ކަަޑަޖަހާފައި، ސީދާ ގޯތި ދޭން ގޮވީ އިއްޔެ، މިއަދު އެ ވިއްކަނީ ބިން: އާއްމުންގެ ނުރުހުން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: ގިނަ ބަޔަކު ބުނީ އެމްޑީޕީން ބޭނުން ނަމަ ބިން ވިއްކުން ހުއްޓުވޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: ގިނަ ބަޔަކު ބުނީ އެމްޑީޕީން ބޭނުން ނަމަ ބިން ވިއްކުން ހުއްޓުވޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މާލޭގައި އެންމެ ފަހުން އެމްޑީޕީން ބޭއްވި ޖަލްސާގައި ވެސް އެ ޕާޓީގެ އިސްވެރިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލޭން ދޭން ޖެހޭނީ "ކަަޑަޖަހާފައި، ސީދާ ގޯތި" ކަމަށެވެ. އޭގެ ފަހުން ހަފުތާއެއް ނުވަނީސް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހުޅުވައިލީ ހުޅުމާލޭގެ ދެވަނަ ފޭހުން 60 ގޯތި ބީލަން އުސޫލުން ވިއްކާށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި މީހުން އެކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް، ވެރިކަން ހިންގާ އެމްޑީޕީގެ ބައެއް އިސްވެރިން ވެސް ފާޅުކުރެއްވީ އެކަމުގެ ކަންބޮޑުވުމެވެ. އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް އެ "ކަންބޮޑުވުމުގައި" ބައިވެރިވެވަޑައިގެންނެވި އެވެ.

"މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލޭން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން،" ނަޝީދު ޓްވީޓްކުރެއްވި އެވެ.

ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އަދި އެމްޑީޕީ ވެސް ޓެގް ކުރައްވައި ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭން މާލޭގެ ރައްވެހިންނަށް ދިރިއުޅޭނެ ގޯތި ދިނުމުގެ މަސައްކަތް ނުކޮށް ހުޅުމާލޭގެ ބިން ބީލަމުގެ އުސޫލުން ވިއްކަން ފެށުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީއަކީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށް ކަމަށް ވާތީ، ނަޝީދު އަދި ހަސަންގެ އެވާހަކައާ މެދު ޓްވިޓާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. ބައެއް މީހުން ބުނީ އޭނާ އެ ދެއްކެވީ ދެކޮޅު ނުޖެހޭ، ދެފުށް ދެ ގޮތަށް ވާހަކައެއް ކަމަށެވެ.

"ސަރުކާރުގައި ތިބެ، އަމިއްލަ ސުޕަމެޖޯރިޓީ އޮވެ، ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުންދީ، ދެން އެކަމާ އިދިކޮޅު ހަދާކަމަށް ތި ކުރާ ޓްވީޓަށް ހަމަ އައްސަރިބަހާ ސާބަސް،" ހަސަން ލަތީފަށް ރައްދުދިން މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ އެއީ "ރައްޔިތުން ހައްދަން" ދައްކާ ވާހަކައެއް ކަމަށާއި "އެއް އަތުން ކޮށްފައި އަނެއް އަތުން ހުއްޓުވަން އުޅެނީ" ކަމަށެވެ.

ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، އެޗްޑީސީއަށް ވެރިން ލީވެސް އެމްޑީޕީން ކަމަށާއި އެހެންވީމާ އެކަމާ ދެކޮޅު ކަމަށް ހަސަން ލަތީފް ވިދާޅުވަނީ ރުހިވަޑައިނުގަންނަވާކަން "މީހުންނަށް ދައްކަން ކަމަށް ވެސް ޓުވިޓާގައި އޭނާއަށް ރައްދު ދެމުން މީހުން ބުނެފައިވެ އެވެ.

ހުޅުމާލޭން ބިން ވިއްކުމާ ހަމަ ހަގީގަތުގައި ވެސް ދެކޮޅު ނަމަ "ސްޓަންޓް ނުޖައްސައި" އެކަން ހުއްޓުވަން ވެސް ބައެއް މީހުން ގޮވައިލި އެވެ.

ކުރީގެ ދެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރަކަށް އުޅުއްވި އަބްދުލް މަތީން، މުހައްމަދު، ހަސަންގެ ޓުވީޓަށް ރައްދު ދެއްވަމުން ވިދާޅުވީ ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮއްވައި އެބާވަތުގެ ވާހަކަ ދައްކަވަނީ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

"ރައީސްކަމާއި މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮވެ ތިބާވަތުގެ ވާހަކަތައް ތިޔަ ދައްކަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ރައްޔިތުން ޅޮސް އުނދޯއްޔަށް އެރުވުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިންގެ އެފަދަ ޓުވީޓްތައް ދެކެފައި "ރައްޔިތުން ހީކުރަންވީ އެއީ އެމްޑީޕީއާ އެއްވެސް ގުޅުމެއް ނެތްކަމެއް ކަމަށްތޯ" ވެސް މީހަކު ސުވާލުކުރި އެވެ.

ގިނަ މީހުންގެ މެސެޖަކީ އެއީ އެމްޑީޕީން ބޭނުން ނަމަ ބަދަލުކުރެވޭނެ ނިންމުމެއް ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox