ރައީސް ސޯލިހު ވިދާޅުވި ހަމަހިމޭން ވަގުތުކޮޅު

ރައީސް ސޯލިހު ވިދާޅުވި ހަމަހިމޭން ވަގުތުކޮޅު

އެޑިޓަރަށް،

އަޑު އަހަން ބޭނުންވާ، ކިޔަން ބޭނުންވާ މީހަކަށް، ފިކުރު ކުރަން އެދޭ ސިކުނޑިއަކަށް މި ވާހަކަ ރައްދު ކުރަމެވެ.

****

Advertisement

އއ. އުކުޅަހުގައި ޖޫން 2018 ގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޓިކެޓް ގަބޫލުކުރެއްވުމަށް ފަހު، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މި ވާހަކަ ވިދާޅުވީ، ވީދެމުން ދިޔަ އިޖުތިމާއީ ފޭރާމާއި، ފޭރެމުން ދިޔަ ފަރުދީ މިނިވަން ކަމާއި، ރޭވިގެން ދިން އަނިޔާއިން މިންޖުކޮށް، ބިރެއް، ބިރު ދެއްކުމެއް ނެތް މާހައުލެއް ގެނައުމުގެ އުއްމީދު އާކޮށް ދެއްވުމަށެވެ.

"މި ގައުމަށް ހަމަހިމޭން ވަގުތު ކޮޅެއް ބޭނުންވޭ، އިރާދަ ކުރެއްވިއްޔާ އެ ވަގުތުކޮޅު އަޅުގަނޑުމެން ގެނެސްދޭނަން،"

މި ވާހަކަ މިހެން ވިދާޅުވުމުގެ މާ ކުރިން ވެސް، އަދި އޭގެ ފަހުން ވެސް ސިޔާސީ ސަބަބުތަކަށްޓަކައި އެތައް ބަޔަކު ހައްޔަރުކޮށް ޖަލުތަކުގައި ބަންދުކޮށްފައި ތިއްބެެވެ. އިދިކޮޅުގައި ހުންނެވި، އަދި 2018 ގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު އޮތް، މިހާރުގެ ރައީސް ސޯލިހު ވެސް ޖަލަށްލި އެވެ. އިދިކޮޅު ހުރިހާ ލީޑަރުން ވެސް ޖަލުގަ އެވެ. ތުހުމަތުތަކުގައި ކޯޓަށް މީހުން ދެމުމުގައި ހަމައެއް ނެތެވެ. ހުކުމް ޖަހަމުން ދިޔައީ ހިތުހުރި ގޮތެއްގަ އެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ފަރުދީ މިނިވަންކަން ބިރުވެރިކަމަށް ބަދަލުވެ، ހިޔާލުފާޅުކުރުން ބަންދުވެ، އެއްވުމުގެ އިން ހަނި ޕޭވްމެންޓަށްވުމެވެ. ނޫސްވެރިންނަށް ބިރު ދައްކައި، ނޫސްވެރިން ޖަލަށް ލައި، ޖޫރިމަނާކުރުމެވެ.

އޭރުގެ ކަންކަން ތަފުސީލުކޮށް ނުލިޔުނަސް، ބަލަން ބޭނުންވާ މީހަކަށް، އެ މަންޒަރުތަކަށް ބަދަލެއް ނައިސް ކުލަކޮށް އެހުރީ އެވެ. އެއީ ހާސްކަމާއި ކަންބޮޑުވުމުގެ ރާއްޖެއެކެވެ.

މިހާރު ސޯލިހުގެ ދައުރެވެ. ރައީސް އެވެ. ފާޑުކިޔޭނެ ކަންކަން އެބަ ހުއްޓެވެ. އިސްލާހުކުރަންޖެހޭ ކަންކަން ވެސް އެބަ ހުއްޓެވެ. ނަމަވެސް ޖުމުލަކޮށް އޭރު ގެއްލިފައި އޮތް ޒާތީ މިނިވަންކަން މިހާރު އޮތީ ލިބި، "ނޭވާ ލެވޭ" މާހައުލެެކެވެ. ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ބިރެއް، ބިރު ދެއްކުމެއް ނެތްކަން އެނގެނީ އެކަން ކިރަން ގެންގުޅޭ ތުޅުން، ސޮއްސާލައިގެން ދިޔަ ނަންބަރު 120 އިން 72 އަށް ރަނގަޅުވެގެން ދިއުމުންންނަށް މި ބޭބެއަށް ވެސް އެނގެ އެވެ.

"ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ، މިނިވަން ނޫސްވެރިކަމުގެ ޒަރީއާއިން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި. ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގުސަދުގައި،" 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވެފައިވެ އެވެ.

ވެރިކަންކުރާ ޕާޓީގެ ޖަލްސާއަށް ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން ގެންދަން މަޖުބޫރުކޮށް، ސިޔާސީ ވަކި ފިކުރެއްގައި ތިބުމަށް އޭރު ބާރު އެޅިޔަސް، މިހާރު ސިވިލް ސާވަންޓުންނަށް ސިޔާސި ފިކުރުގެ މިނިވަންކަން އޮތް ކަމަށް ރައީސް ސޯލިހު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް ވިދާޅުވި އެވެ.

"ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ. ސިވިލް ސާވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް،"

ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ބިރެއް މިހާރު ނެތްކަން ރައީސްގެ މި ވާހަކައިން ދޭހަވެ އެވެ. އެކަން އެގޮތުގައި ދަމަހެއްޓުމަކީ ކުރަންޖެހޭނެ ކަމެކެވެ.

ސިޔާސީ ހަރަކާތްތައް ހުއްޓުވައި، އެކި ތުހުމަތުތަކުގައި އިދިކޮޅު ހަރަކާތްތެރިން ބަންދުކޮށް ޖަލަށްލައި، ދައުވާ އުފުލާ ތަނެއް ނުފެނެ އެވެ. މަޖިލީހުގައި ބޮޑުތަޅު އަޅުވައި، މެމްބަރުންނަށް ފިޔަވަޅު އެޅި ހަނދާނުން ނުކުމެލައި، މިހާރުގެ ހާލަތަށް ނަޒަރުކުރާއިރު، އިދިކޮޅުގެ އަޑު ތަޅުމުގައި ހުރީ ގުގުމާލާފަ އެވެ. އެއްވުމުގެ އިމަކީ އަދި މިނަކީ ޕޭވްމެންޓުގެ ސައިޒެއް ނޫނެވެ.

ސުޕްރީމް ކޯޓާއެކު ޝަރުއީ ނިޒާމަށް އިތުބާރު ލިބެމުން އެބަ ދެ އެވެ. ނަމަވެސް، ޝަރުއީ ދާއިރާ އެއްކޮށް އިސްލާހުވީއަކީ ނޫނެވެ. ފުރިހަމަކުރަން ހުރި ކަންކަން އަދި އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ކުރަންހުރި ބައެއް ކަންކަން އެ ދާއިރާގައި ވެސް އުމަގު ވެފައި އެބަ ހުއްޓެވެ. ޖޭއެސްސީގެ ފޯމޭޝަން ބަދަލު ނުކުރެވިގެން އުޅުއްވަނީ، ބާރުގަދަ މީހެއް ހުންނާތީތޯ ހިތަށް އަރަނީ، ތިން އަހަރު ފާއިތުވި އިރުވެސް އެއްވެސް ކަމެއް ނުކޮށް އޮތުމުންނެވެ.

ކުރުކޮށް ނަމަވެސް މިކަންކަން ފާހަގަ މިިކޮށްލީ ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާއި އޭރުގެ ހަނދާނާއި ޑިމޮކްރަސީގެ މުސާފިރެއްގެ ގޮތުގައި މި ބޭބެ އަށް ކުރެވުނު ހިތި، ފޮނި ތަޖުރިބާ އާއި، މިހާރު ވެސް ރަނގަޅުކުރަން ހުރި ކަންކަން ހުރުމާއި، ހަމަހިމޭން ވަގުތުކޮޅު ގެއްލިގެން ގޮސްދާނެ ހާލަތްތައް ފެންނާތީ އެވެ. ހަމަހިމޭން ވަގުތުކޮޅު ދެމި އޮތުން ބިނާ ވަނީ އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން އޮވެ، ވައުދާ އެއްގޮތަށް ކޯލިޝަން ވަރުގަދަކޮށް ދަމަހައްޓަކައި، ރައީސް ވިދާޅުވި އިޖުތިމާއީ މަސަލަސްކަން ކަށަވަރުވެގެންނެވެ.

މި ހުރިހާ ކަމަކަށް އޮތީ ބާކީ ދެ އަހަރެވެ. އެއީ، ކަންކުރަން ބޭނުންވާ ނަމަ ކުރު މުއްދަތެއް ނޫނެވެ. ބޭނުންވަނީ ސިޔާސީ ކެރުމާއި، ޖޯޝެވެ. އެކަމުގައި މި ބޭބެގެ ކުރިން ހުރި ޖޯޝެއް މިހާރު ނެތެވެ. ދެނަކުން އަލުން، މަގުމައްޗަށް ނުކުމެ "ސަކަރާތް" ޖެހުމުގެ ހިތްވަރެއް، ބުންވަރެއް މިހާރަކު ނެތެވެ.

- ހުސޭނުބެ، ޑިމޮކްރަސީއަށް ހެޔޮއެދޭ މުސާފިރެއް -

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox