ޓުވިޓާގައި ހުތުރުބަސް ލިޔުނީ އަޅުގަނޑެއް ނޫން: އަލީ ޒާހިރު

ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: މިއަދު ހެނދުނުގެ ވަގުތެއްގައި އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓުތަކެއްގައި ވަނީ ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށްފަ ފޮޓޯ: ރައީސް އޮފީސް

ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: މިއަދު ހެނދުނުގެ ވަގުތެއްގައި އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓުތަކެއްގައި ވަނީ ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށްފަ ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރު ޝަމްއޫން "ލޫކަސް" ޖަލީލާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އޭނާގެ އެކައުންޓުން ލިޔުނީ އެހެން މީހަކު، އޭނާގެ އެކައުންޓުގެ ކޮންޓްރޯލް ވަގަށް ހޯދައިގެން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު ވިދާޅުވީ، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާމެދު ޝަމްއޫން ފާޅު ކުރެއްވި ހިޔާލެއްގެ ރައްދުގައި، އޭނާގެ އެކައުންޓުން ހުތުރު އެއްޗެހި ކިޔާފައި ވަނީ މީހަކު އެއަށް "އެކްސެސްވެގެން" ކަމަށެވެ.

"އެހެން ކޮންމެވެސް ގޮތަކުން އެކްސެސްވެވިފަ އެއިނީ. އަޅުގަނޑަށް ވެސް ސީދާ ބުނާކަށް ނޭނގެ. ފަހުން އެކައުންޓް ރިކަވާ ވެސް ކުރެވުނު. އެއީ ޕާސްވޯޑު ރީސެޓްކުރަން ހަމަ އަޅުގަނޑަށް އައީ އީމެއިލްއަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

Advertisement

އެކައުންޓުން ކޮށްފައި ހުރި ޓުވީޓުތައް ޑިލީޓް ކުރުމަށްފަހު އަލީ ޒާހިރު ކުރެއްވި އިތުރު ޓުވީޓެއްގައި އިނގިރޭސި ބަހުން ވިދާޅުވެފައި އޮތީ"މިއީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ރޯލެއް އޮތްކަން ދެއްކުމުގެ ބޭނުމުގައި ކޮށްފައި އޮތް އަމަލެއް ކަމަށް ބެލެވޭ" ކަމަށެވެ.

އަލީ ޒާހިރުގެ ޓުވީޓުތަކުގެ ސްކްރީންޝޮޓް ނެގުމަށްފަހު އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިތުރުން ވެސް ބައެއް އެހެން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox