އިމްތިޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް

އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު. ފޮޓޯ: ފޭސްބުކް

އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު. ފޮޓޯ: ފޭސްބުކް

ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅުވައި ވަކި ކެންޑިޑޭޓަކަށް ސަޕޯޓު ނުކޮށްފިނަމަ ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރުގެ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިކުރުވާކަމުގެ ވަރަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިމްތިޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ކެމްޕޭނާ ގުޅުވައިގެން އެތައް ގޮތަކުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާތަކެއް ޕާޓީގެ އެތައް މެމްބަރުންގެ ފަރާތުން ލިބެމުންދާކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ވަރަށް ބޮޑަށް ލިބޭ ޝަކުވާއެއް އެއީ. ބިރުދެއްކުން އެބަ އަންނަ ކަމަށް. ވަކި ކެންޑިޑޭޓަކަށް ކެމްޕޭނުގަ ނޫޅެދީފިއްޔާ ވަޒީފާއާ ދޭތެރޭގަ ގޮންޖެހުންތަކެއް އަތުވެދާނޭ ކަމަށް. ސަރުކާރުން ފޯރުކޮށްދޭންޖެހޭ ބައެއް ހިދުމަތްތަކަށް ހުރަސް އެޅިދާނެ ކަމަށް. މިކަހަލަ ބިރުވެރިކަމެއް އެބަ އުފެދޭ،" ވަހީދު ވިދާޅުވި އެވެ.

Advertisement

ވަހީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކެމްޕޭންތައް މީގެ ކުރިން ވެސް ކުރާ ކަމަށެވެ. އަދި ދުވަހަކު ވެސް އެފަދަ ޝަކުވާތަކެއް މީގެ ކުރިން އެ މިންވަރަށް ލިބިފައިނުވާ ކަމަށެވެ. ވަހީދު ވިދާޅުވީ އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކުގައި ޝަކުވާ ހުށަހަޅަން ޖެހޭ ޕާޓީގެ ގުނަންތަކަށް އިމްތިޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން ޝަކުވާ ހުށަހަޅުއްވާނެ ކަމަށެވެ.

"އެމްޑީޕީ ތެރޭގަ އޮންނަ އުސޫލެއް ނޫން އެއީކީ. އަޅުގަނޑުމެން ވަކާލާތުކުރާ ހަމަތަކުން ބޭރުން އެކަންކަން އެ ދަނީ. މި ޕާޓީގެ ވަރަށް ގިނަ މެމްބަރުންގެ ފަރާތުން ތި ޝަކުވާ އެބަ އާދޭ. ރީތި ކެމްޕޭނަކުން ވޯޓު ހޯދުމަށް މަގާމު ކާމިޔާބުކުރަން އަޅުގަނޑުމެން އިލްތިމާސްކުރަން. އަޅުގަނޑުމެން ޝަކުވާ ވެސް ހުށަހަޅާނަން،" ވަހީދު ވިދާޅުވި އެވެ.

އިމްތިޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން ފާހަގަކުރި ނުފޫޒު ފޯރުވުމުގެ ބައެއް ކަންކަމާ ގުޅޭ ގޮތުން ވެސް މެމްބަރު ވަހީދު ވާހަކަދެއްކެވި އެވެ. އެގޮތުން ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާގައި މަސައްކަތްކުރަމުން ދިޔަ އާމިރު އަހުމަދު ނަމަކަށް ކިޔާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގުމަކަށް ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވަހީދު ވާހަކަދެއްކެވި އެވެ. އެކަން ކުއްވެރިކުރައްވައި ވަހީދު ވިދާޅުވީ އާމިރަކީ ހިންގުންތެރި އަދި މަސައްކަތްތެރި މީހެއް ކަމަށެވެ.

"ވަރަށް ހަރަކާތްތެރި މެމްބަރެއްގެ ގޮތަށް ފެނުނު މެމްބަރެއް އާމިރު އަހުމަދަކީ. އެހެންވީމާ މި އިންތިހާބާ ދިމާކޮށް ޖާއިޒު ނޫން ގޮތަކަށް އާމިރު އަހުމަދުގެ ވަޒީފާ އެގޮތަށް ކަނޑާލުން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، އެކަން އަޅުގަނޑުމެން ކުއްވެރިކުރަން،" ވަހީދު ވިދާޅުވި އެވެ.

އާމިރު ވަޒީފާއިން ވަކިކުރުމަކީ އެމްޑީޕީގައި އުފެދެމުން އަންނަ ޒުވާން ލީޑަރުންނާ ދެކޮޅަށް ކުރި ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ވަހީދު ސިފަ ކުރެއްވި އެވެ. އަދި އާމިރުގެ ހައްގުގައި ވެސް ވަކާލާތުކުރެވެން އޮތް އުސޫލަކުން ވަކާލާތު ކުރައްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެއީ ހަމައެކަނި އާމިރު އަހުމަދަށް އެކަނި ދިން ގެއްލުމެއްގެ ބަދަލުގަ އަޅުގަނޑުމެން ދެކެނީ އެއީ މި ޕާޓީގެ އަރަމުން އަންނަ ޒުވާން އެތައް ލީޑަރުންނަށް ދެކޮޅަށް ކުރި ވަރަށް ދެރަވަރު ކަމެއް. އަޅުގަނޑުމެން އެކަމެއް ބަލައެއް ނުގަންނަން. އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިގެން ވެސް އަދި މަޖިލީހުގެ ފްލޯގަ ވެސް އަޅުގަނޑުމެންނަށް ބޭނުންކުރެވެން އޮންނަ ކޮންމެ ޕްލެޓްފޯމެއްގައި މިގޮތަށް ފިޔަވަޅު އަޅާ ފަރާތްތަކުގެ ދިފާއުގަ ކުރެވެން ހުރި ކަންކަން ކުރަމުން ގެންދާނަން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު މިގޮތަށް މިއަދު ވާހަކަދެއްކެވި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އޮތް ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ކެމްޕޭންކުރީ އިންތިހާބަށް ނުފޫޒު ފޯރުވާފަދަ ގޮތަކަށް އެތައް މަޝްރޫއެއް އިއުލާންކުރަމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި ހަމަ އެ އިންތިހާބާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަނުގެ އިސް އޮފިޝަލަކު އެ ކުންފުނީގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ކަމަށް ބުނާ އޯޑިއޯއެއްގައި ވެސް ނުފޫޒު ފޯރުވުން ފެންނަން ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެމްޑީޕީގެ އިސްވެރިން ވަނީ ދިފާއުކޮށްފަ އެވެ. އެ އިންތިހާބު ނިމިގެން ދިޔައީ އެމްޑީޕީން ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ރާޝިދަށް ހަނިގޮތަކަށް ކާމިޔާބި ލިބިގެންނެވެ.

ޗެއާޕާސަންގެ އިންތިހާބާ ގުޅޭ ގޮތުން އަނެއްކާ ވެސް ވާހަކަދައްކަވަމުން ވަހީދު ވަނީ ފާޑުކިޔާ ބައެއް ފަރާތްތަކުން އިމްތިޔާޒްއަށް އަމާޒުކޮށް، އާއިލީ ބާރު އެމްޑީޕީގެ އެތެރޭގައި ދެމެހެއްޓުމަށް މަސައްކަތް ކުރާކަމަށް ބުނާ ފާޑުކިޔުންތަކަށް މިއަދުގެ ބައްދަލުވުމުގައި ރައްދު ދެއްވާފަ އެވެ.

ވަހީދު ވިދާޅުވީ އިމްތިޔާޒަކީ "އޮރިޖިނަލް" އެމްޑީޕީ މެމްބަރެއް ކަމަށެވެ. އަދި އޭނާގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަމުގެ ސަބަބުން އިމްތިޔާޒްއަށް ތާއިދު ބޮޑުކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އިމްތިޔާޒްއާއި ޕާޓީގެ އެހެން އެއްވެސް އިސް ފަރާތަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އިމްތިޔާޒް ފަހުމީއަކީ މި ޕާޓީގެ ރައީސްގެ ވެސް ރައީސުލްޖުމްހޫރިއްޔާގެ ވެސް އަަދި މި ޕާޓީގެ އެފަދަ މަގާމެއްގައި ހުންނެވި އެއްވެސް ބޭފުޅަކާ ތިމާގެ ކަމެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އެއްވެސް ކަމެއް އޮތް ބޭފުޅެއް ނޫން އެއީކީ،" ވަހީދު ވިދާޅުވި އެވެ.

އާއިލީ ބާރު ދަމަހައްޓަން ކުރާ ކަމެއް ކަމަށް ބުނާ ވާހަކަތައް ވަހީދު އަނބުރާލެއްވީ އިންތިހާބުގައި ދެން ވާދަކުރާ އަނެއް ކެންޑިޑޭޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭނާ ދިމާލަށެވެ.

"އެ ވިދާޅުވާ ނެޕޮޓިޒަމްގެ ކަންކަން އޮތީ އިމްތިޔާޒް ފަހުމީގެ ކިބައިގަ ތޯ ނުވަތަ އެހެން ބޭފުޅުންގެ ކިބައިގަ ތޯ ތިބޭފުޅުން ވެސް އަމިއްލައަށް ބައްލަވާލެއްވުން ރަނގަޅުވާނެ،" ވަހީދު ވިދާޅުވި އެވެ.

އިމްތިޔާޒްގެ އަމާޒަކީ ރީތި ކެމްޕޭނެއް ކުރައްވައިގެން މަގާމަށް އިންތިހާބުވެވަޑައިގަތުން ކަމަށް ވިދާޅުވަމުން ވަހީދު ވަނީ އެ ޓީމުން އެންމެ ފަހުން ފުވައްމުލަކަށް ކުރި ކެމްޕޭން ދަތުރުގެ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން ފުވައްމުލަކުގައި ހަތަރު އަވަށުގެ ހުރިހާ މެމްބަރުންނާ ބައްދަލުކޮށް، ޑޯ ޓު ޑޯ ޖައްސަވައި، މެމްބަރުންގެ ކަންބޮޑުވުން އަޑުއަހާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ހަމަ ކޮންމެ ދުވަހަކު ބޮޑު ފަތިހާ ތެދުވެ އަޅުގަނޑުމެން ކުރި ކަމަކީ ހަމަ ގޭގެޔަށް ހިނގާ މެމްބަރުންނާ ބައްދަލުކޮށް މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ޝަކުވާތައް އަޑުއެހުން. އަޅުގަނޑުމެންނަށް ނިންމާލެވުނީ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއް. ދަތުރުގަ އަޅުގަނޑުމެންނަށް ފާހަގަވީ އިމްތިޔާޒް ފަހުމީއަށް އިތުރު ކިޔައިދިނުމަކާ ނުލާ އެމްޑިޕީ މެމްބަރުން އަދި އެމްޑީޕީ ނޫން މެމްބަރުން ވެސް ކުރާ ތާއިދާއި ލޯބި،" ވަހީދު ވިދާޅުވި އެވެ.

މިވަގުތު އިންތިހާބު ކާމިޔާބު ކުރެވޭނީ ކިހާ ބޮޑު ތަފާތަކުންކަން ދަންނަވަން އަވަސް ނަމަވެސް، މެމްބަރުންގެ ފަރާތުން އިމްތިޔާޒަށް އޮތް ތާއިދު ވަރަށް ބޮޑަށް ފުވައްމުލަކުން ފެނިގެންދިޔަ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި މިހާރު ވެސް ކެމްޕޭނުގައި އާންމު މެމްބަރުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް ބައްޓަންކޮށް، ޕާޓީގެ ހިންގުން ހަރުދަނާކޮށް ޕާޓީއަށް ބަދަލުތަކެއް ގެނައުމަށް އިމްތިޔާޒް ބައެއް ކަންކަން ހުށަހަޅުއްވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ އުސޫލުތައް ޕާޓީގެ ތެރޭގައި އަށަގެންނެވުމަށް އާންމު މެމްބަރުންގެ ފަރާތުން ލިބުނު ހިޔާލުތަކެއް އިމްތިޔާޒް ހުށަހަޅުއްވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު އިތުރަށް ވިދާޅުވީ ކެމްޕޭން އަދިވެސް ފޯރިޔާއެކު ކުރިޔަށްދާ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި މާލޭގައި އިމްތިޔާޒްގެ ކެމްޕޭން ޖަގަހައެއް ރަސްމީކޮށް ހުޅުވާނޭ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކެމްޕޭނުގެ ދަތުރުގެ ދެން އޮތް މަންޒިލަކީ އައްޑު ސިޓީ ކަމަށާއި، ކެމްޕޭން ޓީމުން މި ހަފްތާ ބަންދުގައި އެ ސިޓީއަށް ދަތުރުކުރާނޭ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މި ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށް އަޅުގަނޑުމެންގެ ދެވަނަ ދަތުރުކުރުމަށް. އަދި އޭގެ އިތުރުން ވެސް މާލޭގައި އަދި އަތޮޅު ތެރޭގެ އެކި އެކި ރަށްރަށުގަ ވެސް ކެމްޕޭން ހަރަކާތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އެބަ ދޭ. މި ހަފްތާ ތެރޭގައި މާލެ ސިޓީގައި އަޅުގަނޑުމެންގެ ކެމްޕޭން ޖަގަހައެއް ހުޅުވުން ވެސް އެބަ އޮތް," ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox