ޕްރެޝަރު އޮތީ މާޒިޔާ އަށް: ނިސްތާރު

Jan 12, 2022, 6:58 AM
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާގެ މެޗަށް ނުކުންނައިރު، ޕްރެޝަރު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކަމަށް އެ ޓީމާ ދެކޮޅަށް ކުޅޭ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ މެދުގައި ލީގު އުސޫލުން ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ކޮންމެ ޓީމަކަށް މުބާރާތުގެ ލީގު ބުރުގައި ބާކީ ދެ މެޗު އޮތްއިރު، މިހާރު ފައިނަލުގެ ފުރުސަތު އޮތީ ތިން ޓީމަކަށެވެ. އެއީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ގޮތުން ކުރިލިބޭތީ އެވެ. ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ.

މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް ގްރީން ސްޓްރީޓްސް އަށް އަމިއްލަ ބާރުގައި ފައިނަލުގެ ޖާގަ ލިބެން ނެތެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު ނިސްތާރު ބުނީ އޭނާ ދެކޭގޮތުގައި މެޗުގެ މުހިންމު ކަމަށް ބަލާއިރު، މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަށް ވެސް ހަމަހަމަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މުހިންމުހާ މުހިންމު އެ މީހުންނަށް ވެސް، ވަކި ކުޑައެއް ނުވާނެ. އަޅުގަނޑުމެންނަށް ވުރެ ޕްރެޝަރު ބޮޑުވާނީ މާޒިޔާ އަށް. އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަށް ވުރެ އެމީހުންގެ އެކްސްޕެކްޓޭޝަން ބޮޑުވާނެ،" މުބާރާތް ކާމިޔާބު ކުރުމުގެ ޕްރެޝަރު އޮތީ ގްރީން ސްޓްރީޓްސް އަށް ވުރެ ބޮޑަށް މާޒިޔާ އަށް ކަމަށް އިޝާރާތްކޮށް ނިސްތާރު ބުންޏެވެ.

މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބުމަކީ އެޑްވާންޓޭޖަކަށް ވާނެތޯ އެހުމުން ނިސްތާރު ބުނީ ދެ ޓީމުން ވެސް ދަނޑަށް އަރާނީ 11 ކުޅުންތެރިން ކަމަށާއި ނަތީޖާ ބިނާވާނީ ދަނޑު މައްޗަށް އެ އަރާ ކުޅުންތެރިން ކުރާ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެންގެ (ގްރީން ސްޓްރީޓްސް)ގެ ކޮންމެ ކުޅުންތެރިއަކީ ވެސް ހަމަ ގައުމީ ޓީމުގެ ޑްރީމް ހުރި (ހުވަފެން ދެކޭ) ޕްލޭޔަރުން. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އޮޕޮޗިއުނިޓީއެއްގެ (ފުރުސަތެއްގެ) ގޮތުގައި،" ނިސްތާރު ބުންޏެވެ.

"ބޮޑު ޓީމު ބަލިކުރުމަކީ އާ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ މެކްސިމަމް އިންޝާﷲ ދޭނަން ހަމަ،"

މި ވަގުތު ކުރިމަތިވެފައި އޮތް ހާލަތަށް ބަލާއިރު، އޮތް ގޮންޖުހުމަކީ ކުޅުންތެރިން އެކި ރަށްރަށާއި އެކި ތަންތަނުގައި އޮންނަ މުބާރާތް ކުޅެފައި އައިސް މެޗު ކުޅެން ޖެހުމުން އެ ހުރި ގޮންޖެހުން ކަމަށް ނިސްތާރު ވަނީ ފާހަގަކޮށްފަ އެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ވުރެ ގިނައިން ގޯލު ޖެހި ޓީމަކީ މާޒިޔާ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ އެކަނި ތަފާސްހިސާބުތަކަށް ބަލާއިރު، މާޒިޔާ އިން ގްރީން ސްޓްރީޓްސް އަށް ވުރެ އިތުރަށް ޖެހީ އެންމެ ގޯލެކެވެ.

ނިސްތާރު ބުނީ ގޯލު ޖެހުމުގެ އަދަދު ގިނަ ކުރުމަށް ހާއްސަކަމެއް ނުދޭ ކަމަށާއި ޓާގެޓަކީ އޭރަކު ވާދަކުރާ މެޗަކުން މޮޅެއް ހޯދުން ކަމަށެވެ.

"އަޅުގަނޑަށް އެންމެ މުހިންމު އެއްޗަކީ ވިން (މޮޅު). އެ ވިން (މޮޅު) އަންނަން އެންމެ އިމްޕޯޓަންޓް (މުހިންމު) ކަމަކީ އޮޕޯނެންޓަށް (އިދިކޮޅު ޓީމަށް) ވުރެ ގިނަ ގޯލު ޖެހުން،" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މާދަމާ މެޗުގައި ފުރަތަމަ ގޯލު ޖަހާ ޓީމެއް ނޫނީ ރަނގަޅަށް ފަށާ ޓީމަކީ މޮޅުވާނެ ޓީމުކަން ޔަގީން ނުވާނެ ކަމަށެވެ. އެ ގޮތުން ނިސްތާރު މިސާލު ނެގީ ދާދި ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދެ ގޯލު ޖަހާފައި އޮއްވައި ކްލަބް އީގަލްސް އިން ފަހު 30 މިނިޓް ތެރޭ ނަތީޖާ އަނބުރާލި މެޗުގެ އެވެ.

"ދިވެހި ޕްލޭޔަރުންނަކީ އެހާ ފަސޭހައިން ގިވްއަފް ކުރާ ޕްލޭޔަރުންނެއް ނޫން. ފެށުން ގޯސް ވިޔަސް ކޮންމެ ބައެއް ވެސް ފަހުން ރަނގަޅު ވެދާނެ،" ނިސްތާރު ބުންޏެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox