ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(ހަތް ވަނަ ބަޔާ ގުޅޭ)

"ޔަނާލް. މިހާރު ކިހިނެއް؟" އޯގާތެރިކަމުން ފުރިގެންވާ ނިޔަނެތި އަޑެއް އިވުނެވެ.

ޚިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނުކުންނަން މަޖުބޫރުވިއެވެ. އެއީ ކާކުތޯ ބަލަން ބޭނުންވީމައެވެ.

"ކާކު؟" އަހަންނަށް އަހައިލެވުނެވެ.

"އަހަންނަކީ ޔަލްވީ. މި ހޮސްޕިޓަލުގެ ނަރުހެއް." އޭނާ އޮޅުންފިލުވައިދިނެވެ. "ޔަނާލް ތި އޮތީ އޭޑީކޭ ހޮސްޕިޓަލްގަ."

"އަހަންނަށް ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ. "ކީއްވެ ލޮލުގައި ބެންޑޭޖުކޮށްފަ؟ ކީއްވެ ހޮސްޕިޓަލަށް ގެންނާންވީ؟"

ވެގެން އުޅޭގޮތް އަހަންނަށް ސާފު ނުވުމުން އަނެއްކާ ވެސް ސުވާލު ތަކުރާރުކޮށްލެވުނެވެ. ހޮސްޕިޓަލަށް ގެންނާން ޖެހޭ ކަމެއް، އެނދުމަތިކޮށް ފަރުވާ ދޭން ޖެހޭ ކަމެއް އަހަންނަށް ކުރިމަތިވި ހަނދާން ނުވާތީއެވެ. އެފަދަ ބައްޔެއްގެ ޝިކާރައަކަށް ވީ ހަނދާނެއް ވެސް ނުވާތީ އެވެ.

"ޔަނާލް." ޔަލްވީގެ އަޑުގައި ހުރީ މަޑުމޮޅިކަމެވެ.

އޭނާ ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލިކަން އަހަންނަށް ޔަޤީންވިއެވެ. އޭނާގެ އަޑުގައި ހުރި އަސަރާއި ޖަޒުބާތުން އަހަންނަށް އެކަން ކަށަވަރު ކުރެވުނެވެ.

"އާނ! ބުނޭ. އަހަރެން އަޑު އަހާނަން."

ޔަލްވީގެ އަޑު ޖެހުމާއެކު އަހަންނަށް ފާޑެއްގެ އުނދަގޫކަމެއް ވެސް އިހުސާސް ވާން ފެށިއެވެ. ނޭނގޭ ގޮތަކަށް ހިތަށް އަސަރުތަކެއް ވެރިވާން ފެށި އެވެ. އެ އަޑުގައި ފާޑެއްގެ ދަމާބާރެއް ހުރިހެން ހީވާން ފެށި އެވެ.

"ޔަނާލްއަށް އަނިޔާއެއް ލިބުނީ. އެކްސިޑެންޓް." ޔަލްވީ ލަސްލަހުން ބުނެލި އެވެ.

"ކިހިނެއް އެހެން ވާންވީ؟" އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ރޭގެ ވަގުތެއްގައި. ހޮސްޕިޓަލަށް ޔަނާލް ގެނައީ މަގުމަތީ ވެއްޓިފައި އޮއްވާ،" ޔަލްވީ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ޔަނާލް ވެއްޓިފައި އޮތް ސަރަހައްދުގައި ހުރި ދެ ރުކަކަށް ހޮނު އަޅައިފައި ހުރިކަމަށް އެ މީހުން ބުނީ."

ޔަލްވީ އެ ދައްކަނީ ކޮން ވާހަކައެއްކަން އަހަންނަށް ސާފުވާ ގޮތެއް ނުވިއެވެ. އެފަދަ ހަނދާނެއް އަހަންނަކަށް ނުވެއެވެ. ހޮނު އެޅި މަންޒަރެއް އަހަންނަށް ފެނުނު ހަނދާނެއް ނުވެ އެވެ.

"މި ކޮޅުން ބެލި ބެލުމުން އެނގުނީ މާ ގަދަ އައްޔެއް ލޮލަށް އެޅުމުގެ ސަބަބުން ލޮލަށް ގެއްލުންތަކެއް ވެފައިވާކަން. ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން މުޅީން ސާފުވާނީ މާދަމާ. މިހާރު ލޮލަށް ރެސްޓު ބޭނުންވާތީ ބެންޑޭޖުކޮށްފަ ތިވަނީ،" ޔަލްވީ ލަސްލަހުން މަޑުމަޑުން ކިޔައިދިނެވެ. "ޔަނާލްއަށް ވެސް އަދިވެސް ވަރަށް ރެސްޓު ބޭނުންވާނެ."

އަހަންނަށް އަތް ހިއްލައިލެވުނެވެ. މަޑުމަޑުން ބެންޑޭޖު މަތީގައި އިނގިލި ޖައްސާލެވުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އެތައް ވާހަކައެއް ފުނި ޖެހެމުން ދިޔަ އެވެ. އަހަރެންގެ ލޮލުގެ ފެނުން ގެއްލުނީ ހެއްޔެވެ؟ ލޯ ކަނުވީ ހެއްޔެވެ؟ ދެން ދުވަހަކު ވެސް ތަނެއް އަހަންނަށް ނުފެންނާނެ ހެއްޔެވެ؟ މިހެން މިވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ދެވުނީ ކޮން ތަނަކަށް ހެއްޔެވެ؟

އިރުކޮޅެއް ވަންދެން ހިމޭނުން އިންނަން މަޖުބޫރުވިއެވެ. ޔަލްވީ ކިޔައިދިން ވާހަކަތަކުން ހިތުގައި އުފެދުމުންދާ ސުވާލުތަކަށް ޖަވާބު ނުލިބިގެންނެވެ. އޭނާ އެ ދައްކަނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟

"ޔަނާލްގެ ހަރަކާތްތައް އަދި ޔަނާލް ދައްކާ ވާހަކަތައް ޑޮކުޓަރުން އެދަނީ އޮބްޒަރވްކުރަމުން. އަހަންނަށް ވެސް އެބަ މަޖުބޫރުވޭ ޔަނާލްގެ ހުރިހާ ހަރަކާތްތަކެއް ރެކޯޑުކޮށް ޑޮކުޓަރުންނަށް ހިއްސާކުރަން." ޔަލްވީ ލަސްލަހުން ބުނެލިއެވެ.

"އެ ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ.

"ޔަނާލްގެ ނިތްކުރިން ތަންކޮޅެއް ފަޅައިގެން ދިޔުން ފިޔަވައި ބޭރު ފުށުން އެއްވެސް އަނިޔާއެއް ގެއްލުމެއް ލިބިފައިވާކަން އެނގޭކަށް ނެތް. ނަމަވެސް ލޮލަށް އަލި އެޅުމުގެ ސަބަބުން އެ ދިމާވި ކަންތައްތަކާ ގުޅިގެން ޔަނާލް ވެއްޓުނު ގަޑީ ބޯޖެހި ސިކުނޑިއަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަން އެބަޖެހޭ." ޔަލްވީ އޯގާތެރިކަމާއެކު ބުނެދިނެވެ.

ނިތްކުރި ފަޅައިގެން ގޮސްފައިވާކަމަށް ޔަލްވީ ބުނުމުން އަހަންނަށް ނިތުގައި އިނގިލިން ފިރުމުނެވެ. ތަނެއް ފަޅައިގެން ދިޔަކަން ނޭނގި އިނދެވުނީތީ އަހަރެން ވެސް ހައިރާންވި އެވެ.

"ވަރަށް ބޮޑަށް ފަޅައިގެން ދިޔަތަ؟" އަހަންނަށް އަހައިލެވުނެވެ.

"ނޫނޭ. ވެއްޓި ޖެހުނު ގޮތުން ފަޅައިގެން ދިޔަކަމަށް ބެލެވެނީ،" ޔަލްވީ ބުނެލިއެވެ. "މިހާރު ތިވަނީ ސްޓިޗްކޮށްލައިފަ. އެތަން ރަނގަޅުވާނެ. އެކަމަކު."

"ކިހިނެއްވީ؟"

"މިރޭގެ ތޫފާނުގައި ޔަނާލަށް ވަރަށް ބޮޑެތި ކަންތައްތަކެއް ތަހައްމަލު ކުރާން ޖެހުނު ކަމަށް ބެލެވެނީ. ރަނގަޅަށްތަ މި ބުނެވުނީ؟" ލަފުޒުތަކަށް ހުއްޓަމުން ލަސްލަހުން ޔަލްވީ ބުނެލި އެވެ.

"ކޮން ތޫފާނެއް؟ ކޮން ތަހައްމަލެއް؟" އަހަންނަށް ނުވިސްނުނެވެ.

"އެހެންވީމަ އަޅައިނުލާ އަދި." ޔަލްވީ ހިފައިލީ އަހަރެންގެ އަތުގައެވެ.

އޭނާ މަޑުމަޑުން އަހަރެން އަތުގައި ފިރުމައިލިއެވެ. ލޯބިން ފުރިގެންވާ ގޮތަކަށެވެ.

"ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ކަމެއް ނުވޭ. ޔަނާލްގެ ތިމާގެ މީހެއް އާއިލާ މީހެއް މިކޮޅުގައި އުޅޭނެތަ؟" ޔަލްވީ އަހައިލިއެވެ.

"މަންމަ ނިޔާވެފަ. ބައްޕަ ވެސް." އަހަންނަށް އަނެއްކާ ވެސް މަންމަގެ ހަނދާންތަކުގެ ތެރެއަށް ފީނައިލަން މަޖުބޫރުވި އެވެ.

މަންމައާއެކު އުޅެވުނު އުފާވެރި ދުވަސްތައް މަތީން ހަނދާންވިއެވެ. އެ ފިރުމުންތަކެވެ. އެ ލޮބުވެތި ނަސޭހަތްތަކެވެ. ޔަލްވީގެ ފިރުމުންތައް އަހަންނަށް ސިފަކުރެވެން ފެށީ މަންމަގެ ފިރުމުންތަކުގެ ގޮތުގަ އެވެ.

"އޯހް ސޮރީ." ޔަލްވީގެ އަޑު ފަނޑުވި އެވެ.

"އިޓްސް އޯކޭ. ބޮޑުބޭބެ ހުންނާނެ. އެ އަހަރެންގެ ހުރިހާ ވެސް މީހަކީ." އަހަންނަށް ބުނެލެވުނެވެ.

"ވައިފު؟" ޔަލްވީ އަނެއްކާ ވެސް ސުވާލުކުރި އެވެ.

"އެ ކޮން އެއްޗެއް؟" އަހަންނަށް އަހައިލެވުނެވެ.

"މި ބުނީ އަނބި މީހާ. ނޫނީ ރައްޓެހިވެގެން އުޅޭ ކުއްޖާ." ޔަލްވީ ހުއްޓަމުން ހުއްޓަމުން އަހައިލި އެވެ.

"އަހަރެން. މީހަކާ އިނިންތަ؟ ކުއްޖަކާ ރައްޓެހިވިންތަ؟ ރައްޓެހިވެހެން އުޅޭ ކުއްޖާއަކީ ވައިފްތަ؟ މިހާރު ކަންތައް އޮންނަނީ އެހެންތަ؟" އަމިއްލަ ނަފުސަށް ކޮށްލެވުނު ސުވާލު އަމާޒުކޮށްލެވުނީ ޔަލްވީއަށެވެ.

"އޯހް ސޮރީ."

"ކީއްވެ އަބަދު ތިހެން ތި ބުނަނީ؟" އަހަންނަށް އަހައިލެވުނެވެ.

"އަޅުގަނޑަށް އަންގައިފަ އޮތީ ޔަނާލް ހޭލުމުން ވީހާ ވެސް ގިނައިން ސުވާލުކޮށް ޔަނާލްގެ ކަންކަން ސާފުކުރާން. އަޅުގަނޑަކަށް ނޭނގެ ޔަނާލްގެ އެއްވެސް މައުލޫމާތެއް. އެހެންވީމަ ހަމަ ސުމަކުން ފަށައިގެން ސާފުކުރާން މި ޖެހެނީ. އާއްމުކޮށް ތި އުމުރުގެ މީހުންގެ މިޒާޖާއި ވައްޓަފާޅިއަށް ވެސް އަޅުގަނޑު ކުޑަކޮށް އާ ވެސް ވާނެ." ޔަލްވީ ބުނެލިއެވެ.

އަހަރެން ގާތަށް ހިނިއަންނަ ގޮތްވިއެވެ. ޔަލްވީގެ ވާހަކަތައް ހުރި ގޮތުންނެވެ. ކުޑަކޮށް ހީނލެވުނެވެ. ޔަލްވީ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނައިލެވުމުން ދެވަނަ ސިކުންތުގައި މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަން މަޖުބޫރުވި އެވެ.

"ކިހިނެއްވީ؟" ޔަލްވީ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. "ވަރަށް ބޮޑަށް މައާފުކުރާތި. އަހަރެން މި އަދާ ކުރަނީ އަހަރެން ވަޒީފާގެ ޒިންމާއެއް."

"ވަޒީފާގެ ޒިންމާގައި ޒާތީ މައުލޫމާތު ހޯދުން ވެސް އޮވޭތަ؟" އަހަންނަށް ނޭނގި ނަމަވެސް ކޮށްލެވުނީ ވަރަށް ބޮޑު ސުވާލެކެވެ.

"އަދާކުރާ ވަޒީފާގެ ގޮތުން އެކަން ކުރާން ޖެހޭ ހާލަތްތައް ވެސް އަންނާނެދޯ؟" ޔަލްވީ ދިނީ ވަރަށް ސާދާ ޖަވާބެކެވެ.

"ވަރަށް ޑިޕޮލޮމެޓިކް ޖަވާބެއް. މާނައަކީ ޔަލްވީ ތިއީ ވަރަށް ހަރުދަނާ ކުއްޖެކޭ. ވަރަށް އޯގާތެރި ހިތެއްގެ ވެރިޔެކޭ. ވަރަށް ސާދާ ވިސްނުމެއްގެ ވެރިޔެކޭ." އަހަންނަށް ބޭއިޚްތިޔާރުގައި ޔަލްވީއަށް ތަޢުރީފުކުރެވުނެވެ.

"ޝުކުރިއްޔާ!" ރަދުރަކި ރާގެއްގައި ޔަލްވީ ބުނެލި އެވެ.

އަނެއްކާ ވެސް އަހަރެން ގާތަށް ހިނިއަންނަ ގޮތްވާން ފެށިއެވެ. ޔަލްވީއާ ވާހަކަ ދެކެވެން ފެށުމުން ސިކުނޑިއަށް ލުއިކަމެއް އިހުސާސްވަމުންދާހެން ހީވި އެވެ. ބޮލަށް ވެރިވެފައި ހުރި ބަރު ގޮތްގަނޑު ފިލައިގޮސް ލުއިކަން އިހުސާސް ކުރެވެމުންދާން ފެށި އެވެ.

"އަސްލު ބޭނުމަކީ ކޮބައިތަ؟" ހިތުގައި އޮތް ސުވާލު ބޭރުކޮށްލެވުނީ އިޚްތިޔާރުން ބޭރުގަ އެވެ.

"ތިބުނީ؟" ޔަލްވީ ހުއްޓުން އެރިކަން ހާމަވި އެވެ.

"މި ބުނީ ކީއްވެހޭ އަހަންނާ ސުވާލުކުރާން ޖެހެނީ؟ ކީއްވެހޭ އަހަރެން އެކަނިކޮށް ނުލާން ޖެހުނީ؟ ކީއްވެހޭ ވަޒީފާގެ ޒިންމާއަކަށް އަހަރެންގެ ޒާތީ ކަންކަން ހޯދާން ޖެހުނީ؟" ފުލުފުލުގައި ހުރިހައި ސުވާލެއް އަމުނައިލީމެވެ.

"އޯޚް." ޔަލްވީ ހުއްޓުން އެރި އެވެ.

"މިހާރު ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ތި ހުރިހާ ސުވާލެއްގެ ޖަވާބު ދެއްވާނީ ޑޮކުޓަރު. ޑޮކުޓަރު ދުރުވާނެ އިރުކޮޅަކުން." ޔަލްވީ ބުނެލި އެވެ.

އަނެއްކާ ވެސް އަހަރެންގެ ހިތުގައި ސުވާލުގެ ބާނިތަކެއް ދަތުރުކުރާން ފެށި އެވެ. އަހަންނަށް ވެގެން އުޅޭ ގޮތް ސާފުކުރާން ހިތް އެދޭން ފެށި އެވެ. އަހަރެން އެކަނިކޮށް ނުލައި އެތައް ވާހަކައެއް ދައްކާން ޑޮކުޓަރުން އަންގަން ޖެހޭނީ ކިހިއްވީމަތޯ އަމިއްލަ ނަފުސާ ސުވާލުކުރެވެން ފެށުނެވެ.

ޔަލްވީ އެ ދައްކަނީ ކޮން ތޫފާނެއްގެ ވާހަކައެއް ހެއްޔެވެ؟ ހޮނުއެޅި މަންޒަރު އަހަންނަށް ފެނުނު ހެއްޔެވެ؟ ވާރޭ ތެރޭގައި އަހަންނަށް އުޅެވުނު ހެއްޔެވެ؟ ހުސްފައިގައި މަގުމަތީ އަހަންނަށް ދުވެ ވުނު ހެއްޔެވެ؟ ތޫފާނެއްގެ މެދަށް އަހަންނަށް ފުންމާ ލެވުނު ހެއްޔެވެ؟

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox