ތާރީހީ ގައުމީ ބޮޑީބޯޑިން ލީގެއް މި އަހަރު ފަށަނީ

Feb 27, 2022, 4:14 AM
ގައުމީ ބޮޑީބޯޑިން ލީގުގެ ލޯގޯ.-- ފޮޓޯ: އެމްބީބީއޭ

ގައުމީ ބޮޑީބޯޑިން ލީގުގެ ލޯގޯ.-- ފޮޓޯ: އެމްބީބީއޭ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އެ ޖަމިއްޔާގެ އަހަރީ ކަލަންޑަރު ސީޒަނެއްގެ ކުލަޖައްސައި، ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިން ލީގެއް ފަށަން ނިންމައިފި އެވެ.

މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މާޗް 20-30 އަށް އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

މި އިވެންޓްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ. ބޮޑީބޯޑިންގެ ފޯރި އިތުރަށް ވަރުގަދަކޮށްލުުމުގެ ބޭނުމުގައި ފަށާ ގައުމީ ލީގުގައި ކުރިއަށްދާ އުސޫލަށް ބަލާއިރު، ކޮންމެ ލީގުގައި ހިމެނޭ ކޮންމެ އިވެންޓަކުން ނޫނީ މުބާރާތަކުން ޕޮއިންޓް ލިބޭނެ އެވެ. ޖުމްލަ ރޭންކިން ކަނޑައެޅޭނީ ހަ މުބާރާތް ނިމުމުންނެވެ.

ރާއްޖޭގެ މަޝްހޫރު ބޮޑީބޯޑަރު ޖާއްޓެ ރާޅުތެރޭގައި.-- ފޮޓޯ: އެމްބީބީއޭ/ ލިކުއިފައި މޯލްޑިވްސް

އަހަރު ނިމޭއިރު ރޭންކިންގެ އެންމެ ކުރީގައި އުޅޭނީ އަހަރުގެ އެއް ވަނަ ބޮޑީބޯޑަރެވެ. އަދި ރޭންކިންގެ ގަދަ ހަތަރެއްގައި އޮންނަ ބޮޑީބޯޑަރުންވާނީ ޖެހިގެން އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމަށެވެ. ގައުމީ ބޮޑީބޯޑިން ލީގު ހާއްސަވަނީ ހަމައެކަނި ސީނިއާ ކެޓަގަރީ އަކަށް ނޫނެވެ. ޖޫނިއާ ކެޓަގަރީން ވެސް އެންމެ ކުރިން ނިންމާ ހަތަރު ބޮޑީބޯޑަރުން ނަގައި، ޖޫނިއާ ޓީމެއް ނަގާ ގޮތަށް ވެސް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.

މިހާރު އޮތްގޮތުން ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އޮންނާނީ އަންނަ މަހުގެ 20-30 އަށެވެ. ގައުމީ ބޮޑީބޯޑިން ލީގުގެ އިވެންޓްތައް ހަމަޖައްސާފައިވަނީ ރޭޓިންއާ އެކުގަ އެވެ. އެ ގޮތުން ރޭޓިން ދީފައިވަނީ ދެ ތަރި، ތިން ތަރި އަދި ހަތަރު ތަރި ހިމެނޭ ގޮތަށެވެ. ރަނގަޅު ރޭޓިންގެ މުބާރާތްތައް ބޮޑުވާނެ އެވެ.

އެމްބީބީއޭ އިން އެންމެ ފުރަތަމަ ގައުމީ ލީގު ފަށާއިރު، މާލޭގައި ގިނަ އިވެންޓްތައް ބާއްވާ ގޮތަށް ހިމަނާފައިވީ ނަމަވެސް މުސްތަގުބަލުގައި އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި ގައުމީ ލީގުގެ އެކި އިވެންޓްތައް ހޯސްޓް ކުރުމުގެ ވިސްނުމެއް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox