މި ޕްރިންސިޕަލްގެ އަމާޒު: ކުދިންނަކީ ދިރިއުޅުން ކާމިޔާބުކުރާ ބަޔަކަށް ހެދުން

އަޖީބު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަޖީބު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާއްމު އުސޫލުން ނަމަ ޕްރިންސިޕަލަކު ކާމިޔާބީ މިން ކުރާނީ އޭނާ ހިންގާ ސްކޫލެއް ތައުލީމީ ގޮތުން ހޯދާ ކާމިޔާބީންނެވެ. އެކަމަކު މި ޕްރިންސިޕަލް ތަފާތެވެ. އޭނާގެ ފަލްސަފާއަކީ ކޮންމެ ކުއްޖަކީ ވެސް، އެ ކުއްޖެއްގެ ޒާތުގައި ކޮންމެވެސް ކަހަލަ މޮޅު ހުނަރެއް ހުންނާނެ ކުއްޖެއް ކަމެވެ. އެ ހުނަރު ސްކޫލުން ދެނެގަންނަން ޖެހޭނެ އެވެ. އަދި އެ ކުއްޖެއްގެ ހުނަރު ހުރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭ ތަނަކަށް ސްކޫލް ވާން ޖެހޭނެ އެވެ.

މިއީ ގދ. ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަޖީބެވެ. ތައުލީމީ ދާއިރާގައި 33 އަހަރު ހޭދަކުރައްވާފައިވާ އަޖީބު އެންމެ އިސްކަންދެއްވާ ކަމަކީ ކިޔެވުމަށް މޮޅަސް ދެރަޔަސް، ކުދިންނަކީ ދިރިއުޅުން ކާމިޔާބުކުރާ ބަޔަކަށް ހެދުމެވެ. ހުދު އޭނާގެ ދިރިއުޅުން މިއަދު ކާމިޔާބުވުމުގެ ސިއްރަކީ ވެސް ކިޔެވުމުގެ މަރުހަލާގެ ތެރެއިން ސްކޫލު މާހައުލުން ލިބިލެއްވި އަގުހުރި ފުރުސަތެވެ.

ސަރުކާރުން 1980ގެ އަހަރުތަކުގެ ފަހުކޮޅު ތިނަދޫގައި ގދ. އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައި އެތަނަށް ވެއްދި ފުރަތަމަ ދަރިވަރުންގެ ތެރޭ ހިމެނު އަޖީބު އަށް ޓީޗީން ހަދަން ފުރުސަތު ލިބިލެއްވީ ސްކޫލުގައި އުޅެނިކޮށެވެ. އުމުރުން 17 އަހަރުގައި ލިބުނު އެ ފުރުސަތުގައި ބޭނުން ހިފައި މާލެ ގޮސް އިންސްޓިޓިއުޓް އޮފް ޓީޗާސް އެޑިއުކޭޝަން (މިހާރުގެ ގައުމީ ޔުނިވާސިޓީ) އިން ޓީޗީން ކޯސް ހެއްދެވި އެވެ.

އެނބުރި އައިސް ނުކުންނެވީ ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރަކަށެވެ. ނަމަވެސް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ދިޔައީ ކުރިއަށް ފިޔަވަޅު އަޅުއްވަމުންނެވެ. ސުޕަ-ވިޝަންގެ ޓްރެއިނިން ހެއްދެވުމަށް ފަހު ސުޕަވައިޒަރަކަށް ބަދަލުވި އެވެ. ސްކޫލް މެނޭޖްމަންޓް ދާއިރާ އިން މެލޭޝިއާ އިން ފުރަތަމަ ޑިގްރީ އަދި ގައުމީ ޔުނިވާސިޓީން މާސްޓާސް ހެއްދެވި އެވެ. އޭނާ 2013 ވަނަ އަހަރު އެ ސްކޫލުން ނުކުތީ އެސިސްޓަންޓް ހެޑްމާސްޓަރުކަން ކުރުމަށް ފަހު އެވެ.

އަޖީބު ދަސްވެނިވުމުގެ ހަފުލާގައި.
އަޖީބު ދަސްވެނިވުމުގެ ހަފުލާގައި.

އަޖީބު ދަސްވެނިވުމުގެ ހަފުލާގައި.

އެ އަހަރު އޭނާ ދެން ބަދަލުވީ ޕްރައިމަރީ އަށް ހާއްސަކޮށްގެން ސަރުކާރުން އެ ރަށުގައި އެޅި ތިނަދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށެވެ. އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވީ އެވެ. އުމުރުގެ ބޮޑުބައި ހޭދަކުރެއްވީ ސެކަންޑްރީ ތައުލީމުގެ ކުރިން ދަރިވަރުންނަށް ބިންގާ އަޅައިދޭ މަރުހަލާ ކަމަށްވާ ޕްރައިމަރީ އަށް ކިޔަވައިދެއްވުމާ ހިންގެވުމުގަ އެވެ. މިއަދު އޭނާ ފަސް އެނބުރި ބަލާލާއިރު ރަށުގައި ބޮޑުވާ ކޮންމެ ޖީލަކަށް ތައުލީމީ ގޮތުން އޭނާ އަށް ވަނީ ހިދުމަތްކޮށްދެއްވިފަ އެވެ.

"ވަކި އުމުރަކުން ދަށް އެންމެންނަކީ، ކޮންމެވެސް ލެވެލް އެއްގައި ކިޔަވައިދެވިފައި، ނޫނީ ހެޑްމާސްޓަރެއްގެ ގޮތުގައި އެމީހުންގެ ކަންތައްތައް ބަލަހައްޓާފައި ތިބި މީހުން،" އަޖީބު ވިދާޅުވި އެވެ.

އެކަމަކު އެއަށް ވުރެ ބޮޑު އުފަލަކީ އޭނާގެ ދަރިވަރުންނަކީ މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ބަޔަކަށް ހެއްދެވުމެވެ. އޭނާގެ ފަލްސަފާއާ އެއް ގޮތަށެވެ. އޭނާ މިސާލުތައް ވެސް ދެއްކެވި އެވެ. މިހާރު ގައުމީ އެތުލެޓިކްސްގެ ޓީމުގެ އެންމެ ވިދުވަރު ގަދަ އެއް ދުވުންތެރިޔާ އިބާދުﷲ އާދަމް އަކީ އެ ސްކޫލުގެ އުފެއްދުމެކެވެ.

"ކިޔެވުމުން މިސާލަކަށް އެހާ މޮޅު ނުވެދާނެ. އެކަމަކު އެ ރޮނގުން (ދުވުމުން) އޭނާ އެހެރީ ވަރަށް ކުރިއަށް ގޮސްފައި،" އަޖީބު ވިދާޅުވި އެވެ.

ފުޓްބޯޅައިން ވެސް މިސާލު ދެއްކެވި އެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި އިސްމާއީލް މުހައްމަދު (އިއްސޭ) އެވެ. މިއުޒިކަށް ބަލާއިރު މަޝްހޫރު ކޮމްޕޯސަރު މުއާވިޔަތު އަންވަރު އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) ފާހަގަކުރެވެ އެވެ.

އަޖީބު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަޖީބު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަޖީބު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭގެ ތެރެއިން ވެސް ކުޑައިއްބެ އަށް ހޯދައިދިން ފުރުސަތު މިއަދު ވެސް އަޖީބުގެ ހަނދާނުގައި ހަރުލާފައިވެ އެވެ. އެއް ދުވަހަކު ސްކޫލުން ޝޯ އަކަށް ތައްޔާރުވަމުން ދިޔައިރު އިއްބެ ކުޑަކުޑަ ކެސެޓްރޯލެއް ހިފައިގެން އަ އެވެ. ކީއްކުރަންހޭ އަހާލީމާ ބުނީ ޝޯ އަށް އަރަން ބޭނުންވެގެން ކަމަށެވެ.

"އަޅުގަނޑު ބުނިން މާދަމާއޭ މިއޮތީ ޝޯ، އެހެންވީމާ ފުރުސަތު ލިބިއްޖެއްޔާ އެރޭނެހޭ؟ ބުނީ ތައްޔާރޭ. އޭނާ ހުރީ ޓްރެކް ހޯދައިގެން އައިސް. ދެން ގެނެސްގެން ހަމަ އެއްކަލަ އޯޑިއޯ ޓޭޕް ޖައްސައިލައިފައި ކިޔާލާށޭ ބުނީ. ހަމަ ވަގުތުން އެ ފެށީ ކިޔަން. އަނެއްކާ ކުޑަކޮށް ފާސްޓްފޯވާޑްކޮށްލާފައި ޖެއްސީމާ އެތަނުން ވެސް ހަމަ އެ ފެށީ. އެހާ ހިސާބުން އޭނާ އެހެރީ ފަށާފައި. އެހެންވީމާ ސްކޫލްތަކުން ކުދިންނަށް އެހެން ފުރުސަތު ހޯދައިދިން ވަރަކުން ކުރިއަރާނީ،" އަޖީބު ވިދާޅުވި އެވެ.

އަޖީބު، 53، އަންނަނީ ކުދިންގެ ހުނަރުތައް ދެނެގަންނަން ހާއްސަ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ. ތައުލީމީ މަރުކަޒުގައި މަސައްކަތްކުރި އިރު އަދި މިހާރު މި ސްކޫލުގައި ހިންގަމުން އަންނަ "ލިޓްލް އިމާމް" ޕްރޮގްރާމް އަކީ އޭގެ މިސާލެކެވެ،

"ވަރަށް ގިނަ ކުދިންނަށް އަމިއްލައަށް އިހުސާސްވަނީ އާނ ވަރަށް ރީއްޗަށް ތިމަންނާއަށް އެބަ ބަންގި ގޮވެޔޭ. ވަރަށް ރީއްޗަށް ޚުތުބާ އެބަ ކިޔެއޭ. މިއަދު އެބަ ފެނޭ އެކުދިން އިމާމުންނަށް ވެފައި ތިބިތަން،" އަޖީބު ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އިސްކަން ދެން ކުދިންގެ ކިބައިގައި ކޮން ހުނަރެއްތޯ ހުރީ ބަލަން ކުދިންނަށް ސްކޫލްގައި އެބަ ޖެހޭ ވީވަރަކުން، ތަފާތު ޕްރޮގްރާމްތައް ހިންގައިދީ، އެކުދިން ކުރިއަށް ގެންދަން."

ހުނަރުވެރި ޅެންވެރިއެއް

ތިނަދޫ އަށް އަޖީބު މަޝްހޫރުވެފައި އޮންނަނީ ހަމައެކަނި އެދުރެއްގެ ގޮތަކު ނޫނެވެ. އޭނާ އަކީ މޮޅު ޅެންވެރިއެއް ވެސް މެ އެވެ. ތިނަދޫގެ މަޝްހޫރު ދެ ޅެންވެރިން ކަމަށްވާ އަބްދުﷲ އަފީފް އާއި ރަޝީދާ އިބްރާހިމްގެ ޅެންވެރިކަމުން ހިތްވަރު ލިބި އަދި ދިވެހި ބަހަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ފެށުނު ކަމެކެވެ. މިހާތަނަށް 300 އަށް ވުރެ ގިނަ ޅެން ހައްދަވާފައިވެ އެވެ. އޭގެ ތެރޭގައި ސްކޫލް ލަވަ މުބާރާތުގައި ދަރިވަރުންނަށް ތައްޔާރުކޮށްދެއްވި ލަވަތައް ވެސް ހިމެނެ އެވެ.

އަޖީބު ސްކޫލް ހަރަކާތެއްގައި.
އަޖީބު ސްކޫލް ހަރަކާތެއްގައި.

އަޖީބު ސްކޫލް ހަރަކާތެއްގައި.

ޅެންވެރިކަމުގެ ތެރެއިން މިއުޒިކުގެ ތެރެއަށް ވަދެ ކޮމްބޯ ބޭންޑް ހަދައި "ފަތެވަރު" އަލްބަމް ނެރުނެވެ. އަދި މިހާރު މި ރަށުގައި ވިދާލަމުން އަންނަ ބުންނަރު ސްޓޫޑިއޯގެ ލަވަތައް ހަދައިދެ އެވެ. އެފަދަ ގްރޫޕްތަކުގައި ވެސް ގިނައީ އަޖީބުގެ ދަރިވަރުންނެވެ.

"ކުއްޖާ ހަމަ އެކަނި މޮޅުވާނީ، ކާމިޔާބު މީހަކަށް ވާނީ ކިޔަވައިގެންނެއް ނޫނޭ. ހަމަ އެކަނި، ކުދިންނަކީ ފޮތްތެރި ކުދިންނަށް ވެގެންނެއް ނޫނޭ. ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނާނޭ ފޮރުވިފައި ހުންނަ ހުނަރެއް. ހުނަރު އަސްލު ނޭނގޭތީއޭ ކުދިންނަށް ކާމިޔާބުނުވެވެނީ،" އަޖީބު ވިދާޅުވި އެވެ.

އަޖީބު ދެކެވަޑައިގަންނަވާ ގޮތުގައި އެ ހުނަރު ފާހަގަކުރެވިއްޖެ ނަމަ އެ ކުއްޖާ އަށް މަގެއް ހޯދައިދެވުނީ އެވެ. އޭނާ އަބަދުވެސް މަސައްކަތްކުރައްވާނީ އެ މަގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

Newsletter

Get the latest news delivered straight to your inbox