ރޯދަމަހުވެސް ކެއުމުގެ ރަނގަޅު އާދަތަކާ ދުރަށް ނުދާތި!

މި ރޯދަމަހު ވެސް ކެއުމުގެ އާދަތައް ބައްޓަންކުރުމުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އިސްކަން ދޭން ޖެހޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ރޯދަމަހު ވެސް ކެއުމުގެ އާދަތައް ބައްޓަންކުރުމުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އިސްކަން ދޭން ޖެހޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިންނަކީ ޒަމާނުއްސުރެ ރޯދައަށް ތައްޔާރުވުމުގައި ވަރަށް ހާއްސަ ގޮތްތަކެއް ގެންގުޅޭ ބައެކެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ ގެދޮރުގެ އާބާތުރަ ފިލުވުމާއި ގޯއްޗަށް ކަށިވެލިލުމާއި މިސްކިތްތައް ޒީނަތްތެރިކުރުމާއި ރޯދަމަހަށް ހާއްސަ ކާނާގެ ބާވަތްތައް ދުރާލާ ތައްޔާރުކުރުމާއި ކާބޯތަކެތި އެއްކޮށް، ޖަމާކުރުމަކީ ދިވެހިންގެ އާދައެކެވެ. އަދި، ވަކިން ހާއްސަކޮށް ދިރިއުޅުމަށް ކުރާ މަސައްކަތްތައް މަދުކުރުމާއި އަޅުކަމަށް ވަގުތު ހުސްކުރުމަކީ ދިވެހިން ވަރަށް ބޮޑަށް ސަމާލުކަން ދިން ކަމެކެވެ.

ޒަމާންތައް ބަދަލުވަމުން ގޮސް މީގެތެރެއިން ގިނަ ކަންކަން އިހުކުރިގޮތަކަށް މިހާރަކު ނުކުރެ އެވެ. އަދި، ކުރެވޭކަށް ވެސް ނެތެވެ. ކަންމިހެން އޮތް ނަމަވެސް ރޯދަމަހަށް ހާއްސަ ސަގާފަތްތަކުގެ ތެރެއިން ކެއުމުގެ ބައެއް އާދަތައް އަދިވެސް އެގޮތުގައި ހިނގަހިނގާ އެބަހުއްޓެވެ. ކެއުމުގެ އާދަތައް ގެންގުޅުމުގައި ގިނަ މީހުން ސިއްހަތަށް ސަމާލުކަން ދޭތަނެއް ނުފެނެ އެވެ. މިއީ، މިގޮތަށް ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ރޯދަމަހު ކެއުމުގެ އާދަތައް ގެންގުޅެވިދާނެ ރަނގަޅު ގޮތްކެއް ދުރާލާ ރާވާލަމާ ހިނގާށެވެ.

ރޯދަ ވީއްލުން

ރޯދަވީއްލާ ވަގުތަކީ ކޮންމެ ގެއެއްގައިވެސް ހާއްސަ ވަގުތެކެވެ. ކާބޯތަކެތީގެ ތަފާތު ބާވަތްތަކުން ސުފުރާމަތި ފުރާލުމަކީ ރޯދަވީއްލުމުގެ ހާއްސަ ކަމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ކިތަންމެ ގިނަ ކާބޯތަކެއްޗެއް ސުރުފާ މަތިން ފެނުނު ނަމަވެސް ރޯދަވީއްލާ ވަގުތު ކެއުމުގެ އަރާމު ލިބޭނީ ރަނގަޅު ގޮތުގައި ރަނގަޅު މިންވަރަށް ރަނގަޅަށް ކައިގެންނެވެ.

އިރުއޮއްސުމުން ލަސްނުކޮށް ރޯދަ ވީއްލަން ޖެހެ އެވެ. ރޯދަ ވީއްލާ ވަގުތު ކަދުރުން ރޯދަ ވީއްލާށެވެ. ސުންނަތްކަން ގަދަ ގޮތަކީވެސް އެއީ އެވެ.

ރޯދަވީއްލާ ވަގުތު މޭވާ ޖޫސް ބޭނުންކުރުން ރަނގަޅެވެ. އޭރުން ރޯދައަށް ހުރުމުން ހަށިގަނޑުން އުނިވި ފެނާއި ލޮނުގެ ބައި އަނބުރާ ލިއްބައިދޭނެ އެވެ. ރޯދަ ވީއްލާ ވަގުތު އެއްފަހަރާ ގިނައިން ކެއުމަކީ ރަނގަޅުގޮތެއް ނޫވެ. ކުރިން ބުނެވުނު ގޮތަށް ރޯދަ ވިއްލުމަށް ފަހު، ކުޑަ ބްރޭކެއް ނަގާށެވެ. ފުރިހަމަ ކެއުމަކަށް އިންސާފުކުރާނީ އެ ބްރޭކަށްފަހުގަ އެވެ. ކެއުމުގައި އޯޓްސް، އާޓަފުށު ރޮށި، ބާސްމަތީ ހަނޑުލުގެ ބަތް، މަހުގެ ބާވަތެއް، ހޫނުކަންމަތީ ހުރި ސުރުވާ، ތަރުކާރީ ސަޓަންޏަކާއި ފުރުޓުގެ މިންވަރެއް ހިމަނާލާށެވެ.

ރޯދަވީއްލާ ވަގުތު ކެއުމުގެ އާދަ ގެންގުޅެވޭ ގޮތެއްގެ ސަބަބުން މަތިން އެރުމާއި ބަނޑުގައި ވައި ހެދުމާއި މޭނުބައި ކުރުމާއި، މެއިން ދިލަނެގުން ފަދަ މައްސަލަތަކަށް މަގު ފަހި ކުރުވަ އެވެ. ރޯދަ ވީއްލާ ގަޑީގެ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެނީ އެހެންވެ އެވެ.

ތަރާވީސްދަން

ތަރާވީސް ނަމާދުން ފައިބައިގެން ތަރާވީސް ކޮށްލުމޭ ދިވެހިން ކިޔައި އުޅެނީ ތަރާވީހް ނަމާދުކޮށް ނިމިގެން ކޮންމެ ވެސް އެއްޗެއް ކައިބޮއިހެދުމަށެވެ. މިކަމަކީ އިހުގެ ކާބަފައިން އާއިލީ ގުޅުންތައް ބަދަހިކުރުމަށް ކޮށްއުޅުނު ކަމެކެވެ.

ތަރާވީސްކޮށް ނިމިގެން އާއިލާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ކޮންމެވެސް އެއްޗެއް ކައިލުމަކީ ދިވެހިންގެ އާދައެކެވެ. ކުޑަގޮތަކަށް ރޯދަވީއްލުމަށް ފަހު ތަރާވިސް ދަމު ރަނގަޅުކެއުމަކަށް އިންސާފުކުރުމަކީ ވެސް ވަރަށް ރަނގަޅުކަމެކެވެ. ރޯދަވީއްލާ ވަގުތު ގިނައިން ކައިފި ނަމަ، ކަންނެތްވެ، ނަމާދުތައް ނުކުރެވި ތަރާވީހް ނަމާދު ގެއްލޭތަން އާދެ އެވެ.

ތަރާވީސްދަމުގެ ކެއުމުގެ ގެތެރޭގައި ދިޔާތަކެތި ގިނައިން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ހާރުކެއުން

ހާރުކެއުން ރަނގަޅީ ވީހާވެސް ފަސްކޮށްފަ އެވެ. ހާރުކައި ނިމިގެން ފަތިސް ނަމާދު ކޮށްލައިގެން އަޅުކަމުގައި މަސްއޫލުވެލުމަށް ފަހު ދުވަހުގެ މަސައްކަތުގައި މަސްއޫލުވެލެވޭ ގޮތަށް ހާރުކެއުން އިންތިޒާމު ކުރާށެވެ. ކެއުމާއެކު އަރާ އޮށޯވެ ނިދަން ޖެހޭގޮތަށް ހާރުކެއުން ގެންގުޅުމަކީ ސިއްހީ ގޮތުން ރަނގަޅު ގޮތެއް ނޫނެވެ.

ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓައި އެންމެ ބޭނުންތެރި ކެއުމެވެ. އެހެންކަމުން މިކެއުމަކީ ލުއި، ފައިދާހުރި ކެއުމަކަށް ވާންޖެހެ އެވެ. މިކެއުމުގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފައިބާ އެކުލެވޭ ބާވަތްތަކާއި މޭވާގެ ބާވަތްތައް ގިނަކުރެވިދާނެ އެވެ.

ހާރުކެއުމުގެ ވަގުތުގައި ހަށިގަނޑަށް މަޑުމަޑުން ހަކަތަ ދޫކުރާ ބާވަތްތަކުގެ ކާނާ މައިގަނޑު ކާނާއެއްގެ ގޮތުގައި ބޭނުން ކުރާށެވެ. އޭގެތެރޭގައި ބާރުލީ، ބަތް، އޯޓް، ތޮޅި، މުގު، އާޓަފުށުގެ ބާވަތްތައް ހިމެނެ އެވެ.

ހާރުކާގަޑީގައި ލަސްލަހުން ހަޖަމުވާ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިބާވަތުގެ ކާނާގެ ތެރޭގައި ނަރު ނުވަތަ ފައިބަރުން މުއްސަނދިވެފައިވާ، ބްރޭން، ސީރިއަލް، ގޮވާމުގެ ބާވަތްތައް، އޮށާއި މަދުގެ ބާވަތްތައް، ތޮށި ނުނޮޅާ އަލުވި، ފެހި ތޮޅީގެ ބާވަތްތައް، ވައްތީނި، އެޕްރިކޮޓް ފަދަ ބާވަތްތައް ހިމެނިދާނެ އެވެ. މިބާވަތްތައް ބޭނުން ކުރުމުން ރޯދައަށް ހުންނައިރު ބަނޑުހައިހޫނުކަން އިހުސާސްވާ މިންވަރު ކުޑަކޮށްދޭނެ އެވެ.

ރޯދައަށް ހުންނަ ވަގުތަކީ ހަށިގަނޑުން ފެންމަދުވެ، ކަރު ހިއްކުން އިހުސާސް ކުރެވޭނެ ވަގުތެކެވެ. މީގެ ސަބަބުން ބަނޑު ހިކުމުގެ މައްސަލަތަކާ ކުރިމަތިވާ މީހުންވެސް އުޅެ އެވެ. އެހެންކަމުން ފައިބާ ހުންނަ މާއްދާތައް ގިނައިން ބޭނުންކުރުމުން ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކުޑަކޮށްދީ، ބަނޑުހިކުން ފަދަ މައްސަލަތައް ކުރިމަތިވުން ކުޑަކޮށްދޭނެ އެވެ.

ޕްރޮޓީން ލިބޭ ކާނާގެ ގޮތުގައި އެއްގަމުމަހާއި، ކަނޑުމަސް، ފަދަ ބާވަތެއް ކެއުމުގައި ހިމަނާލެވިދާނެ އެވެ. މީގެ އިތުރުން ފެނާއި ކަޅުސަޔާއި މޭވާޖޫހާއި ލޯފެޓް ކިރުޕެކެޓް ފަދަ ބުއިންތައް ކެއުމުގައި ހިމަނަމުން ގެންދެވިދާނެ އެވެ.

ދުރުހެލިވާންވީ ބައެއްކަންކަން

ރޯދަމަހު ކެއުމުގެ ތެރޭގައި ކަޅުސަޔާއި، ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިފަދަ ބާވަތްތައް ބޭނުންކުރުމުން ހަށިގަނޑުން ލޮނާއި ފެން މަދުވުމަށް މަގުފަހި ވެއެވެ. އޭގެ ސަބަބުން ގޭހުގެ މައްސަލަތަކާއި ބޮލުގައި ރިހުމާއި ވަރުބަލިވުން ފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހެ އެވެ. މާގިނައިން ހަވާދުގެ ބާވަތްތަކާއި ކުޅި ތަކެއްޗާއި، ތެޔޮގިނަ ތަކެތި ކެއުމަކީ ވެސް ރަނގަޅުކަމެއް ނޫނެވެ. މިފަދަ ތަކެތި ކެއުމުގެ ސަބަބުން ގިނިވަޔަށް އެރުމާއި މޭ އެންދުމާއި މެއިން ދިލަނެގުމާއި ބަނޑުގައި ރިއްސުންފަދަ އުދަގޫތައް ކުރިމަތިވެ އެވެ.

ރޯދަމަހުގެ ކެއުންތައް ސިއްހީ ގޮތުން ރަނގަޅުގޮތުގައި ބެހެއްޓުމަށްޓަކައި ކެއުމުގެ ވަގުތުތަކުގައި ކަނޑައެޅިފައިވާ ބާވަތްތަކަކުން މަދުމިންވަރަކަށް ސުފުރާމައްޗަށް ނެގުން މުހިންމެވެ. އެއީ، ގޭގައި ހުރި ހުރިހާ ބާވަތްތަކެއް މިންވަރެއް ނެތްގޮތަށް ސުފުރާމައްޗަށް އެރުވުމުން ކެވޭމިންވަރު އިތުރުވުމަށް މަގުފަހިވާތީ އެވެ.

އެހެންކަމުން ރެސްޓޯރަންޓްތަކުގައި ހިދުމަތްދޭ ފަދައިން ހަމަޖެހިފައި އޮތްް މެނޫއަށް ކޮންޓްރޯލް މިންވަރަކަށް ކާބޯތަކެތި ރޯދަވެރިޔާއަށް ފޯރުކޮށްދިނުމަކީ ސިއްހީގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ގޭތެރޭގައި ގެންގުޅެވިދާނެ އާދައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox