ދަރިފުޅަށް ފައިދާވާ ގޮތަށް ކުޅޭ އެއްޗެހި ގަނެދޭނެ ގޮތާއި މުހިއްމުކަން

Jan 14, 2022, 4:40 AM
ދަރިފުޅަށް ފައިދާވާ ގޮތަށް ކުޅޭ އެއްޗެހި ގަނެދޭނެ ގޮތާއި މުހިއްމުކަން

ކުދިންނަށް ކުޅޭ އެއްޗެހި ގަނެދިނުމަކީ ގިނަ ބެލެނިވެރިން މާ ބޮޑު ވިސްނުންތެރިކަމެއް ގެންގުޅޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ގެންގުޅެވެނީ ކުއްޖާ އެއްޗަކަށް ބޭނުންވުމުން ވަގުތުން އެ އެއްޗެއް ހޯދައިދިނުމުގެ އުސޫލެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޒަމާނީ ޕޭރެންޓިންގެ އެންމެ ސްމާޓް އެއް އުކުޅަކީ ކުޅުމުގެ ތެރެއިން ކުދިންނަށް ދުނިޔެ ދަސްކޮށްދިނުމެވެ. ތަފާތު ސްކިލް ދަސްކޮށްދިނުމެވެ.

އެހެންވީމާ، ކުދިންނަށް އާދަކޮށް ކުޅޭ އެއްޗެހި ގަނެދިނުމުގެ "ގޯސް އާދަ" ހަރުލާފައި ހުރި ނަމަ އެ އާދަ ކުއްޖާ އަށް ބޭނުންތެރި އާދައަކަށް ވާ ގޮތަށް ބަދަލުކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟

މި ބުނި އެއްޗެއްގެ މާނަ މި ކިޔައިދެނީ އެވެ.

Advertisement
  • ކުޅޭ އެއްޗިއްސަކީ ހަމައެކަނި ކުދިން ފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ.
  • ކުޅޭ އެއްޗެހީގެ އެންމެ ބޮޑު ބޭނުމަކީ ކުދިންނަށް ތަފާތު ހުނަރު ދަސްކޮށްދިނުމެވެ.
  • ކުޅުމުގައި ކުއްޖާ ހޭދަކުރާ ވަގުތު ކުދިން، އެމީހުންގެ ވަށައިގެންވާ މާހައުލު ދަސްކޮށް, އެކި ހުނަރުތަކާއި ފަންނުތައް ބަލައި ހޯދާ އެކިއެކި އިހުސާސްތައް ހާމަކުރަން ވެސް ދަސްކުރެ އެވެ.
  • ގަނެދޭ ކުޅޭ އެއްޗެއްގެ ބާވަތުން ކުއްޖާގެ މިޒާޖަށް ރަނގަޅު ނުވަތަ ގޯސް ބަދަލު އާދެ އެވެ.

އެހެންވީމަ، މި ހިމަނާލަނީ ގިނަ ރުފިޔާ ހަރަދުކޮށްފައި ކުޅޭ އެއްޗެއް ގަނެދޭ އިރު ވިސްނުން ބެހެއްޓިދާނެ ބައެއް ގޮތް ގޮތެވެ.

ދަސްކޮށްގެން ކުޅެލެވޭ ކަހަލަ ކުޅޭ އެއްޗެއް ދިނުން

ބެޓަރީ ލައްވައިގެން ނުވަތަ ރިމޯޓް ކޮންޓްރޯލުން ނުވަތަ ޗާޖުކޮށްގެން އަމިއްލައަށް މަސައްކަތްކުރާ ޒާތުގެ ކުޅޭއެއްޗިއްސަކީ ކުދިންނަށް މާ ބޮޑު ފައިދާއެއް ކުރާނެ އެއްޗިއްސެއް ނޫނެވެ. އެ ކުޅޭ އެއްޗަކުން ދަރިފުޅު ކުރަންޖެހޭ ހަމައެކަނި ކަމަކީ އެއަށް ބަލަން އިނުން ކަމަށް ވާނަމަ އޭގެ ފައިދާ އެއް ނެތެވެ. މިފަދަ ކުޅޭ އެއްޗިއްސާއި އެކީގައި ކުދިން ހޭދަކުރާ ވަގުތުތަކުގައި މާބޮޑު މުއާމަލާތު ތަކެއް ކުރުމުގެ ފުރުސަތު ނުލިބޭތީ އުނގެނުން ހުއްޓެ އެވެ. އަދި މިފަދަ އިލެކްޓްރޯނިކް ކުޅޭއެއްޗެހީގައި ބާރުގަދަ އަޑުތައް ހިމެނޭތީ މިއީ ވެސް ކުދިންގެ ހެދިބޮޑުވުމަށް އެހާ ރަނގަޅު ކަމެއް ނޫންކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ.

ޕްލާސްޓިކް ނޫން ކުޅޭ އެއްްޗެއް

ޕްލާސްޓިކް ކުޅޭ އެއްޗިއްސާއި ބީޕީއޭ ފްރީ ކުޅޭ އެއްޗިއްސަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް ކުދިންނަށް ކުރިމަތިވާ ކަމެކެވެ. ޅައުމުރުގައި ތަކުރާރުކޮށް މިފަދަ ކުޅޭތަކެތި ކުދިންނަށް ދެވޭނަމަ ވިހަ މާއްދާތައް ކުދިންނާއި ހިސާބަށް ފޯރުން ގާތެވެ. ހާއްސަކޮށް ޕީވީސީ ހިމެނޭ ކުޅޭ އެއްޗެހި އަނގަޔަށް ލުމުން އޭގައި ހުންނަ ކެމިކަލްތައް ލީކުވުމަކީ އެކަށީގެންވާ ކަމެކެވެ.

އުފެއްދުންތެރި ހިޔާލު އިތުރުކޮށްދޭ ކުޅޭ އެއްޗެހި

މިހާތަނަށް މި ކިޔާދެވުނީ މުޅިން ވެސް ކުދިންނަށް ނުދޭންވީ ތަކެއްޗެވެ. އެހެންވީމާ ދޭންވީ ދެން ކޮން ކަހަލަ ކުޅޭ އެއްޗިއްސެއް ހެއްޔެވެ؟

ކުދިން ކުޅުމަށް ހޯދަންވީ އަދި ގަނެދޭންވީ ވީހާވެސް އެކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ހިޔާލުތައް ތަނަވަސްކޮށްދޭނޭ ކުޅޭ އެއްޗިއްސެވެ. މެގްނެޓިކް ޓައިލްސްތަކާއި, ވުޑް ބްލޮކްސްއާ, ލެގޯއާ, ކާޑްބޯޑް ފޮށްޓާއި, ޕްލޭ ޑޯ އަދި ކްލޭ ފަދަ ތަކެއްޗަކީ މި ބޭނުމަށް ހަމަ އެންމެ ރަނގަޅު ތަކެއްޗެވެ. އަދި މިފަދަ ކުޅޭ އެއްޗެހީގެ އެންމެ ބޮޑު އެއް ލުއަކީ މިއީ ގިނަ ވަގުތު ކުދިންގެ ސަމާލުކަން ހިފަހައްޓައިދޭ ކުޅޭ އެއްޗިއްސަށް ވުމެވެ.

ހުރިހާ އެއްޗެއް އެއްފަހަރާ ނުދީ, ދައުރު ކުރޭ

ގިނަފަހަރު ކުޅޭ އެއްޗެހި ގިނަކަމުން ކުދިންނަށް އެކުދިންގެ އަތުގައި ހުންނަ ސާމާނާ ނުހުންނަ ސާމާނު ވަކިނުވާ ހިސާބަށްދެ އެވެ. އަމުދުން ކުޅެން ފަށައިފިނަމަ މުޅި ހިސާބުގަނޑު ފުރާލާވަރަށް ކުޅޭ އެއްޗެހިތައް ހުންނާނީ އަޅާލާފަ އެވެ. މިއީ ކުދިންނަށް ވެސް އަދި ބަލަހައްޓަން ހުންނަ މީހަކަށް ވެސް ފަސޭހަކަމަކަށް ނުވެ އެވެ.

މިކަން ހުއްޓުވުމަށް، އެވަގުތެއްގައި ނުވަތަ އެ ހަފްތާއެއްގައި ކުދިން ކުޅެން ބައެއް ތަކެތި ނަގާ ވަކި ވަށިގަނޑަކަށް ނުވަތަ ކަބަޑަކަށް ލާފައި ބަހައްޓާށެވެ. އެ އެއްޗިއްސަށް ފޫހިވުމުން ނުވަތަ ކުރިން ކަނޑައެޅި މުއްދަތު ހަމަވުމުން އަނެއްކާ ވެސް އެހެން ދެތިން އެއްޗެއް ދޭނީ އެވެ. އާ އެއްޗެހި ގަންނަން ނުޖެހި, ކުދިންގެ ފޫހިވެސް ފިލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox