ރަށްރަށު މުބާރާތްތަކަށް ދާ ކުޅުންތެރިން ހިފެހެއްޓުން ރަނގަޅެއް ނޫން: ނިސްތާރު

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާދަމާ ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭ ކްލަބް ގްރީން ސްޓްރީޓްސް އަށް ރަނގަޅަށް ތައްޔާރުނުވެވި އޮތް އެއް ސަބަބަކީ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ މުބާރާތްތަކަށް ދިއުން ކަމަށް ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ނިސްތާރު ބުނީ އެ މުބާރާތްތަކަށް ދިޔަނުދީ ކުޅުންތެރިން ހިފަހައްޓަން ބޭނުންނުވާ ސަބަބަކީ އެއީ އެ ކުޅުންތެރިންނަށް ލިބޭ އާމްދަނީއެއް ހުއްޓުވަން ބޭނުންނުވާތީ ކަމަށެެވެ. އެއީ އެ މުބާރާތްތަކުން ލިބޭ އާމްދަނީ އަށް އެ ކުޅުންތެރިން ވެސް ބަރޯސާވެފައި އޮތުމުން ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓްސް މާދަމާ ހަވީރު ކުޅޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުނީ ޕްރީ ސީޒަން ކުރިއަށް ގެންދަން މި ޖެހެނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ.

"މި ރީޖަންގެ ވެސް އެންމެ މުސާރަ ކުޑަ އެއްތަނަށް ވާނެ ކަންނޭނގެ ދިވެހިރާއްޖެ، އަޅުގަނޑެއް ނުހުއްޓުވަން ޑިސެމްބަރު އެ ކުޅުންތެރިން ކުޅެންދާ މުބާރާތްތަކެއް. އެއީ އެ ކުދިން ޑިޕެންޑްވާން ޖެހޭ އެއްޗެއް އެއީ. ފުދޭ ވަރަކަށް ސިގްނިފިކަންޓްވާ އެއްޗެއް،".

ޖުމްލަކޮށް ކުޑަ މުސާރަތަކެއް ވެސް ކްލަބްތަކަށް ކުޅުންތެރިންނަށް ނުދެވޭ ސަބަބު އޮޅުންފިލުވަން ނޫސްވެރިން ޖެހޭނީ ކްލަބްތަކުގެ މެނޭޖްމަންޓާ ސުވާލުކޮށްގެން ކަމަށް ނިސްތާރު ވަނީ ފާހަގަކޮށްފަ އެވެ. މިދިޔަ 10 އަހަރަށް އަޅާކިޔާއިރު، ރާއްޖޭގައި ވެސް ކުޅުންތެރިންގެ މުސާރަތައް ބޮޑުވެފައިވާކަމަށް ނިސްތާރު ބުންޏެވެ.

"ރައިޓް ޓްރެކްގައި ކޮވިޑާ ހަމައަށް އޮތީ އެކަމަކު އޭގެ ފަހުން ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑު އިމްޕެކްޓެއް އައިސްފި،"

ކްލަބް ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ރިލްވާން ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާންމު ގޮތެއްގައި ޑިސެމްބަރު މަހަކީ ރާއްޖޭގެ އެކި ރަށްރަށުގައި މުބާރާތައް ބާއްވައި ބޮޑު އަގުގައި ފުރަތަމަ ޑިވިޝަން ކުޅުންތެރިން ގެންގޮސްގެން ކުޅޭ މުބާރާތްތަކެވެ. ފުރަތަަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގައި ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދެވޭތީ ކުޅުންތެރިން ރަށްރަށަށް ގޮސް މުބާރާތްތަކުގައި ކުޅެ އެވެ.

ނިސްތާރު ބުނީ ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓްގެ ވިސްނުމަކީ މިހާރު ތިބި ކުޅުންތެރިންނަށް މުސާރައިގެ ހުރިހާ ކަމެއް ހަމަޖެއްސައިދީފައި ނޫނީ ކުރިއަށް އޮތް ސީޒަނަށް އާ ކުޅުންތެރިއަކު ނުގެނައުމެވެ.

ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، ޕްރެޒިޑެންޓްސް ކަޕް ފަށާއިރު ގްރީން ސްޓްރީޓްސްގައި ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒް ހުންނާނެ ކަމަށާއި ވަކި ހިސާބަކުން ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފް އާއި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ޓީމާ ގުޅޭނެ ކަމަށެވެ.

މިހާތަނަށް ގްރީން ސްޓްރީޓްސް އަށް އެއްކޮށް ކުރެވުނީ ފަސް ވަރަކަށް ޕްރެކްޓިސް ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ. ނިސްތާރު ބުނީ މި ހާލަތުގައި ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ފަށައިގެން ވާދަވެރިކޮށް ކުރިއަށްދާއިރު، ފިޓްނަސް ކަހަލަ ކަންކަމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

ގިނަ ޓީމުތަކުން ޕްރެޒިޑެންޓްސް ކަޕް ނަގާނީ ފެބްރުއަރީ މަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ މުބާރާތެއްގެ ގޮތުގައި ނޫންތޯ ސުވާލުކުރުމުން ނިސްތާރު ބުނީ ވިސްނުމަކަށްވާނެ އެއް ގޮތަކީ އެއީ ކަމަށެވެ.

"އެކަމަކު މުބާރާތެއް ވެއްޖިއްޔާ އެއްވެސް ބަޔަކު ނުކުންނާނެ ހަމަ ކުޅެލާކަށް. ޕްރީ ސީޒަނެއް ވެއްޖިއްޔާ ފްރެންޑްލީ އެއް ކުޅެންޏާ މުޅި ޓީމު ބަދަލު ވެސްކޮށްލެވޭނެ. އެކަމަކު އެހެނެއް ނުވާނެތާ (ޕްރެޒިޑެންޓްސް ކަޕްގައެއް). މީގެ ރިސްކެއް އިންނާނެ، މި ސިޓުއޭޝަނުގެ ބެސްޓް ނެރެންޖެހޭނީ،" ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫ ގޮވައިގެން ފުރަަތަަމަ ޑިވިޝަނުގައި ވާދަކުރި ނިސްތާރު ބުންޏެވެ. .

ގްރީން ސްޓްރީސްއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މި ފަހަރު އޮތީ ކ.މާފުށްޓައް ބަރޯސާވެފަ އެވެ. އެ ރަށުގެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމު ބައްޓަން ކޮށްފައިވާއިރު، ޕްރެކްޓިސް ކުރަނީ ވެސް ރަށު ޓާފް ދަނޑުގަ އެވެ.

"އަސްލު އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް (ދަ ގްރާންޑޭ އަށް) ހުރިހާ ކުޅުންތެރިން އެއްތަނެއްގައި ތިބެގެން އެހެން ކުޅެވުން އެއީ. އެ ކޮޅަށް އެޑްވާންޓޭޖް ހުންނަ ފަދައިން ގްރީން އަށް ވެސް އެޑްވާންޓޭޖްތަކެއް ހުންނާނެ. އަޅުގަނޑުމެން އަދި ފްރެންޑްލީ އެއްވެސް ނުކުޅޭތީ އަޅާކިޔަން ވެސް އުނދަގޫވާނެ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗަކީ ހަތަރު ވަރަކަށް އަހަރު ތެރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ކުޅުނީ 2017 ވަނަ އަހަރު އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ކުޅޭނެ އެވެ. މާދަމާ ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސްގެ މެޗު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭއިރު، މާދަމާރޭ ކްލަބް ވެލެންސިއާ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ. އެ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox