ލަންކާގައި ކުޅުނަސް އިވެނީ ދިވެހި ސަޕޯޓަރުންގެ އަޑު: ލަންކާ ކޯޗު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަންކާގެ ކޯޗު އާމިރް އަލަގިޗް އެ ޓީމުގެ އޮފިޝަލާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަންކާގެ ކޯޗު އާމިރް އަލަގިޗް އެ ޓީމުގެ އޮފިޝަލާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފޯ ނޭޝަންސް ކަޕް މި ވަގުުތު ސްރީ ލަންކާގައި ކުރިއަށް ދިޔަ ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ދަނޑުން ލަންކާ މީހުންނަށް ވުރެ ބޮޑަށް އިވުނީ ދިވެހި ސަޕޯޓަރުންގެ އަޑުކަމަށް ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ހާއްސަ ޓްރޮފީ އަކަށް ހަތަރު ގައުމުގެ މެދުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ހަތަރު ގޯލު ޖަހާފައިވަނިކޮށް ލަންކާ އިން ވަނީ 4-4 އިން އެއްވަރުކޮށްފަ އެވެ. އެ މެޗުގައި ލަންކާ އިން ގޯލުތައް ޖެހީ މެޗުގެ ފަހު 25 މިނިޓް ތެރޭގަ އެވެ.

ފޯ ނޭޝަންސް ކަޕްގައި ލަންކާ ކުޅޭ ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ ސީޝެލްސްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިއްޔެ ހިލްޓަންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަންކާގެ ކޯޗު އަަލަގިޗް ބުނީ ފެންނަ މަންޒަރުތަކުގެ ސަބަބުން އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ. އެއީ ލަންކާގައި އަދިވެސް އެ ގައުމުގެ ފުޓްބޯޅަ ޓީމަށް ލިބެން ޖެހޭ ތަރުހީބު ނުލިބޭތީ އެވެ.

ކުރިން ނިއު ރޭޑިއަންޓަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދިން އަލަގިޗް ބުނީ ލަންކާގައި އަދިވެސް ގައުމީ ޓީމަށް ސަޕޯޓްކުރަން ފަސް ޖެހޭ މީހުން އުޅޭ ކަމަށެވެ. އަލަގިޗް ބުނީ ރާއްޖެއާ ކުޅުނު މެޗުގައި 4-0 އިން ލަންކާ ފަހަތުގައި އޮތްއިރު، މާގިނަ ބަޔަކު ޓީމަށް ތަރުހީބު ދެމުންދިޔަތަނެއް ނުފެންނަ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ގައުމީ ޓީމަށް ސަޕޯޓްކުރަން. ކާމިޔާބު ހޯދާނަމަ އަހަރެމެންގެ މިހާރު މި އޮތް ފުޓްބޯޅަ ފޯރި އާ ދުރު ސަގާފަތް ބަދަލުކުރަން ޖެހޭ،" އަލަގިޗް ބުންޏެވެ.

"ސްރީ ލަންކާގެ އަމިއްލަ ފަސް ގަނޑުގައި 30 ނޫނީ 40 ވަރަކަށް ދިވެހި ސަޕޯޓަރުންގެ އަޑުގަދަަ 1000 އަށް ވުރެ ގިނަ ލަންކާ ސަޕޯޓަރުންނަށް ވުރެ. މިއީ އަހަރެމެން ޖަވާބު ހޯދަން ޖެހޭ ސުވާލެއް. މި ޓީމަށް (ލަންކާ ޓީމަށް) ސަޕޯޓް ދޭން ޖެހޭނެ،"

ކޮލަމްބޯ ރޭސް ކޯސް ސްޓޭޑިއަމްގައި ދިވެހި ސަޕޯޓަރުން ޓީމަށް ހިތްވަރު ދެނީ.-- ފޮޓޯ: އެފްއޭއެމް

ރާއްޖެއާ ދެކޮޅަށް ނެރުނު ނަތީޖާ އަށް ފަހު ލަންކާ ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ. އެ މެޗުގެ ފަހު 30 ވަރަކަށް މިނިޓްގައި އެ ދެއްކި ކުޅުމުން ލަންކާ އަށް ހައްގު ޕޮއިންޓެއް ލިބުނީ ނަސީބުގެ އެހީ ވެސް ލިބިގެން ކަމަށެވެ.

އަލަގިޗް ބުނީ ރާއްޖޭގެ މެޗުން ދަސްވި ކަންކަމަށް ބަލައި މިރޭ ސީޝެލްސް އަތުން މޮޅުވާން ޖެހޭ ކަމަށެވެ.

"އަހަރެމެން އަތުގައި ބާރު މި އޮތީ. މުބާރާތް ކާމިޔާބު ކުރަން ބޭނުންނަމަ ސީޝެލްސް އަތުން މޮޅުވުން މަޖުބޫރު. އަހަރެމެން ޖެހޭ ފެންވަރު ސާބިތުކޮށްދީ، ފުޓްބޯޅަ އަށް މި ގައުމުގައި މުސްތަގުބަލެއް އޮތްކަން ދައްކައިދޭން،" އަލަގިޗް ބުންޏެވެ.

ސީޝެލްސް ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް 1-1 އިން އެއްވަރުވިއިރު، އެ މެޗުގައި ސީޝެލްސް އިން ދެއްކި ހިތްވަރު އަލަގިޗް ވަނީ ފާހަގަކޮށްފަ އެވެ.

ލަންކާގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް ބުނީ ސީޝެލްސްއާ ދެކޮޅަށް ކުޅޭއިރު، ލަންކާގެ ކޮންފިޑެންސް ރަނގަޅު ނަމަވެސް މީގެ ޕްރެޝަރު އޮތްކަން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

"ސީޝެލްސް އަށް އެއްވެސް އެއްޗެއް ގެއްލެން ނެތް މުބާރާތެއްގައި އެ މީހުން އެ އަންނަނީ ވަރަށް ބޮޑަށް ހިތްވަރު ދައްކަމުން. ފުޓްބޯޅައިގައި ޕްރެޝަރު އޮންނާނީ ރާއްޖެ އާއި ލަންކާ ކަހަލަ އެއްޗެއް ގެއްލޭ ގޮތަށް އޮތް ޓީމުތަކަށް،"

ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބުނީ ރާއްޖެ މެޗުގެ އެ ނަތީޖާ އަށް ވުރެ ޓީމުން ދެއްކި ހިތްވަރު ޕޮޒިޓިވް ކަމަށާއި ބޭނުންވަނީ އެ މެޗުގެ ފަހު 30 މިނިޓް ތެރޭ އެ ފެނުނު ރޫހުގައި މިރޭ ސީޝެލްސް އަތުން މޮޅުވުމަށް ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސީޝެލްސް ކޯޗު ބޯތު ވާހަކަ ދައްކަނީ.-- ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން

މިރޭގެ މެޗުގެ ކުރިން ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނީ މިހާރު އޮތް ސީޝެލްސް ޓީމުގައި ގައުމީ ސީނިއާ ޓީމަށް އަލަށް ކުޅޭ ކުޅުންތެރިން ތިބި ނިސްބަތް ގިނަ ކަމަށެވެ. ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މައްސަލަ ދިމާވި އެއް ސަބަބަކީ ގިނަ ކުޅުންތެރިން އިންޓަނޭޝަނަލް ފުޓްބޯޅަ އަށް އާ ވުން ކަމަށް ބޯތު ވަނީ ބުނެފަ އެވެ.

ބޯތު ބުނީ ލަންކާއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ވަރަށް ތައްޔާރުވެގެން ކަމަށާއި ޓާގެޓަކީ މި މެޗުން ވެސް ރަނގަޅު ނަތީޖާއެއް ނެރެ މުބާރާތުގައި ކުރިއަަށް ދިއުމުގެ އުއްމީދު ދެމެހެއްޓުން ކަމަށެވެ.

"އަހަރެމެންގެ ރޭވުންތައް ބައްޓަންކުރާނީ (ލަންކާ) މެޗުން މޮޅުވާން. ބަންގްލަދޭޝް މެޗުގެ ދެ ވަނަ ހާފްގައި ކުޅުނު ލެވަލަށް ލަންކާއާ ދެކޮޅަށް ކުޅެން ޖެހޭ. އަހަރެމެން ފުރަތަމަ މެޗުގައި ކުރި ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކޮށްގެން ލަންކާއާ ދެކޮޅަށް ނަތީޖާ ނެރެވޭނީ،" ބޯތު ބުންޏެވެ.

މި މުބާރާތުގެ ކުރިން އެންމެ ފަހުން ސީޝެލްސް އިން ވާދަކުރި މުބާރާތަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ކަޕްގަ އެވެ. ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ކުޅެން ސީޝެލްސް އަށް ދައުވަތު ލިބުމަކީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް ގެންދަން ލިބުނު ފުރުސަތެއްގެ ގޮތުގައި ބޯތު ގަބޫލުކުރެ އެެވެ. އަދި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް މި ގޮތަށް އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ބޯތު ބުންޏެވެ.

ލަންކާ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މިރޭ ލަންކާ ގަޑިން 21:00 ގަ އެވެ. އެއީ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox