ޔޫޓީއެފް އެއްބަސްވުން ދިރާސާކުރަން ނުލިބޭ، އެއީ ބާތިލް އެއްބަސްވުމެއް: އިދިކޮޅު

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ދެ މެމްބަރުން އިއްޔެގެ ކޮމިޓީގައި. އިދިކޮޅުން ވަނީ ޔޫޓީއެފް އެއްބަސްވުން ދިރާސާކުރަން ނުދޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ-- ފޮޓޯ: މަޖިލިސް

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ދެ މެމްބަރުން އިއްޔެގެ ކޮމިޓީގައި. އިދިކޮޅުން ވަނީ ޔޫޓީއެފް އެއްބަސްވުން ދިރާސާކުރަން ނުދޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އިއްޔެ އުތުރު ތިލަފަޅުގެ އެއްބަސްވުން ދައްކާލި ނަމަވެސް، މެމްބަރުންގެ އަތަށް އެ އެއްބަސްވުން ނާރާ ކަމަށާއި ވަކި ވަކި މާއްދާތައް ދިރާސާ ކުރަން ވެސް މެމްބަރުންނަށް ފުރުސަތު ނުދޭކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހެދި އެ އެއްބަސްވުން 241 ކޮމެޓީއާ ހިއްސާކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެކަމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުން ކޮމިޓީއަށް ދައްކާލީ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކަމަށެވެ.

"މި ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި އުތުރުތިލަފަޅުގެ އެގްރިމެންޓްކަމަށް ބުނެ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރިމެންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެކެވެ،" ކޯލިޝަންގެ ބަޔާނުގައި ވެ އެވެ.

Advertisement

އެ އެގްރިމެންޓް ކޮމިޓީއަށް ނުދިނުން އަދި ކޮމިޓީން ނުހޯދުމަކީ އެގްރިމެންޓާ މެދުގައި ރައްޔިތުންގެ ހުރި ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ސަރުކާރާއި މަޖިލިސް ފެއިލްވެފައިވާކަން ހާމަވާކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައިވާ ގޮތުންނަމަ އެ ޕްރެޒެންޓޭޝަނުން ފެންނަ ގޮތުން، އިންޑިއާ ސިފައިންގެ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ވެސް ޑިޕްލޮމެޓިކް އިމިއުނިޓީއާއެކު ކުރިޔަށް އޮތް 15 އަހަރު އުތުރު ތިލަފަޅުގައި ތިބެވޭނެ އެވެ.

"އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ހާއްސަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި، ސޮއިކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފްކަމެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

"އެގްރިމެންޓްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެކެވެ. މިއީ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަމެވެ."

އެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި އުތުރުތިލަފަޅު ހިންގާނީ، އިންޑިއާ ހައިކޮމިޝަނަރާއި އިންޑިއާގެ އިތުރު ބަޔަކު ހިމެނޭހެން ކޮމިޓީއަކުންނެވެ. އެހެންކަމުން ދިވެހި ސަރުކާރާއި ދިފާއީ ބާރު އެންމެ ފުރިހަމައަށް އުތުރުތިލަފަޅުގައި ނުހިނގާނެ ކަމަށް އެ ކޯލިޝަނުން ދެކެ އެވެ.

އޭގެ އިތުރުން ދެން އެ ބަޔާނުގައި ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ، އެ އެއްބަސްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހެދި އެއްބަސްވުމެއްކަން ދައްކަން މަސައްކަތްކުރުމެވެ. އަދި އޭގެން ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ދޭހަވާކަމަށް އަދި އެކަމަކީ އިއާދަ ނުކުރެވޭ ގެއްލުމެއް ގައުމަށް ލިބިދާނެކަމެއްކަމަށް ވެސް ބުނެފަ އެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމުގައި އުތުރުތިލަފަޅު އޮޕަރޭޝަނަށް ގެނެސް، އެއްވެސް ގައުމެއްގެ އެއްވެސް އަސްކަރިއްޔާއެއް އެތަނުގައި ތިބުމަށް އެއްބަސްވެފައި ނުވާނޭކަން ބަޔާނުގައި ފާހަގަކުރެ އެވެ. އަދި އެގޮތަށް އެއްބަސްނުވީ ވެސް ގައުމުގެ ސިޔާދަތަށް ގެއްލުންވެދާނެތީކަމަށް ބަޔާނުގައި ވެ އެވެ.

"އުތުރު ތިލަފަޅު ތަރައްގީ ކުރެއްވުމަށް ރައީސް ޔާމީން ނިންމަވާފައިވަނީ ދިވެހި ދައުލަތުގެ ވަަސީލަތްތައް ބޭނުންކޮށްގެންނެވެ،" އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ދެން ފާހަގަކުރި ގޮތުގައި އިންޑިއާއިން ގެނައި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ވެސް އާ ނުކޮށް، އެ އެއްބަސްވުމުގެ ދަށުން އައި އިންޑިއާ ސިފައިންގެ ވިސާ ވެސް އާ ނުކޮށްދީ، ފޮނުވާލަން ރައީސް ޔާމީން ދެންނެވި އެވެ.

"އެއީ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގާނޫނު އަސާސީއާ ހިލާފްކަމަކަށް ވެފައި، އެކަމަކީ މި ކޯލިޝަނުން ވެސް ތާއިދުނުކުރާ ކަމަކަށް ވާތީ އެވެ،" އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ވަނީ މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއިދާއެކު ޑިފެންސް މިނިސްޓަރު މާރިޔާ ސޮއިކުރެއްވި އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ގައުމުގެ މިނިކަންކަމާ ސިޔާދަތު ގެއްލޭނެ ގޮތަށް ހަދާފައިވާ ބާތިލު އެއްބަސްވުމެއްކަމަށް ބުނެފަ އެވެ.

"ވުމާއެކު، މި އެއްބަސްވުން އުވާލުމަށާއި ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރަށް ޕްރޮގްރެސިވް ކޯލިޝަނުން ތަކުރާރުކޮށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެ އެވެ.

އަދި އެކަމުގައި ހިމެނޭ އެންމެންގެ އިސްތިއުފާއަށް ވެސް ގޮވާލައި އެ އަމަލަކީ ދިވެހި ގައުމަށް ހިޔާނާތްތެރިވުމުގެ ފިނޑި އަމަލެއްކަމަށް ވެސް ކޯލިޝަނުން އެ ބަޔާނުގައި ބުނެ އެވެ.

"އަދި މި ކޯލިޝަނުގެ ވެރިކަމެއް ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފަށް ހަދާފައިވާ ހުރިހާ އެގްރިމެންޓްތަކެއް އުވާލާނެ ވާހަކަ ވަރަށް ޔަގީންކަމާއެކު ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެ އެވެ.

ޕީޕީއެމްގެ ބަޔާނުގައި މިހެން ބުނި ނަމަވެސް، 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެ އެއްބަސްވުން އިއްޔެ ކޮމިޓީއަށް ދައްކައި، ބޭނުންވަރަކަށް އެ އެއްބަސްވުން ދިރާސާކުރުމުގެ ކޮމިޓީ މެމްބަރުންނަށް އިއްޔެ ލިބިގެން ދިޔަކަމަށް ވިދާޅުވެފަ އެވެ.

"ބޭނުން އިރެއް ވަންދެން ކޮމިޓީގެ މެމްބަރުންނަށް އުތުރު ތިލަފަޅު އެއްބަސްވުން ކިޔަން ލިބުނު. އޭގައި ނެތް ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް. ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ވެސް ނެތް. އިދިކޮޅު މެމްބަރުން ވެސް ކަންބޮޑުވުން ފާޅު ނުކުރޭ،" އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އެ ކޮމިޓީގައި ތިއްބަވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ދެ މެމްބަރެކެވެ. އެއީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނެވެ. އޭރު އެ ދެބޭފުޅުންގެ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު މިއަދު މެމްބަރު ގައްސާން ވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox