އައްޑޫއަށް މުދާ އުފުލާ އަގު ބޮޑުކުރުމާއި އެމްޕީއެލްއިން ނަގާ ޓެރިފާ ގުޅުމެއް ނެތް

ހިތަދޫ ރީޖަނަލް ޕޯޓު: މި ބަނދަރަށް ބޭރުން މުދާ ހިފައިގެން ގަވާއިދުން ދަތުރުކުރަނީ އެންމެ ބޯޓެއް. -- ފޮޓޯ: އެމްޕީއެލް

ހިތަދޫ ރީޖަނަލް ޕޯޓު: މި ބަނދަރަށް ބޭރުން މުދާ ހިފައިގެން ގަވާއިދުން ދަތުރުކުރަނީ އެންމެ ބޯޓެއް. -- ފޮޓޯ: އެމްޕީއެލް

އައްޑޫ ސިޓީ ހިތަދޫ ޕޯޓަށް އިންޑިއާއިން މުދާ އުފުލައިދޭ އަގުތައް ބޮޑުކުރަން ޖެހުނީ އެމްޕީއެލްއިން ނަގާ ޓެރިފްތައް ބޮޑުކޮށްގެން ނޫން ކަމަށާއި، ބޯޓު ބަނދަރުގައި ގިނަ ދުވަސްވާތީ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް މުދާ އުފުލަން އެމްއެސްއެސްއިން ފެށީ އެ ސަރަހައްދުގެ އިގުތިސޯދު ފުޅާކޮށް، ހެޔޮ އަގުގައި މުދާ ލިބޭނެ މަގުފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ.

މިގޮތުން ފެށި ދަތުރުތަކުގައި ފުރަތަމަ ކަނޑައެޅި އަގުތަކުގައި މާލެއަށް ވުރެ ހެޔޮ އަގުގައި ބައެއް މުދާ ލިބޭ ކަމަށް އޭރު ވިޔަފާރިވެރިން ބުންޏެވެ. އަދި މިކަމަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

އެކަމަކު އެ ފަހުން މުދާ އުފުލާ އަގުތައް އިތުރުވަމުން ގޮސް، މުދަލުގެ އަގު ބޮޑުވެއްޖެ ކަމަށް ހަމަ އެ ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން މައްސަލަ ބަލަން ފެށީ އެ ހިސާބުންނެވެ. އަދި ކޮމިޓީއަށް އެމްއެސްއެސް އާއި ބެލެނިވެރި ކުންފުނި، އެސްޓީއޯ ހާޒިރުކުރި ދުވަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، އެގޮތަށް އަގު ބޮޑު ވަނީ އެމްޕީއެލްއިން ނަގާ ޓެރިފްތައް ބޮޑު ކުރާތީ ކަމަށެވެ.

އަމްރުގެ ވާހަކަތަކާ ގުޅިގެން އެމްޕީއެލްގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމުން އެ ވާހަކަތައް ދޮގުކުރި އެވެ. އަދި ބުނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެއްވެސް ރީޖަނަލް ޕޯޓަކުން ނަގާ ޓެރިފް ބޮޑުނުކުރާ ކަމަށެވެ.

މި މައްސަލައިގައި ދެ ފަރާތުން ދެގޮތަށް މައުލޫމާތު ދިނުމާ ގުޅިގެން އެމްޕީއެލް އާއި އެމްއެސްއެސް ހާޒިރުކޮށްގެން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޓެރިފާ ގުޅިގެން އަގު ބޮޑުވާ ކަމަށް ވިދާޅުވީ އަމްރު ކަމަށެވެ.

އަދި އަމްރު އެހެން ވިދާޅުވީ ތިލަފުށީގައި ބައެއް އޮޕަރޭޓުކުރާ ބައެއް ޕްރައިވެޓް ބަނދަރުތަކުން ބްރޭކް ބަލްކް ކާގޯއަށް ނަގާ އަގުތަކާ އަޅާކިޔުމަށް ފަހު ކަމަށެވެ.

ކުރިން ކޮމިޓީގައި ދެއްކެވި ވާހަކަތައް ސާފުކޮށްދެއްވަމުން ސައީދު ވިދާޅުވީ އިންޑިއާ-އައްޑޫ ރޫޓުން އުފުލައިދޭ ކާގޯ ރޭޓުތައް ބޮޑުކުރަން ޖެހުނު ސަބަބެއް ކަމަށް އޭރު ވެސް ވިދާޅުވީ ދަތުރުތައް ދިގުވުން ކަމަށެވެ. އަދި ދަތުރުތައް ދިގުވަނީ ހިތަދޫ ޕޯޓުގައި ލަސްވާތީ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ހިތަދޫ ޕޯޓަށް ބޯޓަށް މުދާ އަރުވާ ބޭލުމަށް ފަހު ފުރައިގެން ދާން ނަގާ ވަގުތު (ވެސްލް ޓާންއެރައުންޑް ޓައިމް) އިތުރު ވުމުގެ ސަބަބުން ކޮންމެ ޓަނަކަށް ހިނގާ ހަރަދު (ކޮސްޓް ޕާ ޓަން) އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްރައިޓް ބޮޑުކުރީ އެސްޓިމޭޓް ކުރި ވަރަށް ވުރެ ގިނަ ދުވަސް ބަނދަރުގައި ހޭދަކުރަން ޖެހޭތީ ކޮސްޓް ޕާ ޓަން ބޮޑު ވެގެން އަގުތައް އެޖަސްޓު ކުރީ," ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ލަސްތަކުގެ ސަބަބުން މި ދޭތެރޭގައި ދަތުރެއް ފުރިހަމަކުރަން 28 ދުވަސް ހޭދަވާ ކަމަށެވެ. މިއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި މި ދަތުރުތައް ކުރަން މުދާ އުފުލާ އަގުތައް ބޮޑުކުރަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސް އިން މި ދަތުރުތައް ފެށިއިރު ޕެރިޝަބަލް ނުވަތަ ފަސޭހައިން ހަލާކުވެދާ ފަދާ ކާގޯ ޓަނެއް އުފުލައިދެނީ 35 ޑޮލަރަށް ނަމަވެސް، އަގު އުފުލެމުން ގޮސް މިހާރު ޓަނެއް އުފުލައިދެނީ 85 ޑޮލަރަށެވެ. މިއީ 142 ޕަސެންޓުގެ އިތުރުވުމެކެވެ.

ރޭޓޫތައް އުފުލިގެން ދިޔަ ނަމަވެސް، މިހާރު ވެސް އައްޑޫއަށް މުދާ އުފުލާ ރޭޓަކީ މާލެއާ އެއްހަމަ ރޭޓެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

ބޯޓު ލަސްވުން، އެމްޕީއެލްގެ ބާރުން ބޭރުގައި

ހިތަދޫ ޕޯޓުގައި ޓާންއެރައުންޑް ޓައިމް އިތުރުވާ މައްސަލައިގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، ޕޯޓުގައި ހުރި މައްސަލަތަކުގެ ސަބަބުން ބައެއް ފަހަރު ބޯޓު ހުސްކުރަން ގިނަ ދުވަސްވި ކަމަށެވެ.

އޭގެ ތެރޭގައި މޫސުން ގޯސްވުމާއި، ބޯޓު ފުރޮޅުމާއީ، ކޮވިޑް ލޮކްޑައުންތަކާ ގުޅިގެން ދިމާވި ލަސްތައް އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު މިއީ އެމްޕީއެލް އަށް ބާރު ފޯރުވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޯޓުގައި ބޯޓު ލަސްވުމުގައި ދިމާވާ މައްސަލައަކީ އެމްޕީއެލްއެ ކޮންޓްރޯލުން ބޭރުގައި އޮތް ކަމެއް. އެތަނަށް އަންނަ ބާނި އެއީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި މައްސަލަތަކާ އެކު ވެސް އެންމެ ބޯޓު ފުރުވާލަން އެންމެ ގިނަވެގެން ހޭދަވީ އަށް ދުވަހެވެ. އަދި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ފޮނުވާލެވުނީ ދެ ދުވަހުންނެވެ.

އެމްޕީއެލްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އައްޑޫއަށް މުދާ އުފުލަން އެމްއެސްއެސް އިން ބޭނުންކުރާ "ބޮންތި" މިހާތަނަށް ކުރި 13 ދަތުރުގެ އެވަރެޖް ޓާންއެރައުންޑް ޓައިމަކީ ހަ ދުވަހެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ "ބޮންތި 2" ހިތަދޫ ރީޖަނަލް ޕޯޓަށް ވަންނަނީ. -- ފޮޓޯ: އެމްއެސްއެސް
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ "ބޮންތި 2" ހިތަދޫ ރީޖަނަލް ޕޯޓަށް ވަންނަނީ. -- ފޮޓޯ: އެމްއެސްއެސް

ަމޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ "ބޮންތި 2" ހިތަދޫ ރީޖަނަލް ޕޯޓަށް ވަންނަނީ. -- ފޮޓޯ: އެމްއެސްއެސް

ހިތަދޫ ޕޯޓުގައި ހުރި މައްސަލަތަކުގެ ސަބަބުން ބައެއް ދަތުރުތަކުގައި ލަސްވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ޝާހިދު ވަނީ ވަގުތީ ގޮތުން އެ މައްސަލަތައް ހައްލުކުރަން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ. އެއީ:

  • ޕެރިޝަބަލް ކާގޯ ގެނެސް ބަހައްޓާނެ ވެއާހައުސް ޝެޑެއް ގާއިމުކުރުން
  • މިހާރު ހުރި ވެއާހައުސްގައި ޕެރިޝަބަލް ކާގޯ ބަހައްޓާނެ ޖާގައެއް ހަމަޖައްސައިދިނުން
  • ފެނަކައާ ވާހަކަ ދައްކައިގެން ބަނދަރާ ހަމައަށް ފެން ހޮޅިއެއް ލުން
  • ބަނދަރުގައި ހިދުމަތް ދޭން ބޭނުންކުރާ ވެހިކަލްތައް އިތުރުކުރުން

އެކަމަކު ދާއިމީ ހައްލަކީ ހިތަދޫ ޕޯޓު ތަރައްގީކުރަން ރާވާފައިވާ މަޝްރޫއު ކަމަށް ޝާހިދު ވިދާޅުވި އެވެ. މިހާރު ހުރި މައްސަލަތަކުގެ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯޓު ފުރޮޅުމުގެ މައްސަލައަށް ހައްލެއް މި ނޫން ގޮތަކަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ޕޯޓު ޑިވެލޮޕްކުރުމުގެ މަޝްރޫއަކީ ޑިޒައިންކޮށް ނިމިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު މިހާރު އޮތީ އީއައިއޭ ފީލްޑް ސާވޭ ނިމި، އެޕްރޫވަލް ހޯދުމުގެ މަރުހަލާގަ އެވެ. އަދި މަޝްރޫއު ކުރިޔަށް ގެންދަން އެމްޓީސީސީއާ އެކު ވަނީ ޓެންޓެޓިވް އެއްބަސްވުމަކަށް އާދެވިފަ އެވެ. އެހެން ނަމަވެސް ފަންޑިން ހަމަނުޖެހޭތީ މަޝްރޫއު އޮތީ މަޑުޖެހިފަ އެވެ.

ޝާހިދު ވިދާޅުވީ މުޅި މައްސަލަ ހައްލުވެގެންދާނި އެ ޕްރޮޖެކްޓު ނިމުމުން ކަމަށެވެ. އަދި އޭރުން ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ.

"(ހިތަދޫ ރީޖަނަލް ޕޯޓު) ޕްރޮޖެކްޓް އެގްޒިކިއުޓް ކުރުވުމާ އެކީ ބޯޓު ރޯލް ވުމާ، ފެން ލިބުމުގެ މައްސަލަ، އަދި ބޯޓުން މުދާ ބޭލުން ހީނުކުރަވާ ވަރުގެ ކުރިޔަށް ދާޏެ." ޝާހިދު ވިދާޅުވި އެވެ.

މުދާ އުފުލާ އަގު ބޮޑު ވަނީ އެމްޕީއެލްއިން ނަގާ ޓެރިފް ރޭޓުތައް ބޮޑުވެގެން ނޫން ނަމަވެސް، އުތުރާއި ދެކުނުގެ ބަނދަރުތަކަށް މުދާ ގެންނަން ބާރު އެޅުމަށް އެމްޕީއެލްގެ ވިސްނުމެއް އެބައޮތެވެ. އެއީ އެމްޕީއެލް އިން ދޭ ހިދުމަތްތަކުގެ އަގު ހެޔޮކުރުމެވެ.

ޝާހިދު ވިދާޅުވީ އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީން 1 އިން ފެށިގެން އާ ޓެރިފް ރޭޓުތަކެއް ރީޖަނަލް ޕޯޓުތަކަށް ކަނޑައެޅި، ތަންފީޒުކުރަން ފެށުން ކަމަށެވެ.

ހިތަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމަންޓުގެ ފުރަތަމަ ފިޔަވަހި. -- ފޮޓޯ: އެމްޕީއެލް
ހިތަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމަންޓުގެ ފުރަތަމަ ފިޔަވަހި. -- ފޮޓޯ: އެމްޕީއެލް

ހިތަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމަންޓުގެ ފުރަތަމަ ފިޔަވަހި. -- ފޮޓޯ: އެމްޕީއެލް

ބޭނުންވަނީ ގިނަވެގެން ފަސް ދުވަހުން ބޯޓު ފުރަން

މުދާ އުފުލާ އަގު ކުޑަކުރަން ހައްލަކީ ކޮބައިތޯ މެމްބަރުން ސުވާލުކުރުމުން އެމްއެސްއެސްގެ ސައީދު ވިދާޅުވީ މުސާ ހުސްކުރަން ނަގާ ވަގުތު ކުޑަކުވެގެން ހަރަދު ކުޑަވީމާ، އެކަން ވާނެ ކަމަށެވެ. އަދި ބޯޓަކީ ކޮންމެ ދުވަހަކު ވެސް ހަރަދު ހިނގާ އެއްޗަކަށް ވާތީ ދަތުރުގައި ހޭދަވާ ދުވަސް މަދުކޮށްގެން ނޫނީ ހަރަދު ކުޑަނުކުރެވޭނެ ކަމަށެވެ.

"އަވަހަށް މުދާ ބޭލެންޏާ ކޮސްޓް ޕާ ޓަން ކުޑަކުރެވޭނީ. އަގަށް އަންނަ ހެޔޮ ބަދަލުތައް އަޅުގަނޑުމެން ކަސްޓަމަރަށް ޕާސްޑައުން ކުރާނަން," ސައީދު ވިދާޅުވި އެވެ.

ސައީދު ގަބޫލުކުރައްވާ ގޮތުގައި ގިނަ ވެގެން ހަތަރު ދުވަހުގެ ތެރޭގައި ބޯޓު ހުސްކޮށް ނިމި ފުރެން ޖެހޭނެ އެވެ. އަދި އެކަން ނުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ނުކުރޭވެނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓު ބަނދަރުގައި ހޭދަކުރާ ވަގުތު ކުޑަކުރުމާ ގުޅިގެން ޝާހިދު ވިދާޅުވީ މަސައްކަތް ހުއްޓާލަން ޖެހޭ ސަބަބުތައް މެދުވެރި ނުވާ ނަމަ އެކަން އެގޮތަށް ކުރެވޭނެ ކަމަށެވެ. އަދި މިހާރު ހުރި ދަތިތަކަށް ދާއިމީ ހައްލެއް ބޭނުންވި ނަމަވެސް، މި ވަގުތު ކުރަން ނިންމާފައިވާ ކަންކަމުގެ ސަބަބުން ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

Newsletter

Get the latest news delivered straight to your inbox