ރަށްރަށަށް އެމްބިއުލާންސް ފޮނުވަން ފަށައިފި

އެކި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮނުވަން ސަރުކާރުން ގެނައި ބައެއް އެމްބިއުލާންސްތަކެއް.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެކި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮނުވަން ސަރުކާރުން ގެނައި ބައެއް އެމްބިއުލާންސްތަކެއް.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އަތޮޅު ތެރޭގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ހެލްތު މިނިސްޓްރީން ހޯދި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހެލްތު މިނިސްޓްރީން ވަނީ 20 އެމްބިއުލާންސް އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތިން ދުވަސް ތެރޭ ފަށާނެ ކަމަށް ބުނެފަ އެވެ. ހެލްތުން މިއަދު ވަނީ ރަސްމީކޮށް އެ މަސައްކަތް ފަށައިފަ އެވެ.

Advertisement

އެމްބިއުލާންސް ފޮނުވާ ރަށްތަކަކީ:

  1. ހއ. އުލިގަން
  2. ހއ. ފިއްލަދޫ
  3. ހދ. މަކުނުދޫ
  4. ހދ. ނޮޅިވަރަމް
  5. ށ. ފޯކައިދޫ
  6. ނ. މިލަދޫ
  7. ނ. ހެނބަަދޫ
  8. ރ. އިނގުރައިދޫ
  9. ޅ. ކުރެންދޫ
  10. ބ. ތުޅާދޫ
  11. ކ. ހުރާ
  12. އދ. ދަނގެތި
  13. ފ. ބިލެއްދޫ
  14. ތ. މަޑިފުށި
  15. ލ. މާމެންދޫ
  16. ގއ. ގެމަނަފުށި
  17. ށ. މަރޮށި
  18. ތ. ގާދިއްފުށި
  19. ބ. ކުޑަރިކިލު
  20. އއ. ތޮއްޑޫ

އެމްބިއުލާންސް ކަނޑުމަގުން މިއަދު ރަށްރަށަށް ފޮނުވަން ފެށިއިރު އެ މަސައްކަތް ނިމޭނެ ތާރީހެއް ހެލްތުން އަދި ހާމައެއް ނުކުރެ އެވެ.

އެމްބިއުލާންސްގެ ދަތިކަމަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕާއި ގާޑިޔާ އަދި ބަރޯގައި ވެސް ބަލި މީހުން އުފުލަން ޖެހިފައިވާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

މި ފަހުން އެމްބިއުލާންސްގެ މައްސަލަތަކެއް ދިމާވެ މާލޭގައި ވެސް ހާދިސާތަކެއް ހިނގާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox