްޓޯރެންޓް ހުންނަނީ ކޮންމެ ކަސްޓަމަރަކަށް ވެސް "އަ ސެންސް އޮފް ބިލޯންގިން" އެއް ގެނުވައިދޭ ތަޖުރިބާއެއް ދިނުމަށް ފަރިތަކޮށްފަ އެވެ.

ޝްރަބުގެ ކޮފީއާއި ހާރު އަދި ތަރާވީސް: ހަބޭސް

ޒަމާނަކީ އެންމެން ވެސް ލަވާޒާއާއި ނެސްކެފޭ ތަށިތަކުން ދޫކޮށް ސްޕެޝަލްޓީ ކޮފީތަކަށް ގޮސް ހުސްވެފައިވާ ޒަމާނެކެވެ. ރައްޓެހިންނާއެކު ކޮފީއަކަށް ދިޔަޔަސް، ފޮރުވިފައިވާ މީރު ރަހައެއް ލިބޭ މޮޅު ނަމެއް ކިޔާ ކޮފީ ތައްޓެއް އިހްތިޔާރުކުރާ ޒަމާނެކެވެ.

މާލޭ ގްރޭންޑްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ހިތްގައިމު ޝްރަބަކީ ވެސް ސްޕެޝަލްޓީ ކޮފީއަށް އެއް ވަނައިގެ ތަނެކެވެ. އަދި ރޯދަ މަހަށް އެ ކޮފީ އިތުރަށް ހާއްސަ ވެގެން ދަނީ ޝްރަބުން ރޯދަ ވީއްލައިގެން ހާފް ޕްރައިސް ސްޕެޝަލްޓީ ކޮފީ ލިބޭތީ އެވެ. ފަންސާސް، ފަސްދޮޅަހަށް ލިބޭ އެއްކަލަ ފޮރުވިފައިވާ މީރު ކޮފީ, ޝްރަބުން ރޯދަ ވީއްލައިގެން ލިބޭނީ ނެސްކެފޭ ލަވާޒާއަށް ވުރެ ހެޔޮ އަގުގަ އެވެ.

ހާރަށް، ތަރާވީހަށް ނުވަތަ ލުއި ގޮތެއް ހަދާލަން ޝްރަބަށް ދާ ކަސްޓަމަރަށް ވެސް ރޯދަ މަހު ކުޅި ބަތްޕެނާއި ކޭކު ކަހަލަ ތަކެތިން އިހްތިޔާރުކުރަން ލިބޭނެ އެވެ.

މި ރޯދައިގައި، ތަފާތު މެނޫއަކާއެކު އަމިއްލަ ގެހެން ހީވާކަހަލަ އުފާވެރި ހިތްގައިމު ބީސްޓްރޯ މާހައުލެއްގެ ތަޖުރިބާ ދޭން ޝްރަބުން މިއޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox