ޗެއާޕާސަން އިންތިހާބު ފަސްކުރަން އިމްތިޔާޒްގެ ޓީމުން ދެކޮޅު

އިމްތިޔާޒްގެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު. ފޮޓޯ: އަދަދު/ އަހުމަދުﷲ އަބްދުލް ހާދީ

އިމްތިޔާޒްގެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު. ފޮޓޯ: އަދަދު/ އަހުމަދުﷲ އަބްދުލް ހާދީ

ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ އިންތިހާބު ފަސްކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ދެކޮޅު ހަދައިިފި އެވެ.

މިއަދު އިމްތިޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އިންތިހާބެއްގެ ތާރީހަކީ ވަރަށް ގިނަ ވިސްނުންތަކަކަށްފަހު ނިންމާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އިންތިހާބެއްގެ ތާރީހު އެއްވެސް ވަރަކަށް ލަސްކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބު އެއްވެސް ގޮތަކަށް ލަސްކުރެވިގެން ނުވާނެ. އިންތިހާބަކާއި އެއްވެސް ގޮތަކުން ކުޅެވިގެން ނުވާނެ. އިންތިހާބުގެ ތާރީހު އެ ކަނޑައަޅަނީ ވަރަށް ފުންކޮށް ވިސްނުންތަކެއް ވިސްނުމަށްފަހު،" ވަހީދު ވިދާޅުވި އެވެ.

Advertisement

ވަހީދު އެހެން ވިދާޅުވިއިރު އޭޕްރިލް 16 ވަނަ ދުވަހު އޮންނަ އެ އިންތިހާބުގައި ދެން ވާދަކުރައްވާ ކެންޑިޑޭޓް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުގެ ފަރާތުން ވަނީ ރޯދަ މަހާ ދިމާކޮށް އިންތިހާބު ބާއްވާތީ ކެމްޕޭން ކުރުމާއި އެހެން ގޮތްގޮތުން ވެސް އެމްޑީޕީގެ މެމްބަރުންނަށް ދަތިތަކާއި ކުރިމަތިވެދާނެތީ އިންތިހާބު ފަސްކުރަން ހުށަހަޅާފަ އެވެ.

ނަމަވެސް ވަހީދު ވިދާޅުވީ ޗެއާޕާސަންކަމުގެ އިންތިހާބު ގަނޑުބަނޑުކޮށް މަކަރު ހެދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ފަރާތުން އެއްވެސް ވަރަކަށް ޖާގައެއް ނުދޭނަން އިންތިހާބު ލަސްކުރާކަށް، އިންތިހާބު ގަނޑުބަނޑުކުރާކަށްވެސް، އިންތިހާބުގައި މަކަރާއި ހީލަތް ހަދާކަށް ވެސް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ބަދަލުގައި އިންތިހާބު އަވަސްކުރަން އިމްތިޔާޒްގެ ޓީމުން އެއްބަސްވެދާނެ ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ މެމްބަރުންނަށް ވޯޓުލުމަށާއި ކެމްޕޭން ކުރުމަށް ދަތިތަކެއް ހުރެއްޖެ ހިނދެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެހެނެއް ނޫން، އަޅުގަނޑުމެންގެ ވޯޓުލާން ތިބި އާންމު މެމްބަރުންނަށް ވޯޓުލައި ނުވަތަ ކެމްޕޭން ހަރަކާތްތައް ދަތިވާކަމަށްވާނަމަ އަޅުގަނޑުމެން ވާހަކަދައްކަފާނަން ރޯދަ މަހުގެ ކުރިޔަށް އިންތިހާބު އަވަސްކުރުމަށްޓަކައި. އެކަމަކު އިންތިހާބެއް ހަމަ ކަށަވަރުން ވެސް ލަހެއް ނުކުރެވޭނެ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވަނީ މިއަދުގެ ބައްދަލުވުމުގައި ވެސް ސަރުކާރުން އިންތިހާބަށް ނަހަމަގޮތުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރައްވާފަ އެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް އެމްޑީޕީއަށް ނިސްބަތްވާ ރ. ދުވާފަރު އާމިރު އަހުމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ސީދާ ޗެއާޕާސަންގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ސަޕޯޓުކުރުމުން ކަމަށް ވަހީދު ވަނީ މިއަދު ވެސް ތަކުރާރު ކުރައްވާފަ އެވެ.

"ހަމަ މި އިންތިހާބާއި ދިމާކޮށް، ހަމަ މި އިންތިހާބުގައި އާމިރު އަހުމަދު ވަކި ފަޅިއެއް ނެންގެވީތީވެ އެއައި ނިންމުމަކީ އަޅުގަނޑުމެން ގަބޫލުކުރަނީ ސީދާ އެތެރޭގެ އިންތިހާބާ ގުޅިގެން އައި ނިންމުމެކޭ. އެހެންވީމާ އެކަން އަޅުގަނޑުމެން ބަލައެއް ނުގަންނަން،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަމައެކަނި ދައްކަނީ އާމިރު އަހުމަދުގެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެފަދަ އެތައް އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ސަރުކާރަށް ގޮވާލެއްވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ވެރިކަންކުރުމަށް މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ފުރިހަމައަށް ލިބިފައި އޮތް ނަމަވެސް، ޕާޓީގެ އުސޫލާއި ގަވާއިދުތަކާއި ގަބޫލުކުރުންތަކާއި އެއްގޮތަށް މެމްބަރުންގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅުމަށެވެ.

އަދި ގާނޫނުއަސާސީގައިވެސް ފަރުދުންގެ މެދުގައި ތަފާތުނުކުރުމަށް އޮންނަ އޮތުމާއި އެއްގޮތަށް އަމަލުކުރެއްވުމަށް ސަރުކާރަށް ގޮވާލާކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު އެހެން ވިދާޅުވިނަމަވެސް، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ސަރުކާރުން ނުފޫޒުފޯރުވި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރިކަން ފާހަގަކުރެވުނެވެ.

އަދި ސަރުކާރު ކުންފުންޏެއްގެ އިސްވެރިޔަކު އެ ކުންފުނީގެ އެހެން މުވައްޒަފަކަށް އެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއިދުނުކޮށްފިނަމަ ވަޒީފާގެ ބިރުދައްކާ އަޑު އިވޭ އޯޑިއޯއެއް ވެސް ވަނީ ދައުރުވެފަ އެވެ.

ނަމަވެސް, އެފަދަ ކަންކަމުގައި އެމްޑީޕީގެ ފަރާތުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެ އެވެ. އަދި ދައުރުވި އޯޑިއޯއާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އޯޑިއޯގައި ނުފޫޒެއް ފޯރުވާ އަޑު ނީވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ކެމްޕޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަހީދު އިތުރަށް ވިދާޅުވީ މި ހަފްތާ ބަންދުގައި އިމްތިޔާޒްގެ ޓީމުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ ކަމަށެވެ.

އަދި މިރޭ 8:45 ގައި އިމްތިޔާޒްގެ ކެމްޕޭނުގެ ރަސްމީ ޖަގަހައެއް މާލެ ސިޓީގައި ހުޅުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އިމްތިޔާޒްގެ ޖަގަހަ ހުންނާނީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފޭރުމާދޭގޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox