ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމަށް އަމަލުނުކުރަން އަމުރުކޮށްފި

ހުޅުމާލެ ފޭސް ދޭއް: އެޗްޑީސީގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ހުޅުމާލޭ ބިން އަތުލަން ނިންމީ ޖަލްސާއެއްގެ މައްސަލައިގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލެ ފޭސް ދޭއް: އެޗްޑީސީގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ހުޅުމާލޭ ބިން އަތުލަން ނިންމީ ޖަލްސާއެއްގެ މައްސަލައިގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުށަހެޅުމުން ސިޓީ ކައުންސިލުގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޖަލްސާއެއް ހުޅުމާލެ ފޭސް ދޭއްގައި ނުބޭއްވިގެން އުފެދުނު މައްސަލަގަނޑެއްގެ ތެރޭގަ އެވެ.

އިދިކޮޅުގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް ހުޅުމާލޭ ބިންތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، ސިޓީ ކައުންސިލަށް ބިންތައް ނަގަން ނިންމާފަ އެވެ. މި މައްސަލަ ހައްލުނުވެ، އެޗްޑީސީން ވަނީ ހުޅުމާލޭގައި ފޯރިމަރަން ފުލުހުންގެ އެހީތެރިކަން ހޯދާފަ އެވެ.

ސިޓީ ކައުންސިލުގެ ނިންމުން އެޗްޑީސީން ސިފަކުރީ ގާނޫނާ ހިލާފު ނާތަހުޒީބީ އަމަލެއްގެ ގޮތުގަ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅީ ސިޓީ ކައުންސިލުގެ ނިންމުމާ ގުޅިގެން ކުންފުނިން ހިންގަމުންދާ ޕްރޮޖެކްޓުތަކަށާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ ޝަރުތުތަކާ ހިލާފު ކަމަށް ބުނެ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން އެދުނު ގޮތަށް ނިންމުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ސިޓީ ކައުންސިލުގެ ނިންމުން ތަންފީޒުކުރަން އެއްވެސް އިދާރާއަކުން ކަމެއް ނުކުރުމަށާއި، ހުޅޫމާލޭގައި އެޗްޑީސީން ކުރަމުންދާ އެއްވެސް މަސައްކަތަކަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox