އިދިކޮޅުގެ އިސްލާހުތައް ބަލައިނުގަނެ، އިންޑިއާ އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތް ކަމަށް ފާސްކޮށްފި

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -ފައިލް ފޮޓޯ

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -ފައިލް ފޮޓޯ

އަވަށްޓެރި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންޑިއާއެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން އަދި ރާއްޖޭގެ ޗާޓް ކުރެހަށް ހަދާފައިވާ ހައިޑުރޯގްރަފީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އެއްބަސްވުންތައް ދިރާސާކުރި މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލުކުރާ 241 ކޮމިޓީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ސިފައިންގެ ވެރިން ހާޒިރުކޮށް ސުވާލު ކުރި އެވެ.

ހަތަރު ޑޮކިއުމެންޓާކާއި ކޮމިޓީގައި ސިފައިން ދިން ޕްރެޒެންޓޭޝަނާއި އެއްބަސްވުންތަކުން ފާހަގަކުރެވުނު ކަންކަމަށް ރިއާއަތްކޮށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ އަގުލަބިއްޔަތު ކޮމިޓީން ނިންމީ އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

އެހެން މެމްބަރުންގެ ކަންބޮޑުވުން

ކޮމިޓީގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅޭ ގޮތުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައިޑްރޯގްރަފީ ޗާޓްކުރުމަށްޓަކައި ބަޔާންކޮށްފައި ހުރި ސަބަބުތަކަކީ އެކަން ކުރަން އެންމެ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ސަބަބަކީ ހާއްސަކޮށް ރާއްޖޭގެ މަސްލަހަތާއި އެބައެއްގެ މަސްލަހަތާ ފުށުއަރާ ބައެއް މެދުވެރިކޮށް ޗާޓުކުރަހާތީ އެވެ.

އެމްއެންޕީ އަށް ނިސްބަތްވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ މައިގަނޑު ކަންބޮޑުވުމަކީ ދިރާސާކުރުމަށްޓަކައި އެއްބަސްވުންތަކުގެ ކޮޕީ ކޮމިޓީގެ މެމްބަރުންގެ އަތަށް ލިބިފައި ނެތުމުންނެވެ. އެއްބަސްވުން ޕްރޮޖެކްޓަރެއްގައި އަޅުވައިގެން ކިޔަން ފުރުސަތު ދިނުމަކީ، ރަނގަޅަށް ދިރާސާކުރަން ފުރުސަތު ލިބުން ކަމަށް ގަބޫލު ނުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރިޕޯޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެއްބަސްވުން ދިރާސާކުރަން ފުރުސަތު ނުލިބޭކަމުގެ ކަންބޮޑުވުމުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެގޮތުން، އެ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ މާއްދާތައް ތަފްސީލުކޮށް ބަލައި، މައުލޫމާތު ސާފުކުރަން ކޮމިޓީގެ މެމްބަރުންނަށް ފުރުސަތު ލިބުނުކަމަށް އަސްލަމް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

އިދިކޮޅުގެ ގިނަ އިސްލާހުތަކެއް ބަލައިނުގަތް

އެ ރިޕޯޓަށް ބަހުސްކުރުމުގެ ތެރެއިން ވެސް އިދިކޮޅު މެމްބަރުން ވަނީ އެ އެއްބަސްވުންތައް ނުލިބޭކަމުގެ ތުހުމަތު ތަކުރާރުކުރަމުންނެވެ.

މިގޮތުން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެ ސޮއި ކޮށްފައިވާ އެއްބަސްވުންތައް ދޭން އެދުނު ނަމަވެސް، ކޮމިޓީގައި ދައްކާފައިވަނީ އެ އެއްބަސްވުންތައް އެކުލަވާލުމަށް ކަނޑައެޅި އެކްޝަން ޕްލޭން ކަމަށެވެ.

އެކަމުގެ ސަބަބުން އެއްބަސްވުމުގައި ސީދާ އޮތް އެއްޗެއް ނުފެންނަ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ރިޔާސްތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއްބަސްވުންތައް މުރާޖައާކުރި ކޮމިޓީ ބައްދަލުވުންތަކުގެ ތަފްސީލް މަޖިލީހުގެ އިދާރާއިން ހޯއްދެވި ކަމަށެވެ.

އެގޮތުން، އެއްބަސްވުންތަކުގެ ހުރިހާ ތަފްސީލުތަކެއް ޕްރޮޖެކްޓަރެއް މެދުވެރިކޮށް ހިއްސާކުރެވުނުކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެއްބަސްވުން ނުފެންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވުމަކީ ހަގީގަތެއް ނެތް ތުހުމަތެއް ކަމަށް އެމަނިކުފާނު ނުސީދާކޮށް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް އަނެއްކާވެސް ވިދާޅުވީ ކޮމިޓީއާ ހިއްސާކުރީ ސްލައިޑުތަކެއްގެ ގޮތުގައި އޮތް އެކްޝަން ޕްލޭން ކަމަށާއި ސޮއި ކުރި އެއްބަސްވުންތައް ނުދޭ ކަމަށެވެ.

އިދިކޮޅުގެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައިގެން އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ހުރަސްއަޅައިފަ އެވެ.

އެމްޑީޕީ މެމްބަރުން ތުހުމަތުކުރީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއްގައި ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން އުޅޭ ކަމަށެވެ.

ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވަނީ ދޫނުދެއްވައި، އެ ރިޕޯޓަށް ޖުމްލަ 13 އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރޭގައި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ދޭން އެއްބަސްވެފައިވާ ކަމާއި ގައުމީ ސަލާމަތާ ގުޅުންހުރި މިފަދަ އެއްބަސްވުންތަކުގައި ސަރުކާރުން ސޮއި ކުރުމުގެ ކުރިން މަޖިލީހަށް ނޫނީ 241 ކޮމިޓީއަށް ހުށަހެޅުންފަދަ އިސްލާހުތައް ހިމެނުނެވެ.

ނަމަވެސް، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބި އޭގެ ތެރެއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.

އެއާއެކު، ކޮމިޓީން ނިންމި ގޮތަށް އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށް މިއަދު ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް ހަ މެމްބަރުން ވޯޓު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox