ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ކޮންގްރެސްގެ ތާރީހު ކަނޑައެޅުން

ފެބްރުއަރީ 10، ގައި އިސްކަންދަރު ސްކޫލް ހޯލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅުމަކަށް މެމްބަރުން ވޯޓު ދެއްވަނީ. މިއީ އަލަށް އިންތިހާބުކުރި ގައުމީ މަޖިލިސް ބައްދަލުކުރި ދެވަނަ ފަހަރު ކަމަށްވާއިރު މުހިންމު ނިންމުންތަކެއް ނިންމި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެބްރުއަރީ 10، ގައި އިސްކަންދަރު ސްކޫލް ހޯލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅުމަކަށް މެމްބަރުން ވޯޓު ދެއްވަނީ. މިއީ އަލަށް އިންތިހާބުކުރި ގައުމީ މަޖިލިސް ބައްދަލުކުރި ދެވަނަ ފަހަރު ކަމަށްވާއިރު މުހިންމު ނިންމުންތަކެއް ނިންމި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތަކާއި އެ ޕާޓީގެ ކޮންގްރެސް ބާއްވާ ތާރީހުތައް ކަނޑައަޅާފައި ވަނީ އިއްޔެ އެވެ.

ރޭ އިސްކަންދަރު ސްކޫލް ހޯލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވަން ފާސްކޮށްފަ އެވެ.

ހަމައެހެންމެ، އޭޕްރިލް 16 ގައި ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް ރޭ ނިންމި އެވެ. އެ އިންތިހާބަށް ހުޅުވާލާނީ މި މަހުގެ 15 ގަ އެވެ. އޭގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މި މަހުގެ 18 ގައި ބާއްވަން ވަނީ ފާސްކޮށްފަ އެވެ. އެ އިންތިހާބަށް ހުޅުވާލީ މިރެ އެވެ.

އޮގަސްޓް 4 ގައި ބާއްވަން ނިންމި ކޮންގްރެސް އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމަށެވެ.

މި ތާރީހުތަކުގައި އިންތިހާބުތައް ބާއްވަން ހުށަހެޅީ އެމްޑީޕީގެ މާލެ ސިޓީ ރައީސް ސިފާ މުހައްމަދެވެ. ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ރޭގެ ޖަލްސާގައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ހުރިހާ މަގާމެއްގެ ވެސް ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވުމުގެ ކުރިން އާ ދައުރަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އެންމެހާ ކަންކަން ނިންމައި ދާއިމީ ނަތީޖާ އިއުލާންކުރަން ވެސް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވެސް ސަބަބަކާ ހުރެ މަގާމެއް ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި އެ މަގާމެއްގެ އިންތިހާބު ޕާޓީގެ ފަރާތުން އިއުލާން ކުރުން ވެސް ހިމެނެ އެވެ. އެއީ މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހީމް ވަހީދުގެ ހުށަހެޅުއްވުމެކެވެ.

ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް

1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)

2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.

3. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.

(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30% ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)

4. ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.

5. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީޕީ ވެރިކަން އޮތުމަށް އެދޭ ރައްޔިތުންނަށްޓަކައި ގާނޫނުއަސާސީއަށް މުހިންމު ބަދަލުތައް ގެންނަން ކޮންމެހެން ވެސް ޖެހޭ ކަމަށާއި އެކަމަށް ތާއިދުކޮށް ދިނުމަށް އެދޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ޓޫރިޒަމްގެ ބޭނުމަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އުފުލާފައިވާ ދެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވީ އިއްޔެ އެވެ.
  • ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އާއެކު ކޯޑްޝެއަރިން އަދި އިންޓަލައިން އެގްރީމެންޓެއް ގާއިމްކުރުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ސޮއިކޮށްފިވާކަން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާނެކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވަމުން އެ ޕާޓީގެ މަތިދެކުނު ޕްރޮވިންސްގެ ރައީސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ:

"އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ ރައީސް އާއި ކެމްޕޭން ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް ވަނީ ކުރެވިފައި. ކުރިމަތި މިލަނީ ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގޭތީ،"

ދުވަހުގެ ފޮޓޯ

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެހެން މެމްބަރުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވޯޓު ދެއްވަނީ. ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިތްވަރު އަދި ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގެ އިތުރުން ކޮންގްރެސް ބާއްވާނެ ތާރީހުތައް ކަނޑައަޅާފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެހެން މެމްބަރުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވޯޓު ދެއްވަނީ. ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިތްވަރު އަދި ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގެ އިތުރުން ކޮންގްރެސް ބާއްވާނެ ތާރީހުތައް ކަނޑައަޅާފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެހެން މެމްބަރުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވޯޓު ދެއްވަނީ. ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިތްވަރު އަދި ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގެ އިތުރުން ކޮންގްރެސް ބާއްވާނެ ތާރީހުތައް ކަނޑައަޅާފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ދަ ޕޮލިޓިކަލް އިކޮނޮމީ އޮފް ޑެވެލޮޕްމަންޓް - ދަ ކޭސް އޮފް ދަ ޓުއަރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"

އެއީ ޔުނިވާސިޓީ އޮފް ލަންޑަނުގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީސްގައި ޑެވެލޮޕްމަންޓް އިކޮނޮމިކްސް އިން ޑިގްރީ ހާސިލްކުރަމުންދިޔަ ދިވެހި ދަރިވަރެއް ކަމަށްވާ މިހުދާ ލިޔެފައިވާ ޑިސަޓޭޝަން އެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކާމިޔާބުވުމުގެ ސަބަބުތައް ހޯދުމަށް ކޮށްފައިވާ ދިރާސާ އެކެވެ. އެގޮތުން ދިރާސާގެ އަލީގައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ ސިޔާސަތުތައް ކާމިޔާބުވުމުގެ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox