ހާލަންޑްގެ ތަފާތު ގޯލާ އެކު ޑޯޓްމަންޑަށް މޮޅެއް

Sep 19, 2021, 7:54 PM
ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހާލަންޑް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހާލަންޑް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ބާލިން (ސެޕްޓެމްބަރު 19) - ޖަރުމަނު ލީގުގައި މިރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ތަފާތު ގޯލާ އެކު 4-2 އިން ޔޫނިއަން ބާލިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ރޭ ބޯކުމް ކޮޅަށް ހަތް ގޯލު ޖެހި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ. ބަޔާން އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. މިރޭ އެއިންޓްރަކްޓް ފްރޭންކްފާޓާ 1-1 އިން އެއްވަރުކޮށް ވުލްފްސްބާގް ވެސް ވަނީ ފަސް މެޗުން 13 ޕޮއިންޓް ހަަމަކޮށްފަ އެވެ. ވުލްފްސްބާގް ދެ ވަަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ޑޯޓްމަންޑް ތިން ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕޯޗުގީސް ފުލްބެކް ރަފައެލް ގަރޭރޯ އެވެ. އޭރިއާތެރެއިން ގަރޭރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 23 ވަނަ މިނިޓްގައި ތޯމަސް މޮނިއޭ ނެގި ހުރަހަކުން ހާލަންޑް ވަނީ ބޮލުން ގޯލެއް ޖަހައި ޑޯޓްމަންޑްގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގައި ޑޯޓްމަންޑުން ޖެހި ތިން ވަނަ ގޯލަކީ ޔޫނިއަން ބާލިންގެ މާވިން ފްރެޑްރިކް އަތުން 52 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން ޕެނަލްޓީ އަކުން މެކްސް ކްރޫސް ޖެހި ގޯލުން ޔޫނިއަން ބާލިން އަށް އުއްމީދެއް ލިބުނެވެ. އަދި މެޗުގެ 81 ވަނަ މިނިޓްގައި ކޯނަރަކުން ޔޫނިއަން ބާލިންގެ އަންދްރެއަސް ވޯލްސާމާ ބޮލުން ޖެހި ގޯލާ އެކު ޑޯޓްމަންޑްގެ ލީޑު ކުޑަވި އެވެ.

އަލުން ލީޑުފުޅާކުރަން ޑޯޓްމަންޑުން މާ ގިނައިރެއްނުނެގި އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ހާލަންޑް ޖެހި މޮޅު ގޯލުން ޑޯޓްމަންޑުން އަނެއްކާ ލީޑުފުޅާކުރި އެވެ.

މެޓްސް ހަމެލްސް މަތިން ދިން ބޯޅަ ހާލަންޑް އޭރިއާ ރޮނގުކައިރިން ވެއްޓިގެންފައި ވޮލީއަކުން ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ޔޫނިއަން ބާލިންގެ ގޯލްކީޕަރު އަންޑްރެއަސް ލެއުތު ބޯމަތިން ގޮހެވެ. ކީޕަރު ލެއުތު ކުރިއަށް ޖެހިލީ ހާލަންޑް އެ ބޯޅަ ގޯލަށް ޖެހިޔަނުދިނުމަށެވެ. އެކަމަކު، އަވަސް ހަރަކާތްތަކާ އެކު ހާލަންޑް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނޯވޭ އަށް އުފަން ޒުވާން ފޯވާޑް، ހާލަންޑް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު އަށް މެޗުން 11 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox