ދަތް ހުދުކުރަން ތިޔަ އަމަލުކުރަނީ ގޯސްކޮށް!

ދަތް ހުދުކުރަން ތިޔަ އަމަލުކުރަނީ ގޯސްކޮށް!

ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭ ވަގުތު ތަކުގައި ހީލުމަކީ އިންސާނީ ތޮބީއަތުގައި ވާކަމެކެވެ. ކޮންމެ ހީލުމަކުން އިންސާނާގެ މޫނުމައްޗަށް އުޖާލާކަން ގެނުވައިދެއެވެ. މިފަދަ ކޮންމެ ހީލުމަކަށް އިތުރު ފުރިހަމަކަން ގެނެސްދެނީ ސާފު ހުދު ދަތްޕިލައެވެ.

ކޮންމެ މީހަކުވެސް ދަތްޕިލަ ހުދުކޮށް ސާފުކޮށް ބަހައްޓަން މަސައްކަތް ކުރަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

މިކަން ކުރުމަށްޓަކައި އެންމެ ކުރީ ޒަމާނުއްސުރެ މީހުން މަސައްކަތް ކޮށްފައިވާކަން ތާރީހުން ހާމަވެ އެވެ. ހުދު ދަތްޕިލައެއް ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއްކަން ޔަގީނެވެ. މި ލިޔުމުގައި މި ހިމަނާލަނީ ތިޔަ ބޭނުންވާ ހުދު ދަތްޕިލަ ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

Advertisement

ދަތް އުނގުޅަންވީ ގޮތް

ކޮންމެ ދުވަހަކު އެންމެ މަދުވެގެން ދެ ފަހަރު ދަތް އުނގުޅުމަށް ޑެންޓިސްޓުން ތަކުރާރުކޮށް ބުނަމުންދެ އެވެ. މިއީ އެންމެނަށްވެސް އެނގޭ ކަމެކެވެ. ނަމަވެސް ދަތް އުނގުޅަންވީ ރަނގަޅު ގޮތަކީ ކޮބާކަން ނޭނގޭ މީހުން އަހަރުމެންގެ ތެރޭގައި މަދުން ނަމަވެސް އެބަ ތިއްބެވެ.

"ދަތް އުނގުޅާ އިރު ބޭނުންކުރުން އެންމެ ރަނގަޅީ ފްލޫރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭސް. ދަތް އުނގުޅާނީ ސާކިއުލާ މޯޝަންއަށް (މަޑުމަޑުން ވަށް ބުރު އަޅާގޮތަށް). ދަތްތައް ހުރިގޮތަށް ހުރަހަކަށް ނޫން. .ހުރަހަށް ދަތް އުނގުޅީމަ ދަތްތަކުގެ ބޭރުގައިވާ އެނަމެލް ފަށަލަ ހަލާކުވެގެންދިޔުމަށް މަގުފަހިވޭ" އޭޑީކޭގައި މަސައްކަތްކުރަމުންދާ ޑެންޓިސްޓްއެއް ކަމުގައިވާ ޑރ. ޕްރަވީން ކިޔައިދެއްވި އެވެ.

ރަނގަޅަށް ދަތް އުނގުޅުމާ އެކު ފްލޮސް ކުރުމަށްވެސް ޑރ. ޕްރަވީން އިރުޝާދު ދެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫންހެން ފްލޮސް ކުރުމަކީ. އެކަމަކު މިއީ ދަތްތައް ރީތިކޮށް ބަހައްޓަން ބޭނުންވާނަމަ ކުރުން ވަރަށް މުހިންމު ކަމެއް." ޑޮކްޓަރު ވިދާޅުވި އެވެ.

ގަވައިދުން ރަނގަޅަށް ދަތް އުނގުޅުމާއި އެކު ބައެއް ކަހަލަ ތަކެތި ކެއުމުން ދުރުހެލިވުމަކީވެސް ދަތްތައް ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކެމެކެވެ. ކޮފީ އާއި ކަޅުސައި ފަދަ ތަކެތި ބުއިމާއި ދުފުމުން ދުރުހެލިވުމަކީ ގިނަ ދުވަހު ދަތްތައް ރީތިކޮށް ބަހައްޓައިދޭ ކަމެއް ކަން ޑޮކްޓަރުން ފާހަގަ ކުރެ އެވެ.

އޮއިލް ޕުލިންގް

"އޮއިލް ޕުލިންގް" އަކީ ދަތްތައް ހުދުކުރުމަށްޓަކައި ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ކަމެކެވެ. އެންމެ ގިނައިން މިކަން ކޮށް އުޅެނީ އިންޑިޔާ ގައެވެ. "އޮއިލް ޕުލިންގް" އަކީ ތެލުން ދަތްތައް ދޮވުން ނުވަތަ ކޯދޮވެލުމަށް ކިޔާ ނަމެކެވެ. މިކަން ކުރުމަށް ބޭނުންކޮށް އުޅެނީ ކާށިތެޔޮ ނުވަތަ ސަންފްލާވާ އޮއިލް ނުވަތަ ސެސަމޭ އޮއިލް ކަހަލަ ތެޔޮތަކެވެ.

ތެޔޮ ކޯވަރެއް އަނގައަށް އެޅުމަށްފަހު ރަނގަޅަށް ކޯދޮވެލާނީއެވެ. އަދި އެޔަށްފަހު ދަތް އުނގުޅާލާނީއެވެ. ދަތް އުނގުޅުމުގެ ކުރިން މިކަން ކުރާ ނަމަ ދަތުގައި ހުންނަ ބެކްޓީރިޔާ މަރުވެ ދަތްތައް ހުދުވުމަށް މަގުފަހިކޮށްދެ އެވެ.

ކާށި ތެލަކީ ގިނަ އަދަދަކަށް ލައުރިކް އެސިޑް ހިމެނޭ އެއްޗެކެވެ. މި މާއްދާގެ ސަބަބުން ބެކްޓީރިޔާތައް މަރުވެ ހިރުގަނޑު ވަރުގަދަވުމަށް މަގުފަހިކުރުވަ އެވެ.

ދަތްތައް ހުދުކުރުމަށް ބޭނުންކުރާ ބައެއް ވައްތަރުގެ އެސިޑް ތަކުގެ ސަބަބުން ހިރުގަނޑު ހަލާކުވެ އެވެ. ނަމަވެސް އޮއިލް ޕުލިންގް އިން މިފަދަ އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ. އެހެންވީމާ މިއީ ކޮންމެ ދުވަހަކުވެސް ކޮށްލެވިދާނެ ކަމެކެވެ.

އެކްޓިވޭޓެޑް ޗާކޯލް

ޗާކޯލް އަކީ ބައެއް ވައްތަރުގެ ދަތް އުނގުޅާ ބޭހުގައިވެސް ހުންނަ މާއްދާ އެކެވެ. ޗާކޯލްއަކީ ދަތްތައް ހުދުކުރުމުގެ ގާބިލުކަން ލިބިފައިވާ، އެހާ ބާރުގަދަ ނޫން މާއްދާއެކެވެ.

އެކްޓިވޭޓެޑް ޗާކޯލް ބޭނުން ކުރުމަކީ ވަރަށްވެސް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. ދަތްއުނގުޅާ ބުރުސް ތެންމާލުމަށްފަހު ޗާކޯލްކޮޅެއް ބުރުހުގައި ޖަހާލާށެވެ. އަދި އެޔަށްފަހު އާދައިގެ މަތިން ދަތް އުނގުޅާހެން ރަނގަޅަށް ދަތް އުނގުޅާލާށެވެ. ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ޗާކޯލްއަކީ އަނގައިގާ ހުންނަ ބެކްޓީރިޔާތައް މަރާލައި، އަނގައިން ދުވާ ނުބައިވަސް ވެސް ކުޑަކޮށްދޭ އެއްޗެކެވެ.

ޕްރޮފެޝަނަލް ކްލީނިންގް

ކޮންމެ ހަ މަހަކުން ދަތްތައް ސާފުކޮށްލަން ޑެންޓިސްޓަށް ދެއްކުމަކީވެސް ރީތި ދަތްޕިލައެއް ގެންގުޅެން ބޭނުންވާނަމަ ކުރުން މުހިންމު ކަމެކެވެ.

ދަތްތައް ހުދުކުރުމަށް ޑެންޓިސްޓުން ދެ ގޮތެއް އާންމުކޮށް ބޭނުން ކުރެ އެވެ. ފުރަތަމަ ގޮތަކީ ސްކޭލިންގް އެވެ. ސްކޭލިންގް އަކީ އެންމެ އާންމު ކޮށް ޑެންޓިސްޓުން ބޭނުންކޮށް އުޅޭ ގޮތެވެ. ސްކޭލިންގް ގައި ބޭނުންކުރަނީ ހަމައެކަނި ފެނެވެ. ބާރު ޕްރެޝަރުގައި ފެނުން ދަތްތައް ދޮވެލާ ސާފުކޮށްލައެވެ.

ދެވަނަ ގޮތަކީ ސޭންޑިންގް އެވެ. ސޭންޑިންގް ގައި ދަތުގެ މަތީގައިވާ ތުނި ފަށަލަ ކުޑަކޮށް ކަހާލައި އެޔަށް ވުރެ ހުދު ފަށަލައެއް ބޭރަށް ގެނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތްތައް ހުދުކަމަށް ދައްކައެވެ.

މަތީގައި ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ހުރިހާ ގޮތަކީވެސް ރައްކާތެރި ގޮތުގައި ދަތްތައް ހުދުކުރަން ބޭނުންނަމަ ކުރެވިދާނެ ކަންތައްތަކެކެވެ. ބައެއް ފަހަރު އިންޓާނެޓުން ބެލުމަށްފަހު ދަތް ހުދުކުރަން ބޭނުންކުރާ ބައެއް ތަކެތި ބޭނުންކުރުމުން ދަތްތަކަށް އިތުރު ގެއްލުން ލިބުން އެކަށީގެންވެ އެވެ. މިގޮތުން ފަހަކަށް އައިސް އެންމެ ފާހަގަކޮށްލެވޭ އެއް ޓްރީޓްމެންޓަކީ ދަތް އުނގުޅާއިރު ބޭކިންގް ސޯޑާ ބޭނުންކުރުމެވެ. އެކަމަކު ބޭކިންގް ސޯޑާއަކީ މިގޮތަށް ބޭނުން ކުރުން އެހާ ރައްކާތެރި އެއްޗެއް ނޫނެވެ.

"ބޭކިންގް ސޯޑާގެ ސަބަބުން ހިރުގަނޑަށް އުނދަގޫވެ ހިރުގަނޑު ފާރުވުން އެކަށީގެންވޭ. އަދި ބޭކިންގް ސޯޑާ ބޭނުންކުރުމުން ދަތްތައް ހުދު ވާކަން ދައްކުވައިދޭ އެއްވެސް ސައެންޓިފިކް ހެއްކެއް ފެންނާކަށް ނެތް" ޑރ. ޕްރަވީން ވިދާޅުވި އެވެ. އެހެންކަމުން ދަތްތައް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ނަމަ މި ކަންކަމަށް ސަމާލުކަން ދިނުމާ އެކު ޑޮކްޓަރުންގެ އިރުޝާދުތައް އަޑުއެހުމަކީ މުހިންމުކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox