އަފްގާނިސްތާނުގެ ރީތި ބިނާތަކާއި ޕާކުތަކުގެ ވާހަކަ

އަފްގާނިސްތާނުގައި ހުންނަ ބްލޫ މިސްކިތް.

އަފްގާނިސްތާނުގައި ހުންނަ ބްލޫ މިސްކިތް.

މި ވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ އަފްގާނިސްތާނަށެވެ. ނޫސްތަކުގެ ފަލަ ސުރުހީގައި އޮންނަނީ އެ ގައުމުގެ ނަމެވެ. އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާ އެކު، ސަރުކާރު ވެއްޓި، ތާލިބާނުން މިވަނީ އެ ގައުމުގެ ކޮންޓްރޯލް އަނެއްކާ ވެސް ނަގައިފަ އެވެ. އެއާ އެކު އެ ގައުމާ މެދު ދެކެވެމުން އަންނަނީ ނެގެޓިވްކޮށެވެ. ސިޔާސީ އަދި ދާހިލީ ހަމަނުޖެހުންތަކެއް އޮތް އެ ގައުމަކީ ގުދުރަތީ ގޮތުން ރީތި ގައުމެކެވެ. މުއްސަނދި ސަގާފަތެއް އޮތް ގައުމެކެވެ. އަފްގާނިސްތާނުގެ އާސާރީ މުހިއްމު ބިނާތަކަށް ބަލާލަމާތޯ އެވެ.

ބްލޫ މިސްކިތް

އަފްގާނިސްތާނުގެ އުތުރުން މަޒާރް-އައި ޝަރީފްގައިވާ ނޫކުލައިގެ މި މިސްކިތަކީ އަފްގާނިސްތާނަށް ޒިޔާރަތްކުރުމުގެ ނަސީބު ލިބިފައިވާ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ އެއް މަންޒިލެވެ. ގާތްގަނޑަކަށް 22،000 އަކަފޫޓޫގެ (ސްކޮޔާ ފުޓް) ގެ މި ތަނަކީ ބޮޑު ކޮމްޕްލެކްސް އެކެވެ. ނަމާދުކުރާ ބަޔެއްގެ އިތުރުން ކުޑަ ދާރުލް އާސާރަކާއި އެއްވެ އުޅެވޭނެ ޖާގައެއްގެ އިތުރުން ގިނަ އަދަދެއްގެ މަގުބަރާތަކެއްވެސް މިތަނުގައި ހުރެ އެވެ.

ހުދު ކަަފަކޮޅެއްހާ ސާފު ރީތި ކޮތަރުތަކުން މުޅި މި ސަރަހައްދު ފަޅުފިލުވައިދޭއިރު މި ތަނަށް ހަޒްރަތު އަލީ މަޒާރްގެ ނުވަތަ އަލީގެފާނުގެ މަގްބަރާގެ ނަންވެސް ދެވިފައިވެ އެވެ. ބުނެވޭ ގޮތުގައި އަލީގެފާނުގެ ހަށިކޮޅު ވަނީ އިސްލާމީ ތާރީހުގެ ކުރީކޮޅު އިރާގުން އުތުރު އަފްގާނިސްތާނުގެ މި ސަރަހައްދަށް ބަދަލު ކުރެވިފަ އެވެ. މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވުނީ 12 ވަނަ ގަރުނުގައި ކަމަށްވެ އެވެ.

Advertisement

ހެރާތު ސިޓަޑެލް

ހެރާތު ސިޓަޑެލް
ހެރާތު ސިޓަޑެލް

ހެރާތު ސިޓަޑެލް

އަފްގާނިސްތާނުގެ ހުޅަނގުގައިވާ ސިޓީއެއް ކަމުގައިވާ ހެރާތު އަކީ އެގައުމުގެ އެންމެ ހިތްގައިމު އެއް ސިޓީ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު ސިޓީވެސް މެ އެވެ. މިއީ 330 ބީސީ ގައި އެލެކްސެންޑާ ދަ ގްރޭޓް އޭނާގެ ލަޝްކަރާއި އެކު އަފްގާނިސްތާނަށް އައިސް ބިނާކުރި ތަނެކެވެ.

ފާއިތުވި ގަރުނުތަކުގައި އެތަކެއް ފަހަރު މަތިން މި ސިޓަޑެލް އަށް ގެއްލުންތައް ލިބި އަލުން ބިނާކުރެވިފައިވާއިރު މިހާރު ފެންނަން ހުރި އިމާރާތުގައި 18 ޓަވަރު ބިނާކުރެވިފައިވެ އެވެ. އިޚްތިޔާރުއްދީނުގެ ގަނޑުވަރުގެ ނަމުން ވެސް ނަންދެވިފައިވާ މިތަނުން އެލެކްސެންޑާ ދަ ގްރޭޓް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާސަރުތައްވަނީ ފެނިފަ އެވެ. ފަހުގެ ޒަމާންތަކުގައި ވެސް އެތަކެއް ރަސްކަލުންނެއް މިތަން ބޭނުންކޮށްފައިވެ އެވެ. މިއީ ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ތަނެކެވެ.

ހެރާރުގެ ޖަމާ މަސްޖިދު
ހެރާރުގެ ޖަމާ މަސްޖިދު

ހެރާރުގެ ޖަމާ މަސްޖިދު

ހެރާތު ހުކުރު މިސްކިތް

ހެރާތުގައި ހުންނަ ހުކުރު މިސްކިތަކީވެސް ނޫކުލައިން ޖަރީވެފައިވީ ގަދީމީ އިސްލާމީ މަސައްކަތްތެރިކަމުގެ ނަމޫނާ އެކެވެ. 13 ވަނަ ގަރުނުގައި މިތަން ބިނާ ކުރީ ތިމިރުޑްސް އޭ ކިޔުނު ބައެކެވެ. ހެރާތުގެ ޖަމާ މަސްޖިދުގެ ނަމުން މަޝްހޫރު މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވުނީ 1200 ގައި ގަޔާސުއްދީން ގޯރީ އެވެ. މިއީ ހެރާތުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް ކަމުގައި ބެލެވޭއިރު މި މިސްކިތުގައި 8 މުންނާރު ހުރެ އެވެ.

ހާޖީ ޕިޔާޑާ މިސްކިތް
ހާޖީ ޕިޔާޑާ މިސްކިތް

ހާޖީ ޕިޔާޑާ މިސްކިތް

ހާޖީ ޕިޔާޑާ މިސްކިތް

އަފްގާނިސްތާނުގެ އެންމެ އުތުރު އެއް ސަރަހައްދުގައި ބިނާކުރެވިފައިވާ ހާޖީ ޕިޔާދާ މޮސްކް ނުވަތަ ފެހި މިސްކިތުގެ ނަމުން ނަންދެވިފައިވާ މި މިސްކިތަކީ އަފްގާނިސްތާނުގައިވާ އިސްލާމީ ހަޟާރާތަށް ނިސްބަތްވާ އެންމެ ދުވަސްވީ އިމާރާތެވެ. މި މިސްކިތް ބިނާކުރީ މި ސަރަހައްދަށް އިސްލާމް ދީން ފެތުރުނު ދުވަސްވަރު ކަމަށް ބެލެވޭ ނުވަ ވަނަ ގަރުނުގަ އެވެ. މުސްލިމް އާކިޓެކްޗާ އާއި އިންޖިނިއަރިންގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް މި މިސްކިތުން ދައްކުވައިދެ އެވެ.

ބަންޑޭ އަމިރު ނެޝަނަލް ޕާކް
ބަންޑޭ އަމިރު ނެޝަނަލް ޕާކް

ބަންޑޭ އަމިރު ނެޝަނަލް ޕާކް

ބަންޑޭ އަމިރް ނެޝަނަލް ޕާކް

ރީތި ޕާކުތަކަކީ އަފްގާނިސްތާނުގައި ހުރެދާނެ ކަމަށް ފަހަރެއްގައި ގަބޫލުކުރަން ވެސް ދަތިވެދާނެ ފަދަ ތަންތަނެވެ. ނަމަވެސް 2009 ވަނަ އަހަރު އަފްގާނިސްތާނުގެ ގައުމީ ޕާކުގެ ގޮތުގައި ހުޅުވުނު މި ތަނަކީ އެއް އިރެއްގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ވެސް މެ އެވެ. ސީއެންއެން ފަދަ ބޮޑެތި މީޑިއާއަތަކުން ވެސް މިތަނުގެ ހިތްގައިމުކަމާއި ފުރިހަމަ ކަމުގެ ވާހަކަތައް ގެނެސްފައިވެ އެވެ. ބާމިޔާން ޕްރޮވިންސްގައިވާ މި ޕާކުގައި 600 ސްކެޔާ ކިލޯމީޓަރު ހުރެ އެވެ.

މި ސަރަހައްދު އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަމަށް އައީ 2001 ގައި ތާލިބާނުން މިތަނުގައި ހުރި 6 ވަނަ ގަރުނުގެ ބުދެއް ތަޅާލުމުންނެވެ.

ފަރުބަދަތަކުން ވަށާލެވިފައިވާ މި ސަރަަހައްދުގައި ހަ ފެންގަނޑެއް އޮވެ އެވެ. ގައުމީ ޕާކުގެ ގޮތުގައި މިތަން އިއުލާނުކުރި ފުރަތަމަ އަހަރުތެރޭގައި ވެސް ދުނިޔޭގެ އެކި ހިސާބުތަކުން 25،000 ފަތުރުވެރިން މިތަނަށް ޒިޔާރާތް ކުރި އެވެ. އަދި ހަމަނުޖެހުންތައް ބޮޑުވުމާއި ހަމައަށް އައިއިރު އަހަރެއްގެ މައްޗަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން މިތަން ބަލާލުމަށް އަންނަކަމަށް ރިޕޯޓްކުރެވިފައިވެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox