ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކުރަން ނިންމުމުން ޓީޗަރުން ޖަމިއްޔާއިން މަރުހަބާ ކިޔައިފި

ސްކޫލެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސްކޫލެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމާ އެކީ ތައުލީމީ ނިޒާމުގެ މުސްތަގުބަލާ މެދު އުއްމީދު އާވެގެން ގޮސްފި ކަމަށް ޓީޗަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެ އެވެ. އަދި ގްރެޖުއޭޓް ލެވެލްގެ ސެކަންޑްރީ ޓީޗަރަކަށް އިތުރުގަޑިއާ ނުލައި ހަމަ އެކަނި މުސާރައަށް 19،740ރ. ލިބޭނެ އެވެ.

މިކަމަށް މަރުހަބާ ކިޔަމުން ޓީޗަރުންގެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި މިއީ ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރުން އިންތިޒާރުކުރަމުން އައި ބަދަލެކެވެ. އަދި، މި ބަދަލަކީ މިހާރަށް ވުރެ އިލްމީ ގައުމެއް ބިނާކުރުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިގޮތަށް ހުރިހާ ދާއިރާއަކަށް މުސާރަތައް ބޮޑުކުރަން ޖެހޭ ކަމަށް ދޭހަވާ މޭރުމަކުން، އެ ޖަމިއްޔާއިން އިތުރަށް ބުނީ ގައުމެއް ތަނަވަސްވެދަނީ ހުރިހާ މަސައްކަތްތެރިންނަށް އެއް އުސޫލަކުން ހަމަހަމަކަމާއެކީ އަމަލުކުރެވި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ އާމްދަނީއެއް ލިބިގެން ކަމަށެެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުވާނެކަން އިއުލާނުކުރި ނަމަވެސް އަދި ހުރިހާ ގިންތިއެއްގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ސާފެއް ނޫނެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީސް ގުޅިގެން މި އޮނިގަނޑު ތައްޔާރުކޮށް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި، މި އަހަރު ތަންފީޒުކުރަން ފަށާ މުސާރަތައް އެއްހަމަކުރުމުގެ (ޕޭ ހާމަނައިޒޭޝަން) ސިޔާސަތުގެ ދަށުން މިކަމަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓުކުރެވިފަ އެވެ.

އެކަށީގެންވާ މުސާރައެއް ނުލިބުމަކީ ޓީޗަރުންގެ ގިނަ ދުވަސްތަކެއްގެ ކަންބޮޑުވުމެކެވެ. އަދި އެކި ސަރުކާރުތަކުން މިކަން ހައްލުކުރަން އެކިވަރުގެ މަސައްކަތްތަކެއް ކުރި ނަމަވެސް މިހާތަނަށް އެދެވޭ ވަރުގެ ހައްލެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox