މެމްބަރުން އިތުރުކޮށް، އަދާލަތު ޕާޓީ ޖޭޕީއާ ގާތަށް ޖެހިލައިފި

ގާސިމާއި އިމްރާން: ސިޔާސީ ދަފްތަރުގައި ދެ ޕާޓީގެ ވާދަވެރިކަން ވަނީ އިތުރުވެފައި -- ފޮޓޯ: ހަވީރު

ގާސިމާއި އިމްރާން: ސިޔާސީ ދަފްތަރުގައި ދެ ޕާޓީގެ ވާދަވެރިކަން ވަނީ އިތުރުވެފައި -- ފޮޓޯ: ހަވީރު

ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީއަށް ގިނަ ބަޔަކު ވަދެ، ގާސިމް އިބްރާހިމް ލީޑްކުރައްވާ ޖުމްހޫރީ ޕާޓީއާ އަރާ ހަމަކުރާ ކަމަށް އިލެކްޝަން ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން މި ނޫހާ މިއަދު ހިއްސާކުރި ސިޔާސީ ޕާޓީތަކުގެ ޖުމްލަ މެމްބަރުންގެ އަދަދު ދައްކުވައިދޭ ދަފްތަރުގައިވާ ގޮތުުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ ދެމެދު ވަނީ 1441 މީހުންގެ ހަނި ތަފާތެކެެވެ.

ޖޭޕީގައި މިވަގުތު 12،747 މެމްބަރުން ތިބިއިރު، އެއީ މިހާރު ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.

އަދާލަތު އޮތީ 11306 މެންބަރުންނާއެކު ދަފްތަރުގެ ހަތަރު ވަނައިގަ އެވެ. ދެން އޮތީ އެންމެ ފަހުން އުފެއްދި އެމްއެންޕީ އެވެ. އެ ޕާޓީގައި 8570 މީހުން ތިބިއިރު، މި ތިން ޕާޓީގެ މެދުގައި ވެސް ވާދަވެރިކަން ވަރަށް ބޮޑެވެ.

ސިޔާސީ ޕާޓީތައް ވުޖޫދުވެ، މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭ އައިފަހުން 2008 ވަނަ އަހަރުން ފެށިގެން އަބަދުވެސް އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮންނަނީ އެމްޑީޕީ އެވެ. މިހާރު އެ ޕާޓީގައި 50,055 މެމްބަރުން އެބަތިބި އެވެ. ނަމަވެސް, ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 90،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި، އެ އިންތިހާބުގައި 47،100 މީހުން ބައިވެރިވެފައިވާ ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

ދެވަނައަށް އެންމެ މެންބަރުން ގިނައީ ޕީޕީއެމްގަ އެވެ. އެ ޕާޓީގައި މިވަގުތު 35،350 މީހުން ތިބި ކަމަށް އީސީގެ ހިސާބުތަކުން ދައްކަ އެވެ.

titledesc

ނިމިދިޔަ އަހަރު ހަތް ސިޔާސީ ޕާޓީއަކަށް ވަނުމަށް ޖުމްލަ 52،841 ފޯމް އިލެކްޝަނަށް ހުށަހަޅާފައިވާއިރު، މިހާތަނަށް ޕްރޮސެސް ނުކުރެވި 26،858 ފޯމެއް އެބަހުރި ކަމަށް އެ ކޮމިޝަނުން ފާހަގަކުރެ އެވެ. އެ ފޯމްތައް ގުނާ ނިމުމާއެކު މި އަދަދުތަކަށް ބަދަލެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox