ޓާގެޓަކީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅުން: ނިސްތާރު

Jan 19, 2022, 4:12 AM
ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހުގެ ތެރެއިން އަލީ ނިސްތާރު މުހައްމަދު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހުގެ ތެރެއިން އަލީ ނިސްތާރު މުހައްމަދު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ނުކުތް އެއް ޓާގެޓް ކާމިޔާބުވެފައިވާ ކަމަށާއި މިހާރު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައިވިޔަސް މުބާރާތުގެ ފައިނަލަށް ދިއުމަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ފައިނަލުގެ ޖާގަ ހޯދަން ގްރީން ސްޓްރީޓްސް އިން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުން ބަލިނުވެ، ފަރުޖައްސާލައިފިނަމަ، ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގައި ގްރީން ސްޓްރީޓްސް އިން ކުޅޭ ފުރަތަމަ ފަހަރު ވެސް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

"އިންޝާﷲ. އަޅުގަނޑުމެންނަށް ވެވުނު އެންމެ ރަނގަޅަށް ތައްޔާރުވާނަން. ކޮންމެވެސް ވަރަކަށް އެބަ އުޅޭ އަނިޔާގެ މައްސަލަ އާއި ސަސްޕެންޝަނެއް ވެސް އެބައިން ކީ ޕްލޭޔަރެއްގެ،" އީގަލްސް މެޗުގެ ކުރިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މި ފަހަރު ޕްރެޒިޑެންޓްސް ކަޕަށް ކަނޑައެޅި އެއް ޓާގެޓް ހާސިލްވެފައިވާ ކަމަށާއި އެއް ޓާގެޓަށް ދެވުމުން ދެން ދާން ބޭނުންވާ ހިސާބެއް ކުރިއަށް ވުރެ ބޮޑުކޮށް ވިސްނާފައިވާ ކަމަށެވެ.

"އެހެންވެ، މިހާރު ޓާގެޓަކީ ފައިނަލް. ތި ވިދާޅުވިހެން މިއީ (ކްލަބްގެ) މާކެޓިން އާއި ހުރިހާ ކަމަކަށް ބަލާއިރު މިއީ ވަރަށް މުހިންމު މެޗެއް. އެހެންވެ، ހުރިހާ ކުޅުންތެރިން ވެސް ކޯޗިން ޓީމު ވެސް މެނޭޖްމަންޓުން ވެސް ވަރަށް މޯޓިވޭޓްވެފައި މިތިބީ،" ނިސްތާރު ބުންޏެވެ.

އީގަލްސް އަކީ ކުރިން ނިސްތާރު ވެސް މަސައްކަތްކޮށްފައިވާ ކްލަބެކެވެ. އީގަލްސްގައި މިހާރު ހުރި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)ގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ނިސްތާރު ވަނީ މަސައްކަތް ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ ގޮތުގައި ނިސްތާރު، އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށް ކޯޗުކޮށްދިންއިރު، ވަނީ އީގަލްސްއާ ދެކޮޅަށް ކުޅެފަ އެވެ. އަދި ގްރީން ސްޓްރީޓްސްއާ ހަވާލުވެ، ނިސްތާރު ވަނީ އީގަލްސް އަތުން މީގެ ކުރިން މޮޅު ވެސް ވެފަ އެވެ.

"އީގަލްސް އަކީ ވަރަށް އުނދަގޫ ޓީމެއް. އަޅުގަނޑުމެންނަށް ވެސް ފަސޭހައެއް ނުވާނެ. އަޅުގަނޑުމެންނަށް ދެވެން އޮތް މެކްސިމަމް އެއް ދޭނެ. ދެން އައިޑިއާ އަކީ ނަތީޖާއެއްނެރެ އިންޝާﷲ ފައިނަލަށް ދިއުން،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް މި ވަގުތު އޮތީ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ދެ ވަނައިގަ އެވެ. ލީގު ބުރުގެ ފަހު މެޗުތަކާ މިއަދު ކުރިމަތިލާއިރު، ވެލެންސިއާ އެއް ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ގްރީން ސްޓްރީޓްސް އަށް އީގަލްސް އަތުން ޕޮއިންޓެއް ހޯދައިގެން ފައިނަލަށް ދެވޭ ގޮތަށް އޮތްއިރު، ބަލިވެއްޖެނަމަ ގްރީން ސްޓްރީޓްސް އަށް ޖެހޭނީ ވެލެންސިއާ އާއި މާޒިޔާ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ.

މިހާތަނަށް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓްސް ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ ވެލެންސިއާ އަތުން އެކަންޏެވެ. ކުޅެވުނު ހުރިހާ މެޗުތަކުގެ ތަޖުރިބާ އަށް ބަލައި، ނިސްތާރު ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އެންމެ މުހިންމު އެއްޗަކީ ޓެކްޓިކަލް ޑިސިޕްލިން. ދެން، އެންމެންގެ މި އިންނަ ގުޅުން. އޭތި، އިންޝާﷲ ރަނގަޅަށް ބޭންދިއްޖިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފައިނަލް ކުޅެވޭނެ،" ކޯޗިން ކެރިއަރުގެ މުހިންމު މެޗެއްގެ ކުރިން ނިސްތާރު ފަހު ބަހަކަށް ބުންޏެވެ.

އަންނަ އާދިއްތަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅޭނީ ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ. ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަދި މިރޭ ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox