ޖަލުގެ ފެންވަރު ދަށްވެ، މަރުގެ މައްސަލަތަކުގެ ތުހުމަތުވާ ތިން ކުއްޖަކު ދޫކޮށްލައިފި

ޖަލުތަކުގެ ހާލަތު ގޯސްވުމުން މަރުގެ މައްސަލަތަކުގެ ތުހުމަތުވާ ތިން ކުއްޖަކު ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރުމަށް ވަނީ އަންގާފައި

ޖަލުތަކުގެ ހާލަތު ގޯސްވުމުން މަރުގެ މައްސަލަތަކުގެ ތުހުމަތުވާ ތިން ކުއްޖަކު ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރުމަށް ވަނީ އަންގާފައި

ކ. ހިންމަފުށީ އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނަކަށް ނުވާތީ, މަރުގެ މައްސަލަތަކެއްގެ ތުހުމަތުގައި ބަންދުގައި ތިބި ތިން ކުއްޖަކު ގޭބަންދަށް ދޫކޮށްލަން ޖުވެނައިލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ މަހު އެ ޖަލު އިންސްޕެކްޓް ކުރުމަށްފަހު އެޗްއާރުސީއެމް ނެރުނު ބަޔާނެއްގައި ވަނީ އެއީ ކުޑަކުދިންގެ ގާނޫނުން އެކުދިންނަށް ލިބޭ ހައްގުތަކަށް އުނިކަން އަންނާނެ ތަނެއްކަން ފާހަގަކޮށް، އެ ޖަލުތަކުގައި ތިބި ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެހެން ޖަލަކަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާފަ އެވެ.

އަދި އެ ޖަލުތަކުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ކަރެކްޝަންސްއިން ކަނޑައަޅާ ޕްލޭނެއް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އަންގާފައިވެ އެވެ.

އެޗްއާރުސީއެމްއިން ގަބޫލުކުރާ ގޮތުގައި ކުޑަކުދިން ބަންދުގައި ބޭތިއްބޭނީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ފެންވަރަށް ހެދިފައިވާ ޖަލެއްގަ އެވެ. އެހެންނަމަވެސް, އެފަދަ ޖަލެއް އަދި ރާއްޖޭގައި ނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ކަންބޮޑުވުމަށް ހައްލެއް ނުލިބި އުޅެނިކޮށް، މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ ކުއްޖަކާއި، މަރުގެ މައްސަލައެއްގައި ހުކުމެއް އިއްވާފައި ހުރި ކުއްޖަކު އެ ޖަލުގައި ނުބޭތިއްބޭނެ ކަމަށް ކަނޑައަޅައި ޖުވެނައިލް ކޯޓުން މިވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އެއް ކުއްޖަކީ މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ އެވެ. އަނެއް ކުއްޖާއަކީ ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ އެވެ.

ޕީޖީގެ އޮފިޝަލެއް "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ކުދިން ގޭބަންދަށް ދޫކޮށްލާފައި ވަނީ ޖަލުތަކުގެ ހާލަތު ގޯސްކަމަށް އެޗްއާރުސީއެމުން ކަނޑައެޅުމާ ގުޅިގެންނެވެ. އަދި އެ ކުދިންނަށް އެކަށޭނެ ޖަލެއް ރާއްޖޭގައި ނެތް ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާތީ އެވެ. އަދި ކުއްޖާގެ ސިއްހީ ހާލަތަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ.

ކުދިން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޖުވެނައިލް ކޯޓުގެ އަމުރުގައިވާ ގޮތުން, ހަރުކަށި ޝަރުތަކަކާއެކު އެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ކުދިންނަށް ހާއްސަ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ޖަލުގައި ޖުމްލަ ހަތަރު ކުއްޖަކު ތިއްބެވެ. އެއީ, ގޭބަންދަށް ބަދަލުކުރުމަށް ކޯޓުން އަމުރުކުރި ތިން ކުދިންގެ އިތުރަށް ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެހެން ކުއްޖެކެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް އިއްޔެ އައްޔަން ކުރި މަރިޔަމް މުނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހަތަރު ކުދިންގެ ތެރެއިން މިވަގުތު ޖަލުގައި ހުރީ އެންމެ ކުއްޖެކެވެ. އެހެންނަމަވެސް, ކަރެކްޝަންގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ ޖަލުތަކުގެ ކަންބޮޑުވުމާ ގުޅިގެން މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިން ވެސް ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ކުދިން ދޫވި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެޗްއާރުސީއެމްގެ ރައީސް މުނާ ވިދާޅުވީ ބޮޑެތި ތުހުމަތުގައި ބަންދުކޮށްފައިވާ ކުށްވެރިން ދޫވަން ނޭދޭ ކަމަށެވެ. އަދި އިއްޔެ މި ކަންބޮޑުވުންތަކާއެކު ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އިއްޔެ ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ސީނިއާ މެނޭޖްމަންޓް އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އެބޭފުޅުން ޔަގީންކަން ދެއްވި، އާ ބްލޮކްގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް. އެކަން އަޅުގަނޑުމެންނަށް ލިޔުމުން ފޮނުވައިދިނުމަށް އެދުނީމު," މުނާ ވިދާޅުވި އެވެ.

މުނާ އިތުރަށް ވިދާޅުވީ މިހާރު އެތަން އޮތް ހާލަތަކީ "އެއީ އެންމެ ދުވަހަކުވެސް ކުޑަކުދިން ބައިތިއްބަން ރަނގަޅު ތަނެއް ހާލަތެއް ނޫން" ކަމަށެވެ. އަދި ބައިނަލްއަގްވާމީ ސްޓޭންޑާޑްއަށް ފެތޭ، ކުޑަކުދިން ބައިތިއްބަން އެކަށޭނެ ޖަލެއް ވީ އެންމެ އަވަހަކަށް ގާއިމް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވަހީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި ޖަލުގެ މައްސަލައަކީ އާންމު ފަރުދެއް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ތަހުގީގު ކުރިއިރު، މިހާރު ކުޑަކުދިން ބަންދުކޮށްފައިވާ އިމާރާތް ބާވެ، އިމާރާތާއި ގުޅުންހުރި ގިނަ މައްސަލަތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox