ސިޑްސް: ކުދިންގެ ކުއްލި މަރު، ވިސްނާ، ރައްކާތެރިވޭ!

ނިދާފައި އޮތް ތުއްތު ކުއްޖެއް

ނިދާފައި އޮތް ތުއްތު ކުއްޖެއް

ހިތާމަވެރި ހަބަރެކެވެ. އެއް މަހުގެ ކުއްޖަކު ދާދި ފަހުން ނިޔާވި ހަބަރުން ސިހުން ގެނުވި އެވެ. މައިމީހާ ގާތުގައި ތުއްތު ދަރިފުޅު އޮތްވައި ކުއްލި އަކަށް ނިޔާވުމުންނެވެ. މިއީ ވެދާނެ ގޮތެއްތޯ ސުވާލު އުފެދިދާނެ އެވެ. ސަޑަން އިންފެންޓް ޑެތު ސިންޑްރޯމް (ސިޑްސް) ނުވަތަ ވަކި ސަބަބެއް ނޭނގި ތުއްތު ކުދިން ކުއްލިއަކަށް ނިޔާވުމަކީ ރާއްޖޭގައި އާންމު ކަމަކަށް ނުވިޔަސް، ވަރަށް ބޮޑު ސަމާލު ކަމެއް ދޭންޖެހޭ ކަމެކެވެ. ހޭލުންތެރިވާންޖެހޭ ކަމެކެވެ.

ސިޑްސް އަކީ ކޮބާ؟

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވާ ގޮތުގައި ސިޑްސްއަކީ މައިގަނޑު ގޮތެއްގައި ކުޑަ ދަރިފުޅު ނިޔާވި ސަބަބު ނޭނގި ނިޔާވެފައި އޮއްވައި ފެނުމެވެ. ސިޑްސް ފަދަ ސަބަބެއް މެދުވެރިވެގެން ކުއްޖަކު ނިޔާވެފައިވާ ކަމަށް ޝައްކުކުރެވޭނަމަ ސަބަބު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. މިގޮތުން ސަބަބު ހޯދޭ ގޮތްތަކަށް ބަލާއިރު އެންމެ ޔަގީންކަން ބޮޑު ޖަވާބެއް ލިބެނީ ޕޯސްޓް މޯޓަމް އެއް ހެދުމުންނެވެ. ސިޑްސްގެ މަރެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައިވެސް ބޭނުންވާ އެންމެ މުހިންމު އެއްޗަކީ އޮޓޯޕްސީ ރިޕޯޓެވެ. އެއާއެކު ކުއްޖާ މަރުވި މާހައުލު ރަނގަޅަށް ތަހުލީލު ކުރުމާއެކު ކުއްޖާގެ މެޑިކަލް ހިސްޓްރީއަށްވެސް ބަލަންޖެހެ އެވެ.

"މި ތިން ކަން ފުރިހަމަ ވެގެން އަސްލު ސިޑްސްގެ މަރެއްގެ ގޮތުގައި ލޭބަލް ކުރެވޭނީ. އެކަމަކު ރާއްޖޭގައި މިވަގުތު މި ތިން ކަމުގެ ތެރެއިން ހަމައެކަނި ކުރެވޭ ކަމަކީ މެޑިކަލް ހިސްޓްރީ ނެގުން. އަސްލު ވާގޮތަކީ އޮޓޯޕްސީ ހެދީމަ ވަރަށް ގިނަ ފަހަރަށް އެނގޭނެ ސަބަބު. ފުއްޕާމޭގައި ނޫނީ ހިތުގައި ބައްޔެއް ހުރިތޯ، ސިކުނޑިއަށް ލޭ އެޅިފައި ހުރިތޯ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

Advertisement

ރާއްޖޭގައިނަމަ އޮޓޯޕްސީއެއް ހެދުމަށްޓަކައި ހަށިގަނޑު ފޮނުވަނީ އިންޑިއާ އަށެވެ.

ރާއްޖޭގައި ސިޑްސްގެ ހާލަތު

އެމެރިކާގެ ޖޯޖްޓައުން ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުދިންގެ ފުރާނަ ގެއްލޭ ސަބަބުތަކުގެ ތެރެއިން 2010 ގައި ތިންވަނަ އަށް އެންމެ އާންމު ސަބަބަކީ ސިޑްސްއެވެ. އެއީ އުމުރުން އެއް މަހާއި 12 މަހާއި ދެމެދުގެ ކުދިންގެ ފުރާނަ ގެއްލުމަށް މެދުވެރިވާ އެންމެ އާންމު ސަބަބުވެސްމެ އެވެ.

ރާއްޖޭގައި އާންމުކޮށް ކުޑަކުދިން ނިޔާވާ ރޭޓަށް ބަލާއިރު ކޮންމެ 1000 ކުއްޖެއްގެ ތެރެއިން އަށް ކުއްޖަކު ނުވަތަ ނުވަ ކުއްޖެއްގެ ފުރާނަ ގެއްލެ އެވެ. ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 6000 ކުދިން އުފަންވާއިރު މަރުވާ ކުދިންގެ ތެރެއިން 2-3 ކުއްޖެއްގެ ފުރާނަ ގެއްލޭ ސަބަބަކީ ސިޑްސްކަމުގައި ބެލެވޭ ކަމަށް ޑރ.ފައިސަލް ވިދާޅުވި އެވެ.

ކުޑަ ކުއްޖަކު ނިދާފައި
ކުޑަ ކުއްޖަކު ނިދާފައި

ކުޑަ ކުއްޖަކު ނިދާފައި

މި ކަންކަމަށް ސަމާލުވޭ

ސިޑްސް ދިމާވެދާނެ ސަބަބުތައް ބަހާލެވެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އަމިއްލަ އަށް ބަދަލުނުކުރެވޭނެ ފަދަ ހާލަތްތަކާއި އަދި ރައްކާތެރިވުމުގެ ގޮތުން ބަދަލުތަކެއް ގެނެވިދާނެ ކަންކަމެވެ. މި ހާލަތުގައި ބަދަލުނުކުރެވޭނެ ކަމަށް ޑޮކްޓަރުން ކްލެސިފައި ކުރައްވާ ކަންކަމަކީ މައިގަނޑު ގޮތެއްގައި ދަރިފުޅު އުފަން ވާއިރު ހުންނަ ބައެއް ބަލިތަކާއި ހަށިގަނޑުގެ ހާލަތްތަކެވެ. އާންމު ބައެއް މިސާލުތަކުގެ ތެރޭގައި ހިތުގެ އަދި ސިކުޑީގެ ބަލިތައް ހިމެނެ އެވެ.

އެއާއެކު ބަދަލު ކުރެވިދާނެ ބައެއް ކަންކަން ޑރ.ފައިސަލް ވަނީ ތަފްސީލު ކޮށްދެއްވާފަ އެވެ.

ދުންފަތުގެ އިސްުތިއުމާލު ނުކުރުމާއި މަސްތުވާތަކެތި ބޭނުން ނުކުރުން

މާބަނޑު އިރުގައާއި އަދި ވިހައިގެންވެސް ދުންފަތުގެ އަސަރު ދަރިފުޅަށް ކުރާނަމަ ސިޑްސް ކުރިމަތިވުމުގެ ފުރުސަތު ދެގުނަ ނުވަތަ ތިންގުުނަ އިތުރުވާ ކަމަށް ދިރާސާތައް ދައްކަ އެވެ. އެއާއެކު މަސްތުވާތަކެތި އަދި ރާ ބުއިން ފަދަ ކަންކަމަކީވެސް ސިޑްސްގެ ނުރައްކާ ބޮޑު ކޮށްދޭ ކަމަކެވެ.

ދަރިފުޅު އުއްޑުން ބޭއްވުން

ވަރަށް ގިނަ ފަހަރު ފަސޭހައަކަށް ދަރިފުޅު އެއް އަރިއަކަށް ބޭއްވޭއިރު ބަނޑުން ޖެހުމުންވެސް އަޅާނުލެވި ދޫކޮށްލެވޭ ފަހަރުތައްވެސް އާދެ އެވެ. ޑރ. ފައިސަލް އިރުޝާދު ދެއްވަނީ އަބަދުވެސް ދަރިފުޅުގެ ބުރަކަށި ޖެހޭހެން އުއްޑުން ބޭއްވުމެވެ. އަރިއަކަށް ބޭއްވުމުންވެސް ދަރިފުޅު އަމިއްލައަށް ނިދީގައި ބަންޑުން ޖެހި ނޭފަތް ބެދޭގޮތްވެ އެވެ. އަދި ކަދުރާ ރަނގަޅަށް ހަރުނުލާނަމަ އަމިއްލައަށް ފުށުން ނުޖެހެވި ހާސްވާގޮތް ވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ވަކި އެނދެއްގައި ނިންދެވުން

މިއީ ވަރަށް އާންމު، އެހެން ނަމަވެސް ފަރުވާތެރިވުން ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގައި ހޭދަކުރާ ދުވަސްތަކުން ފެށިގެންވެސް މަންމައާ ވަކިން ދަރިފުޅު ނިންދަވަން ބޭއްވުން ވަރަށް މުހިންމެވެ. އެނޫންނަމަ ނިދީގައި މަންމަ ފުށުންޖެހޭ ގަޑީގައިވެސް ދަރިފުޅުގެ ގައިމައްޗަށް ނޭނގި އެރި ހިތާމަވެރި ހާދިސާތައް ހިނގައިދެ އެވެ. ޑރ. ފައިސަލް ވިދާޅުވީ އެންމެ ރަނގަޅީ އެއް ކޮޓަރިއެއްގައި އެކަމަކު ވަކި އެނދެއްގައި ދަރިފުޅު ނިންދެވުމެވެ.

ބާލިހެއް ބޭނުމެއް ނުވޭ

ދަރިފުޅުގެ އެނދު އިތުރަށް އަރާމުކުރުމުގެ ގޮތުން އިތުރު ކޮޓްޝީޓްއާ އެކި ސައިޒްތަކުގެ ބާލީސް ފަދަ ތަކެތި ބެހެއްޓުމުންވެސް ސިޑްސް ގެ ނުރައްކަލަށް ހުށަހެޅެ އެވެ. ނިދާ ގޮދަޑި މާ މަޑުނަމަ ކުއްޖާ ބަންޑުންޖެހޭއިރު ނޭފަތް ވަދެ، މާ އަވަހަށް ހާސް ކޮށްލާނެ އެވެ. އެނދު ވަށައިގެން އެކި ކަހަލަ ބަމްޕަރުތައް ބަހައްޓާނަމަ އެތަކެތިވެސް ކުއްޖާގެ މޫނު މައްޗަށް ވެއްޓި ނޭވާލާން އުނދަގޫވާފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަލަންޖެހެ އެވެ.

ރޯގާ، އާދައިގެ ކަމެއްގެ ގޮތުގައި ނުދެކުން

ކުދިކުދި ރޯގާފަދަ ކަންކަމަކީވެސް އާދައިގެ ކަމެއްގެ ގޮތުގައި ނުުހެދުން މުހިންމު ކަންކަމެވެ. ރޯގާޖެހި ނޭފަތް ބްލޮކް ވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބަލާ ނޭފަތަށް އަޅާ ބޭހެއް ބޭނުންކުރުމަށް ޑރ.ފައިސަލް އިލްތިމާސްކުރެއްވި އެވެ.

ހަމައެއާއެކު ފުރަތަމަ ހަ މަސް ދުވަހު ހަމައެކަނި ގާތުން ދިނުމަކީވެސް ސިޑްސްގެ ނުރައްކަލުން ސަލާމަތްކޮށްދިނުުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. މިކަމުގައި އެންމެ މުހިންމީ މާބަނޑު ދުވަސްވަރު ދަރިފުޅުގެ މަންމައާއި ބައްޕަ މިފަދަ މައުލޫމާތު ހޯދައި ހޭލުންތެރިވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox