ރޯދަ މަހު ކަސްރަތުކުރަން މޮޅު ގޮތްތައް

ރޯދަ މަހު ކަސްރަތުކުރަން މޮޅު ގޮތްތައް

ރޯދަ މަހު ކަސްރަތު ކުރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަމެކެވެ. ވާނީ ވެސް އެހެންތާ އެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއި ތިބެފައި، ރޯދަވީއްލައިގެން ގަދަޔަށް ކައިފައި، ހަށިގަނޑަށް އިތުރު ބުރަ ކަމެއް ގެނުވާހެން ކަސްރަތު ކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ކަން މިހެން އޮތް ނަމަވެސް ރޯދަ ހިފުމާއެކު ކަސްރަތު ކުރުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ކުރާ ކަމެކެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫނެވެ. ރޯދައަށް ހުރެ ކަސްރަތު ކުރުމުން އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ލިބޭނީ ރަނގަޅު ގޮތުގައި އެކަން ކުރުމުންނެވެ. މި ކިޔައިދެނީ ރޯދަ މަހު ކަސްރަތު ކުރަން ބޭނުންވާ ނަމަ މިކަން ކުރެވިދާނެ ގޮތްތަކެވެ.

ރޯދައަށް ހުރެ ކަސްރަތު ކުރެވޭނެތަ؟

ކަސްރަތު ކުރުމަށް އިރުޝާދު ދިނުމާއެކު ޑައެޓް ކުރުމަށް ސިއްހީ މާހިރުން ލަފާ ދީ އުޅެނީ ސަބަބަކާ ނުލައެއް ނޫނެވެ. އެއީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ މުހިންމު ހިކުމަތްތަކެއް ވާތީ އެވެ. ޑައެޓް ކުރުމެކޭ ރޯދައަށް ހުރުމެކޭ ވަކި މާ ބޮޑު ތަފާތެއް ނެތެވެ. ދެ ކަމުގައި ވެސް ކުރަނީ ދާދި އެއް ކަހަލަ ކަމެކެވެ. ޑައެޓް ކުރާ އިރު ހަށިގަނޑަށް ބޭނުންވާ ވަކި ވައްތަރެއްގެ ކާނާ ބޭނުންކުރުމާ އެކު މާ ގިނައިން ކެއުމުން ދުރުހެލިވެ އެވެ. ރޯދައަށް ހުރެގެންވެސް ކުރަނީ ހަމަ މި ކަމެވެ. ތަފާތަކީ ރޯދައަށް ހުންނަ މީހާ ފެން ނުބޯ ކަމެވެ.

Advertisement

އެންމެ ރަނގަޅެވެ. ބުނަން މި އުޅެނީ ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެ ވާހަކަ އެވެ. ދިރާސާ ތަކުން ހާމަވާ ގޮތުގައި ރޯދައަށް ހުރުމާ އެކު ކަސްރަތު ކުރުމުން ހަށިގަނޑުގެ ހޯމޯން ލެވެލްތަކަށް ބަދަލު އާދެ އެވެ. މިގޮތުން ގްރޯތު ހޯމޯން އިތުރުވެ އިންސުލިން އަށް ހަށިގަނޑުން ރިއެކްޓް ކުރާ ގޮތަށް މިކަމުގެ ސަބަބުން ބަދަލު އާދެ އެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގެ ސަބަބުން ހަށިގަނޑަށް އެތަކެއް ފައިދާއެއް ލިބުމަށް މަގުފަހިވެގެން ދެއެވެ.

ރޯދައަށް ހުރެ، ރައްކާތެރިކަމާ އެކު ކަސްރަތު ކުރާނީ ކިހިނެއް؟

ރޯދައަށް ހުރެ ކަސްރަތު ކުރުމުގައި ދެތިން ކަމަކަށް ސަމާލުވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. އެއް ކަމަކީ ކެއުމުގައި "އިލެކްޓްރޮލައިޓްސް" އެކުލެވޭ މާއްދާތައް ހިމެނުމެވެ. އިލެކްޓްރޮލައިޓްސް ހިމެނޭ ތަކެތީގެ ތެރޭގައި ހިމެނެނީ ކުރުނބާ ފަންޏާއި ސްޕޯޓްސް ޑްރިންކް ފަދަ ތަކެއްޗެވެ. ރޯދައަށް ހުރުމުގެ ކުރިން ހާރުކާ ގަޑީގައި އިލެކްޓްރޮލައިޓްސް އެކުލެވޭ ބުއިމެއް ބޭނުން ކޮށްލުން ރަނގަޅެވެ.

ރޯދައަށް ހުރެ މާ ބުރަކޮށް ކުރަން ޖެހޭ ކަސްރަތުތައް ދުވާލު ވަގުތުގައި ކުރުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ ފެން ނުބޮވޭ ހާލަތެއްގައި ހުރެ ހަށިގަނޑަށް މާ ބުރަ ވާނޭހެން ކަސްރަތު ކުރުމަކީ ޑީހައިޑްރޭޓް ވުމަށް މަގު ފަހި ކުރުވާނެ ކަމެކެވެ. ރޯދައަށް ހުރެގެން ކުރުން ރަނގަޅު ބައެއް ކަސްރަތު ތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ކަސްރަތަކަށް ހިނގުން، ޖޮގިންގް، ޖެންޓްލް ޕިލޭޓްސް އަދި ޔޯގާ ފަދަ ކަސްރަތު ތަކެވެ.

އެކުވެނި ޓްރެކުގައި ދެ މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
އެކުވެނި ޓްރެކުގައި ދެ މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

އެކުވެނި ޓްރެކުގައި ދެ މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ކަސްރަތު ކުރަންވީ ކޮން ގަޑިއަކު؟

ކަސްރަތު ކުރަން އެންމެ ރަނގަޅު ގަޑިއެއް ކަމަށް ސިއްހީ މާހިރުން އިއްތިފާގުވެލައްވާ ގަޑި އަކީ ދުވާލުގެ ވަގުތެވެ. ހުސްބަނޑާ ހުރެގެންނެވެ. އެއީ ދުވާލު ގަޑީގައި ކަސްރަތު ކުރުމުން ހަށިގަނޑު ހޭލައްވާލައި ދުވާލުގެ ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވުމަށް މަގުފަހިވާ ކަމަކަށް ވާތީ އެވެ.

ނަމަވެސް ރޯދަ މަހު މިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.

"ރޯދަ މަހު ޓްރެއިން ކުރަނީ ހަވީރު ހަތަރަކުން ހަޔަކަށް. އޭރުން ޓްރެއިނިން ނިންމާފަ ވަރުބަލިވާ އިރު ހުންނާނީ ރޯދާ ވީއްލާ ގަޑި ޖެހިފަ. އެއީ އާންމުކޮށް ރޯދަ މަހު ފުޓުބޯޅަކުޅޭ އިރު ކަން ކުރާ ގޮތަކީ،" ރާއްޖޭގެ ފަސްޓް ޑިވިޝަން އަށް ކުޅޭ ހުނަރުވެރި ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކު އޭނާ ރޯދަ މަހު ކަން ކުރާ ގޮތް ކިޔައިދިނެވެ.

"ހަވީރު ހަތަރެއް ޖަހާ އިރު ޓްރެއިނިންގް ފަށައިފިއްޔާ ފަހެއް ޖަހަންދެން ތަންކޮޅެއް ލޯ އިންޓެންސް ކަސްރަތުތައް ކުރާނީ. ދެން ރޯދަ ވީއްލާ ގަޑި ކައިރި ވީމަ ގަދަޔަށް ޓްރެއިނިންގް ޖައްސާނީ."

މިއީ ވެސް ރޯދަ މަހު ކަސްރަތު ކުރަން ބޭނުން ކުރެވިދާނެ އުކުޅެކެވެ.

އާންމު ދިރިއުޅުން ތަކުގައި އުޅޭ މީހުން ރޯދަ ވީއްލައިގެން ލުއި ކެއުމެއް ނެގުމަށް ފަހު ތަރާވީހުން ނިމިގެން ކަސްރަތަށް ވަގުތު ހޭދަ ކުރެވިދާނެ އެވެ. އެއަށް ފަހު ރަނގަޅު ކެއުމެއް ކާށެވެ. މިފަދައިން އަމަލުކުރާ މީހުން ހާރު ކެއުމުގެ ވަގުތުގައި ކާމިންވަރު މަދުކޮށްގެން ހަށިގަނޑު ދުޅަހެޔޮކަމުގައި ބެހެއްޓުމަށް މަގު ފަހިވާނެ އެވެ. ކަސްރަތަށް ލޯބިކުރާ ގިނަ ބަޔަކު މިހާރުވެސް އަމަލުކުރަމުންދާ ގޮތަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox