ކްލަބް އޭދަފުށީގެ ކޯޗަކަށް އާތީ ހަމަޖައްސައިފި

Jan 31, 2022, 5:39 PM
މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން.-- އަދަދު ފައިލް ފޮޓޯ: ހުސެއިން ވަހީދު

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން.-- އަދަދު ފައިލް ފޮޓޯ: ހުސެއިން ވަހީދު

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)، ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ބ. އޭދަފުށީގެ ކްލަބްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

އާތީ، ކްލަބް އޭދަފުށީގެ ކޯޗަކަށް ރަސްމީކޮށް ސޮއިކުރީ މިރޭ އެ ރަށުގައި ބޭއްވި އިވެންޓެއްގަ އެވެ. އާތީ އެ ޓީމާ ހަވާލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ކްލަބް އޭދަފުށި ގޮވައިގެން އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި އާތީ މަސައްކަތް ކުރާނީ އަންނަ އަހަރު ފަށަން ނިންމާފައިވާ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމެވެ.

މުޅި ރާއްޖެ ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އަންނަ މާޗް މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވާއިރު، އޭދަފުށި ހިމެެނެނީ ޒޯން ދޭއްގަ އެވެ. ޒޯން ދޭއްގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން ކުޅުމަށް ފަހު ޗެމްޕިއަން ޓީމު 2023/2024 ވަނަ އަހަރުގެ ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ކްލަބް އޭދަފުށީގެ ކޯޗެއްގެ ގޮތުގައި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ މީހެ ކުރިން މަސައްކަތްކޮށްފަ އެވެ. ސާންތީގެ ކޯޗުކަމުގައި 2020 ވަނަ އަހަރު ކްލަބް އޭދަފުށިން ވަނީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަަށްވާ އޭދަފުށިން އާތީ މި ގެންދިޔައީ އުންމީދީ މަސައްކަތެއް ޕްރޮޖެކްޓެއްގައި ކުރިއަށްދާށެވެ. ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އޮތް އޭދަފުށްޓަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ފޯރުކޮށްދިނުމުގައި ނަމޫނާ ރަށެކެވެ.

އާތީ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި މީގެ ކުރިން ވެސް އެކި ޕްރޮޖެކްޓްތަކާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އާތީ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު 14 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުންނެވެ. އޭގެ ފަހުން އުމުރުފުރާގެ އެކި ޓީމުތަކުގައި އާތީ ވަނީ ކޯޗިން މަސައްކަތްތަކެއް ކޮށްފަ އެވެ.

އުމުރުފުރާ ގައުމީ ޓީމުތަކަށް ފަހު އަންހެން ގައުމީ ޓީމާ ހަވާލުވި އާތީ ވަނީ އެ ޓީމުގައި ހުރެ ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އާތީ ކްލަބަކުން ފުރަތަމަ ފެނުނީ 2010 ވަނަ އަހަރު އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިންނެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބެންޗުން ފެނުނު އާތީ ފުރަތަމަ ޑިވިޝަނުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރީ 2016 ވަނަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގޮވައިގެންނެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑް ވިކްޓްރީ އަށް ފުރުސަތު ހޯދައިިދީ އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕަށް ގެންގޮސްދިނެވެ. އަދި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ މާޒިޔާ ކަޓުވާލި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ތަޖުރިބާ އަށް ފަހު އަނެއްކާ ދެ ވަނަ ފަހަރަށް އާތީ ގައުމީ އަންހެން ޓީމާ ހަވާލުވި އެވެ. އެ ޓީމު ގޮވައިގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށް އަންހެން ފުޓްބޯޅަ އަށް ކުރިއެރުންތަކެއް ހޯދައިިދިނެވެ.

އާތީ އަނެއްކާ ވެސް ފުރަތަމަ ޑިވިޝަނަށް އައީ 2019 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ އެކު އެވެ. އެ ޓީމަށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނެވެ. އެކަމަކު، މާލީ ސަަބަބުތަކާ ހުރެ އާތީ ސީޒަނުގެ މެދުތެެރެއިން ޓީސީ ދޫކޮށްލި އެވެ. އޭގެ ފަހުން އަލުން ފުރަތަަމަ ޑިވިޝަނުން އާތީ ފެނުނީ މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އިންނެވެ.

ވެލެންސިއާ އަށް ލީގުގެ ދެ ވަނަ ހޯދައިދީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން އަށް އެ ޓީމު ގެންގޮސްދިނުމުގައި އާތީ އިސް ރޯލެއް ކުޅުނެވެ. މި ފަހަރުގެ ޕްރީ ސީޒަނުގައި ވެލެންސިއާގައި ކުޑަ ދުވަސްކޮޅަކު ހުރި ނަމަވެސް ފަހުން ވަނީ އަމިއްލަ އަށް އެ ޓީމުގެ މަގާމުން ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox