ކުޑަކުދިން ލައްވާ ހަށިވިއްކުވުމުގެ މައްސަލަތައް އިތުރުވެ އެޗްއާރްސީއެމްގެ ކަންބޮޑުވުން

މިދިޔަ ދެ އަހަރު ކުޑަކުދިން ލައްވާ ހަށި ވިއްކުމުގެ މައްސަލަތައް އިތުރު ކަމަށް އެޗްއާރްސީއެމުން ބުނޭ-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މިދިޔަ ދެ އަހަރު ކުޑަކުދިން ލައްވާ ހަށި ވިއްކުމުގެ މައްސަލަތައް އިތުރު ކަމަށް އެޗްއާރްސީއެމުން ބުނޭ-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މިދިޔަ ދެ އަހަރު ކުޑަކުދިން ލައްވާ ހަށި ވިއްކުމުގެ 334 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހާމަކޮށްފި އެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރެވެ,

ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިއުކޮށްފައިވާ "2019 ފައިޑިންގްސް އޮން ދަ ވާސްޓް ފޯމްސް އޮފް ޗައިލްޑް ލޭބާ މޯލްޑިވްސް" ގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު އޮރިޔާންކާޑާއި ޖިންސީ ވިޔަފާރީގެ 80 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ.

މީގެ ތެރެއިން ހަތަރު މައްސަލައަކީ ކުޑަކުދިން ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކޮށްފައިވާ މައްސަލަ އެވެ.

ހަމަ އެހެންމެ، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިރު ކޮށްފައިވާ ޓްރެފިކިންގް އިން ޕާސަންސް ރިޕޯޓް 2021 ގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ ވިޔަފާރި، ކުޑަކުދިން ބޭނުންކޮށްފައިވާ 115 މައްސަލައެއް 2020 ވަނަ އަހަރު ފުލުހަށް ހުށަހަޅާފައިވެ އެވެ.

އަހަރަކަށްވުރެ އަހަރެއް މައްސަލަތައް އިތުރުވެފައިވާއިރު މިދިޔަ އަހަރު ކުޑަކުދިން ބޭނުން ކޮށްގެން ޖިންސީ ވިޔަފާރި ކޮށްފައިވާ 291 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެ އެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އެ މައްސަލަތައް ބަލާފައިވަނީ ޓްރެފިކިންގެ މައްސަލަތަކެއްގެ ގޮތުގައެއް ނޫނެވެ. އެހެންކަމުން ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ބޮޑުކަމަށް ފާހަގަކުރެވޭއިރު، އެފަދަ މައްސަލަތައް މުޖުތަމައުން ނައްތާލުމަށްޓަކައި ގޮތް ނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ކޮމިޝަނުން ދެކެ އެވެ.

މީގެ އިތުރުން އެޗްއާރްސީއެމްގެ ރިޕޯޓުގައި ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖްތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ސަމާލުކަން ދެވިފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރްސީއެމުން ބުނީ ފުލުހުންނާއި އިޖްތިމާއީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޖިންސީ ވަގުފާރި އަދި ޖިންސީ އަނިޔާގެ ފަރަގު އެންމެ ފުރިހަމައަށް ފަހުމްވެފައިނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ޖިންސީ ވަގުފާރީގެ މައްސަލަތަކުގެ އަދަދު ދެނެގަނެވިފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox