ހަތް ގޯލު ޖަހައި ބަޔާން އެއް ވަނަ އަށް

Sep 18, 2021, 8:14 PM
ަބަޔާންގެ ފުރަތަމަ ގޯލު ޖަހައި ސާނޭ އުފާފާޅުކުރަނީ.

ަބަޔާންގެ ފުރަތަމަ ގޯލު ޖަހައި ސާނޭ އުފާފާޅުކުރަނީ.

މިއުނިކް (ސެޕްޓެމްބަރު 18) - ޖަރުމަނު ލީގުގައި މިރޭ ރެލިގޭޝަނުގައި އޮތް ވީއެފްއެލް ބޯކުމް އަތުން 7-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާން އެއް ވަނަައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވުލްފްސްބާގަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް ކުރިހޯދައިގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ވުލްފްސްބާގަށް އޮތީ ހުޅުވިފަ އެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ބާސެލޯނާގެ މައްޗަށް ކުރިހޯދި ބަޔާންގެ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެން މިރޭގެ މެޗަށް ނުކުތްއިރު، ބަޔާނުން ފުރަތަމަ ހާފު ވެސް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

ބަޔާން ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ގޯލު ހުޅުވާލައިދިން ލަނޑު ޖަހައިދިނީ މެޗުގެ 17 ވަނަ މިނިޓްގައި ލެރޯއި ސާނޭ އެވެ. އޭގެ ފަހުން ބަޔާނުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުތައް ޖެހީ ޔޯސުއާ ކިމިކާއި ސާޖް ގްނަބްރީ އަދި ބޯކުމްގެ ވަސިލިސް ލަމްޕްރޮޕޯލަސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ 61 ވަަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ބަޔާންގެ ފަސް ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ގޯލު ޖެހި 13 ވަނަ މެޗެވެ. މިއީ ރެކޯޑެކެވެ. ބަޔާންގެ އަނެއް ދެ ގޯލު ޖެހީ ކިމިކްގެ އިތުރުން ބަދަލެއްގެ ގޮތުގައި ކުޅެން އެރި އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗު ފަށައިގެން ބޯކުމް އިން ކޮންމެ ވެސް ވަރަކަށް ކުޅުނު ކަމަށެވެ. އެކަމަކު، ބަޔާނަށް ފުރަތަމަ ގޯލާ އެކު ލިބުނު ކޮންފިޑެންސަށް ފަހު ދެން ފެނުނީ ވަރަށް ތަފާތު ރޫހެއްގައި އެ ޓީމުން ކުޅެލިތަން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ޖަރުމަނު ލީގުގައި މިރޭ އާރްބީ ލައިޕްޒިގާއި ކޮލޯން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެންތަނީ މޮޑެސްޓޭގެ ގޯލުން ކޮލޯން ލީޑުނަގާފައިވަނިކޮށް ލައިޕްޒިގަށް އެއްވަރުކޮށްދިނީ އަމަދޫ ހައިޑާރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox