ރަނގަޅު ޓީމު ރޫހަކާ އެކު ޕްރެޒިޑެންޓްސް ކަޕް ފޯރިގަދަކޮށްލީ ގްރީން ސްޓްރީޓްސް

ރަނގަޅު ޓީމު ރޫހަކާ އެކު ޕްރެޒިޑެންޓްސް ކަޕް ފޯރިގަދަކޮށްލީ ގްރީން ސްޓްރީޓްސް

އަހަރުގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް ކަމަށް ހަދައި، ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތުން ފުޓްބޯޅަ ސީޒަން ފެށިއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވައި ދެން އޮތް ހަތް ޓީމުގެ ތައްޔާރީއާ މެދު ވެސް މާ އެދެވޭ މަންޒަރެއް ނުފެނެ އެވެ. އެ ހަތް ޓީމުގެ ތެރޭގައި ކްލަބް ގްރީން ސްޓްރީޓްސް ވެސް ހިމެނެ އެވެ.

ހަތަރު އަހަރު ތެރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ "ޓީމަށް އެކުގައި ޕްރެކްޓިސް ނުކުރެވޭތީ، ތައްޔާރީ ރަނގަޅޭ ނުބުނެވޭނެ" ކަމަށެވެ.

ގްރީން ސްޓްރީޓްސް އިން މިހާތަނަށް ހަ މެޗު ކުޅެ، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ދެ ވަނަ މަގާމުގައި މި ވަގުތު އޮތްއިރު، ނިސްތާރު "އަދަދު" އަށް ބުނީ އަދިވެސް ހަގީގަތުގައި ޓީމެއްގެ ގޮތުގައި މުޅި ޓީމު އެކުގައި ކުރަން ޖެހޭ ޕްރެކްޓިސް ރަނގަޅަށް ނުގެންދެވޭ ކަމަށެވެ.

އެކަމަކު، ގްރީން ސްޓްރީޓްސް އަށް މި އޮތް ފައިދާ އަކީ މިހާރު އޮތް ޓީމުގެ މެޖޯރިޓީ މިދިޔަ އަހަރުގެ ވެސް ޓީމަށް ވުމާއި އެ ކުުޅުންތެރިންގެ ރޫހު ރަނގަޅުވުންކަން ނިސްތާރު ފާހަގަކުރި އެވެ.

"މުޅި ޓީމު އެއްކޮށް ޕްރެކްޓިސް އަދިވެސް ވަރަށް މަދުން ކުރެވިފައި އޮންނާނީ. މިހާރު ވާ ގޮތަކީ އަހަރެމެން ޖެހޭނީ އެ ތިބި ރިސޯސްއެއް ބޭނުންކޮށްގެން ތާ ތައްޔާރުވާން. އެހެންވީމަ އެ ގޮތުން ބަލާއިރު، މި ޓީމަކީ މިދިޔަ އަހަރުގެ ވެސް ޓީމުތާ، މާ ބޮޑު ބަދަލުތަކެއް ނުގެނެވޭ، އެހެންވީއިރު، އެ ކުދިން ވެސް ބޯޅަ ކުޅެފައިތާ އެ އަންނަނީ. އެހެންވީމަ ވަރަށް މަދު ކުއްޖެއް އިންއެކްޓިވްކޮށް ތިބީ އެހެން ކުދިން ހަމަ ކުޅެފައި އެ އަންނަނީ. ދެން އެހެންވެ، އަސްލު މި މެޗު މެދުތެެރެއިން މި ބަލަނީ ރިކަވަރީ ކުރެވޭތޯ،" ޕްރެކްޓިިސް އެންމެ ބޭނުންވާ ވަރަށް ނުކޮށް ވެސް ގްރީން ސްޓްރީޓްސް އަށް ރަނގަޅަށް ކުޅެވޭ ސަބަބާ ބެހޭގޮތުން ނިސްތާރު ބުންޏެވެ.

ސީޒަނަށް ތައްޔާރުވާން ގްރީން ސްޓްރީޓްސް އިން ޕްރެކްޓިސް ފެށިއިރު، ބައިިވެރިވަމުން އައީ މަދު ކުޅުންތެރިންތަކެކެވެ. ސަބަބަކީ ކްލަބްގެ މާލީ ހާލަތުގެ ގޮތުން މުސާރަތަކެއް އެއްކޮށް ނުދެވި ހުރުމާއި ރަށްރަށުގެ މުބާރާތްތައް ކުޅެން ކުޅުންތެރިން ދާން ނިންމާފައިވުމުންނެވެ.

ދަ ގްރާންޑޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ވަނީ ރަށްރަށުގެ މުބާރާތްތަކަށް ދާ ކުޅުންތެރިން ނުހުއްޓުވާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ އެ ކުޅުންތެރިންނަށް ލިބެން އޮތް އާމްދަނީ އެއްގެ ދޮރު ބަންދުކުރަން ބޭނުންނުވާތީ އެވެ.

ނިސްތާރު ބުނީ އެ ގޮތަށް ނިންމަން ޖެހުނީ ސަބަބުތަކެއް ވެސް އޮވެމެ، މެނޭޖްމަންޓްގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ.

"އަސްލު ވާ ގޮތަކީ ގްރީން ސްޓްރީޓްސްގެ ރައީސާއި މެނޭޖްމަންޓް ވަރަށް ވިސްނާފައި ނިންމި ނިންމުމެއް ކުދިން ވެސް ވަރަށް އެޕްރިޝިއޭޓް ކުރޭ އެކަން،" ނިސްތާރު ބުންޏެވެ.

ކުޅުންތެރިން ރަށްރަށުގެ މުބާާރާތްތައް ކުޅުވަން ފޮނުވުމުގައި ވެސް ނިސްތާރުގެ ވިސްނުން ހުރީ ގްރީން ސްޓްރީޓްސް އަށް އޭގެ އެންމެ ގޯސް އަސަރު ނުކުރާނެ ގޮތަކަށް ކުރިއަށް ދިއުމަށެވެ. އެ ގޮތުން އޭނާ މުހިއްމު ކަންތައްތަކެއް ކުޅުންތެރިން ދޫކުރުމުގައި ވެސް ނިންމި އެވެ.

"މިސާލަކަށް ޗޯޓު ކައިރީގައި އިންނާނެ ބުނެފައި، އެއް ހާފު ކުޅެއްޗޭ އަލިފުށީގައި، އެއީ މާ ކައިރީގައި މެޗުތައް ހުރީމަ. ދެން ފައިނަލް މެޗުގައި އެއްކޮށް ކުޅުނު ކަންނޭނގެ. އެހެން ނޫނިއްޔާ ސޮބާ (މުހައްމަދު ސޮބާހު) ކޯޗު އެކޮޅުގައި ހުރެގެން އެއް ހާފު ކުޅުވާފައި ހުރީ. އެ ގޮތަށް ދިމާވިޔަސް މެނޭޖްކުރުން މި ދިމާވީ ރަނގަޅަށް،" ނިސްތާރު ބުންޏެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސް ޓީމުގައި ތަފާތު ކުޅުމެއް ދައްކާ ކުޅުންތެރިންގެ ތެރޭގައި އަންސަރު އިބްރާހިމް (އަންކޮ) އާއި ހަސަން ނަޒީމް ގާސިމް (ޗޯޓު) ހިމެނެ އެވެ. ގްރީން ސްޓްރީޓްސްއާ މި ފަހަރު ގުޅުމަށް ފަހު ތަފާތު ދައްކާ ކުޅުންތެރިއަކީ އަލީ ޝާމިސް (ތޮއްޕޭ) އެވެ.

ގްރީން ސްޓްރީޓްސް އަށް ލިބުނު ބޮޑު މޮޅަކީ މާޒިޔާ ބަލިކޮށްލުން

ޕްރެޒިޑެންޓްސް ކަޕް ފަށައިގެން ކޮންމެ ޓީމެއް އެންމެ ފުރަތަމަ ފަސްް މެޗު ކުޅުނުއިރު، ބެލެވިފައި އޮތީ ފައިނަލުގައި ކުޅޭނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަމަށެވެ. އެ ދެ ޓީމުން ހުރިހާ މެޗަކުން މޮޅުވަމުން އައިސް އޮތީ ފައިނަލާ ނުހަނު ގާތުގަ އެވެ.

އެކަމަކު، ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެންމެ ފަހުން ދުވަހު ގްރީން ސްޓްރީޓްސް އިން މާޒިޔާ އަތުން 2-0 އިން މޮޅުވެ، އެރޭ ވެލެންސިއާ އާއި ކްލަބް އީގަލްސް 2-2 އިން އެއްވަރުވުމުންނެވެ.

ނިސްތާރު ބުނީ ގްރީން ސްޓްރީޓްސް އަށް މާޒިޔާ އަތުން މޮޅުވެވުނީ ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ދުވަހެއްގައި ކަމަށެވެ.

"އެ ދުވަހަކީ އަލްހަމްދުލިއްލާހި ވަރަށް ރަނގަޅު ދުވަހެއް. ބައެއް ދުވަސް ދުވަހު ހުރިހާ ކަމެއް ރަނގަޅަށް ދޭތާ. ހުރިހާކަމެއް ރަނގަޅަށް ދިޔަ ދުވަހެއް އެއީ،" ނިސްތާރު ބުންޏެވެ.

މާޒިޔާ މެޗުގެ ކުރިން ނިސްތާރު ފާހަގަކުރި އެއް ޕޮއިންޓަކީ މާޒިޔާ ޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އޮތުމުގެ އެޑްވާންޓޭޖް އެ ޓީމަށް އޮތް ގޮތަށް، ގްރީން ސްޓްރީޓްސް އަށް އޮތް އުއްމީދަކީ އެ ޓީމުގައި ތިބި ކުުޅުންތެރިންނަކީ ގައުމީ ޓީމަށް އަރަން ބޭނުންވެފައި އެ ހުވަފެން ދެކިދެކި ތިބި ކުޅުންތެރިން ވަރަށް ގިނަ ޓީމަކަށް ވުން ކަމަށެެވެ. އެހެންވެ، ދަނޑުމަތީގައި ހިތްވަރު އެލުވާނުލައި ގްރީން ސްޓްރީޓްސް އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މެޗުގެ ކުރިން ވެސް ނިސްތާރަށް އޮތެވެ.

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ދެން ނަގާ ގައުމީ ޓީމެއް އެކުލަވާލާނީ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކާއި ޓީމުތަކުގެ ޓްރެއިނިންތައް ބަލައިގެން ކަމަށް ވަނީ ބުނެފަ އެވެ. ނިސްތާރު ބުނީ މޮރިއޭރޯގެ އެ ވާހަކަތަކަކީ ވަރަށް އުއްމީދީ ވާހަކަތަކެއްގެ ގޮތުގައި ގްރީން ސްޓްރީޓްސް އިން ގަބޫލުކުރާ ކަމަށެވެ.

"ވަރަށް ރަނގަޅު ވާހަކައެއް. އެންމެންގެ ވެސް ވަރަށް ބޮޑު ޑްރީމެއް. އަޅުަގަނޑުމެން ވަރަށް ޓްރަސްޓް އެބަކުރަން ނެޝަނަލް ކޯޗުގެ އެ ބަހުގައި ނެޝަނަލް ކޯޗު ހުންނަވާނެ ކަމަށް. ހަަމަ ހުރިހާ ކުދިން ވެސް އެ ތިބީ އެ ގޮތަށް ހާއްސަކޮށް އަހަރެމެންގެ ކެޕްޓަން (ރިލްވާން ވަހީދު - ރިލޭ)ގެ ވެސް ވާހަކަ އަކީ އެ ޑްރީމްގައި މިތިބީ،" ނިސްތާރު ބުންޏެވެ.

"އުއްމީދުކުރަން ނަތީޖާ ފެންނާނެ ކަމަށް. ނެޝަނަލް ސްކޮޑުގައި ގްރީންގެ ކުދިން ކޮޅެއް ފެންނާނެ ކަމަށް،"

ޕްރެޒިޑެންޓްސް ކަޕްގެ ޕޮއިންޓް ޓޭބަލް.

ގްރީން ސްޓްރީޓްސް މި ފަހަރުގެ ސީޒަނުގައި ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ ވެލެންސިއާ އަތުން އެކަންޏެވެ. ދެން ކުޅުނު ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ ވެލެންސިއާ އެވެ. އެއީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް 15 ޕޮއިންޓް ވަނީ ލިބިފަ އެވެ. ފައިނަލުގެ ޖާގަ އޮތީ މި ތިން ޓީމުން ކުރެ ދެ ޓީމަށެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރުން ފެށިގެން ވާދަކުރާ ގްރީން ސްޓްރީޓްސް އިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގަ ހޯދަން ބުދަ ދުވަހު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ ޕޮއިންޓެކެވެ. ގްރީން ސްޓްރީޓްސް އަށް އީގަލްސް ބަލިނުކުރެވިއްޖެނަމަ ފައިނަލުގެ ޖާގަ އެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލި ޖެހޭނީ ބުދަ ދުވަހުގެރޭ ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗުގެ ނަތީޖާ އަށް އިންތިޒާރުކުރާށެވެ. ގްރީން ސްޓްރީޓްސް އީގަލްސް އަތުން ބަލިވެއްޖެ ހާލަތެއްގައި ދެން އެ ޓީމަށް ފައިނަލަށް ދެވޭނީ ވެލެންސިއާ އިން މާޒިޔާ ބަލިކޮށްގެންނެވެ.

ފައިނަލާ ފިޔަވަޅަކާ ގާތުގައި ގްރީން ސްޓްރީޓްސް އޮތްއިރު، އެ ޓީމުން މި ފަހަރު ފެންނަ ތަފާތުގެ ކްރެޑިޓް ނިސްތާރު ދެނީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންނަށެވެ.

"އަސްލު އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ މެނޭޖްމަންޓްގެ އިންޕުޓް މިދިޔަ އަހަރާ ބަލާފައި ވަރަށް ބޮޑު، އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ދެން ޕްލޭޔާސްގެ ކޮމިޓްމަންޓް، ވެސް ރަނގަޅު، ކޮންމެހެން އެހާ ހާޑް ޓްރެއިނިންތަކެއް ނުކުރެވުނަސް ބޮންޑް މާ ރަނގަޅު، އެންމެން އެކައްޗެއް ކިޔައިގެން އެ ވިޝަންއެއްގެ ދަށުން ވޯކް ކުރުން،" ކުރިން ފުރަތަމަ ޑިވިޝަނުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށް ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދިއިރު، ލީގުގައި އީގަލްސް އަތުން ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox