ތައިލެންޑް މުބާރާތުގެ ޑަބަލްސް ތަށްޓާ އެކު ރާއްޖޭގެ ދީމާ އަށް ބޮޑު ކާމިޔާބެއް

Jan 8, 2022, 6:59 PM
ދީމާ އާއި ތައިލެންޑްގެ ފެންގް.

ދީމާ އާއި ތައިލެންޑްގެ ފެންގް.

ތައިލެންޑްގައި ކުރިއަށްދިޔަ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ޑަބަލްސް ބައިން ޗެމްޕިއަންކަން ހޯދައި، އަންހެން ސިންގަލްސް ބައިން ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފި އެވެ.

ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ދީމާގެ ޕާޓްނަރަކީ ތައިލެންޑްގެ ކުޅުންތެރިއެއް ކަމަށްވާ ފެންގް އެވެ. ދީމާ އާއި ފަންގްގެ ޕެއާ ފައިނަލް މެޗުގައި ތައިލެންޑްގެ އެހެން ޕެއާއަކާ ކުޅުނު މެޗުގައި ސެޓުތައް ގެންދިޔައީ 11-08، 11-09 އަދި 11-07 އިންނެވެ.

ޔޫތު މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) މެދުވެރިވެ ދީމާ އަންނަނީ ތައިލެންޑްގައި ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. ދީމާ ވަނީ ތައިލެންޑް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ.

މިދިޔަ މަހު ދީމާ ވަނީ ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. ކޮވިޑް-19ގެ އުނދަގޫ އަހަރެއްގައި ފަހިވި ބޮޑު ފުުރުސަތުގެ ބޭނުންހިފައި ދީމާ ވަނީ ރަނގަޅު ކުރިއެރުންތަކެއް ދުނިޔޭގެ މުބާރާތުގައި ހޯދައިފަ އެވެ.

ދުނިޔޭގެ މުބާރާތުގެ މުބާރާތުގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެކަމަކު، ދުނިޔޭގެ މުބާރާތުގެ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުން ބަލިވީ އެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި، ދީމާގެ އަންހެން ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް ޕޯޗުގަލް އަށް ނާދެވުމުން ދީމާ އަށް އަންހެން ޑަބަލްސް އިވެންޓް މެޗު ނުކުޅެވި، މެޗު ޖެހުނީ ދޫކޮށްލާށެވެ.

ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގައި ކުރިއަށްދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox